ދިރާގު މަމެންގައި "މަމެން ރިފެރަލް" ފީޗަރ އާ އެކު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، "މަމެން ރިފެރަލް" ފީޗަރ މެދުވެރިކޮށް މިހާރު މަމެން ގެންގުޅޭ ކަސްޓަމަރުން އާއިލާ އާޢި ރައްޓެހިންނަށް "މަމެން" ޕްލޭންސް އެކްޓިވޭޓް ކުރުމަށް "ރިފަރ" ނުވަތަ ދައުވަތުދީގެން ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، މަމެން ރެފަރަލް މެދުވެރިކޮށް މަމެން ޕްލޭނެއް ނެގުމުން "ރިފަރ" ކުރި ކަސްޓަމަރުގެ އިތުރުން، އެ ރެފަރަލް މެދުވެރިކޮށް އަލަށް ކަނެކްޝަން ނަގާ ކަސްޓަމަރަށްވެސް ހިލޭ ޑޭޓާ ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ހުރިހާ މަމެން ކަސްޓަމަރުންނަށްވެސް މަމެން އެޕްގައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ޚާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ ކަމަށެވެ. އަދި މި ކޯޑް މެދުވެރިކޯށް ބޯނަސް ޑޭޓާ އާއި ލީޑަރބޯޑް ޓްރެކް ކުރެވޭނެ ކަމަށެވެ،

މަމެން އެޕް ގޫގުލް ޕެލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

މީގެ އިތިރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަންގެ ދަށުން މަމެން ޑޭޓާ އެޑް-އޮންތަކުން 25% ޑިސްކައުންޓް 31 އޮގަސްޓް 2020 ގެ ނިޔަލަށް ލިބޭނެއެވެ.

2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި މަމެންނަކީ އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހަމަޖައްސާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އިންގިލާބީ މޯބައިލް ޕްލޭނަކެވެ. ޒުވާނުންނަށް ބޮޑަށް އަމާޒުކޮށްގެން ނެރެފައިވާ މަމެންއަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.

ޒުވާނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތައްކެއް ކުރުމަށް ދިރާގުން ނުހަނު ބޮޑު އިސްކަމެއްދެއެވެ. އެގޮތުން، ޒުވާނުންގެ މެދުގައި މަގުބޫލް ކެފޭތަކާއި ފިހާރަ ފަދަ ތަންތަނާ ގުޅިގެން ގިނަ ފައިދާތައް މަމެން ކަސްޓަމަރުންނަށް ލިބޭނެ މަގުތައް ދިރާގުން ދަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު