ޖިމަށް ދެވޭކަށް ނެތެވެ. އެވަރަށް ވަގުތުވެސް ނެތީއެވެ. އަދި ކޮވިޑް-19 އާ ހެދި ބޭރަށް ދާން ބިރު ގަންނަނީއެވެ. މިދިޔަ ދުވަސްތަކުގައި ގޭގައި އޮވެގެން ކަސްރަތު ނުކޮށް، މީހާ ފަލަވަނީއެވެ. ކަސްރަތު ކުރަންވެސް ބޭނުންވެއެވެ. އެކަމަކުވެސް މި ބަލީގެ ނުރައްކަލާއި ހެދި ބޭރަށް ނިކުންނަން ޖެހިލުން ވަނީއެވެ. އާއިލާއަށް ބަލި ޖައްސާ މީހަކަށް "އަހަރެން" ވާން ބޭނުން ނުވަނީއެވެ.

އެފަދަ ފަރާތްތަކަށް އުފާވެރި ހަބަރެއް ދެން ހެއްޔެވެ؟. ގަނެލަންވީ ޓްރެޑްމިލް އެކެވެ. ޓެރެޑް މިލްއަށް އަރައި، ގާތްގަނޑަކަށް ގަޑިއިރެއް ނޫނީ ދެ ގަޑިއިރެއް ހާއިރަށް ދުވެލަންވީއެވެ. މިއީ ލިބޭނެ ކަސްރަތެކެވެ. ޔަގީނުންވެސް މީހާގެ ކެލޮރިސް ވިރުވާލަ ދޭޭނެއެވެ. މީހާ އެކްޓިވް ކުރުމާއެކު، ވަރުގަދަވެސް ކޮށްދޭނެއެވެ. އަދި މީހާ ތާޒާވެސް ކޮށްދޭނެއެވެ.

މިއީ ކަސްރަތު ކުރަން ބޭރަށް ނުގޮސް ގޭގައި ތިބެގެން، މީހާ ފިޓްކޮށް ހުންނަން ނޫނީ ބަރުދަން ލުއި ކުރުމަށް ކުރެވިދާނެ މަސައްކަތެކެވެ.

ހެޔޮ އަގެއްގައި ގަނެވެލޭވެނެ، ގޭގެ ކުޑަ ޖާގައިގައިވެސް ބަހައްޓާ ލެވޭނެ ވަރުގެ މި ޓްރެޑްމިލް ތައާރަފްކޮށްފައި ވަނީ އެޗް އެންޑް އެޗް މިރަކަލްގެ ފަރާތުންނެވެ.

އެޗް އެންޑް އެޗް މިރަކަލްގެ ފަރާތުން ތައާރަފްކުރި ސްކައިޖިމް ބްރޭންޑްގެ ޓެރެޑްމިލްއަކީ ކުދިކުދި އެޕާޓްމެންޓަކުގައި އުޅޭ މީހުންނަށްވެސް ބޭނުންކޮށްލެވޭނެ، ދުވާ މެޝިނެކެވެ. މީގެ އެންމެ ހާއްސަ އެއް ކަމަކީ ބޭނުންކޮށް ނިންމާލާފައި ގޭގެ ސޯފާ ދަށަށް ނޫނީ އެނދު ދަށަށް ލެވޭ ވަރުވުމެވެ. އަދި މިއީ ގޭގައި އެކަނި އުޅޭ އަންހެން ވެރިން، އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލައަށް އުފުލާ ގެންގުޅެވޭ ވަރުގެ ހިތްގައިމު ޓްރެޑްމިލް އެކެވެ.

އެހެންކަމުން މި ޓެރެޑްމިލް ވެގެން ދާނީ ގޭގައި ތިބެގެން، ހަށިގަނޑު ރީތިކޮށް، ބަނޑު ހިންދާލަަން ބޭނުންވާ ފަރާތްތަކަށް ގަނެލުމަށް ރަނގަޅު އެއްޗަކަށެވެ.

އެޗް އެންޑް އެޗް މިރަކަލް އިން ބުނީ، އެ މީހުންގެ ފޭސްބުކް ޕޭޖަށްް މެސެޖް ކޮށްގެން ނޫނީ 9180880 އަށް ގުޅައިގެން ސްކައިޖިމް ބްރޭންޑްގެ މި ހިތްގައިމު ޓްރެޑްމިލްއަށް އޯޑަރުކޮށްލެވޭނެ ކަމަށެވެ. އަދި އެތަނުން ސީދާ ގޭ ދޮށަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި ބޭނުންވާ ފަންގިފިލާއަކަށް އަރުވައިދޭނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބޭ ފަރާތްތަކާއި، ހަމައަށް ފޯރުކޮށްދިނުމަށް، ފެރީ އަށް ނޫނީ ބޭނުންވާ ބޯޓަކަށް އެޗް އެންޑް އެޗް މިރަކަލްއިން އަރުވަދޭނެއެވެ.

އެޗް އެންޑް އެޗް މިރަކަލް ޕޭޖަކީ ވަރަށް ތަފާތު އެކި ސާމުނުތައް އެއް ޕްލެޓްފޯމެއްގެ ދަށުން، ހެޔޮއަގުގައި ގަނެލެވޭނެ ފޭސްބުކް ޕޭޖެކެވެ. އެ ޕޭޖް މެދުވެރިކޮށް، ވަރަށް ތަފާތު ވެކިއުމް ކްލީނާވެސް ލިބެން ހުންނާނެއެވެ.

މި ވެކިއުމް ކްލީނާއަކީވެސް މާލޭގެ ކުދިކުދި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށާއި، ކާރު ދުއްވާ ފަރާތްތަކުން، ކާރު ސާފްކޮށްލަންވެސް އެހާމެ ހިތްގައިމު ވެކިއުމް ކްލީނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަމްސިއްޔާ

    ކޮބައިތަ ކެޕޭސިޓީ އަކީ؟؟ 50 ކިލޯގެ މީހަކު އަރާއިރަށް ދުން އެރީމައޯ؟؟

    14
    1
  2. ލޯދުދައިތަ

    ހޫން ނަލަ އިނގޭ ބަލައިލާންވެސް.. ދައްތާވެސް ބޭނުން ތިޔައިގެ އެއްޗަކައް އަރައިލާން. އޯޑަރރ ކޮއްލައިނަން

  3. އަގޭ

    އަގުވެސް ޖަހާލިނަމަދޯ