މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
އިއްޔެ އެ މިނިސްޓްރީގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޖުމުލަ 13.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ތަރައްގީކުރުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގެ އިތުރުން 3 ރަށެއްގެ ބަނދަރު ހެދުމަށްވެސް އިއްޔެ ވަނީ އެއްބަސްވެފައި އެވެ. އެއީ އއ.ހިމަންދޫ ބަނދަރާއި އއ.ރަސްދޫ ބަނދަރު ބޭރުތޮށި އަދި ސަ.މަރަދޫ ބަނދަރުގެ މަޝްރޫއުއެވެ.
އެގޮތުން ހިމަންދޫ ބަނދަރަށް ޖުމްލަ 25.8 މިލިޔަން ރުޔިޔާގެ ބަޖެޓެއް ހިމެނޭއިރު 8 މަސްދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ރަސްދޫ ބަނދަރު ބޭރުތޮށި ހެދުމަށް 9.9 މިލިޔަން ރުރިޔާގެ ބަޖެޓެއް ހިމެނޭއިރު 3 މަސްދުވަސްތެރޭ ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަރަދޫ ބަނދަރު ހެދުމަށް ސަރުކާރު ބަޖެޓުން 15 މިލިޔަން ރުފިޔާއާއި ހަވާލުވެގެންދާއި އެމްޓީސީގެ ފަރާތުން 3 މިލިޔަން ރުފިޔާ ހިމެނިގެން ދެއެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އާޓިފިޝިއަލް މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ އަދި އެމްޓީސީސީގެ ސީއެސްރާރު ޕްރޮޖެކްޓުގެ ދަށުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ސަރަހައްދުގައި އައުޓް ޑޯ ޖިމަކާއި ފެންވަރަށް ބޭނުންވާ ވަސީލަތްތަކާއި ކެފޭތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އާޓިފިޝަލް ބީޗު ތަރައްގީ ކުރުމަށް ނިންމާފައިވާތީ އެ ސަރަހައްދުގައި މިހާރު ހިންގަމުން ގެންދާ ރެސްޓޯރެންޓްއާ ކެފޭތަކަށް ނެގުމަށް ނޯޓިސް ދީފައިވާ ކަމަށާއި މިތަންތަނަށް ސަރުކާރުން ބަދަލެއް ދޭން ނުޖެހޭ ގޮތަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ސާބަޙޭ މާލޭ މުއިއްޒު ތިއޮތީވާ މިނިސްޓަރުކަމެއް މާލެ ނޫންތަނެއް ހަމަނެތީތަ މުއިއްޒުއައް އިއްޔެ މިލިއަން ރުފިޔާ އިން ހެދީ ލެޑްޕާކު މިއަދު ބިލިއަންރުފިޔާގެ ބަޖެަތެއްގައި ބަދަލުކުރަނީ ސިޓީ ޕާކައް އިއްޔެ މިލިއަން ރުފިޔާ އިން ރަސްފަންނު މިއަދު ބިލިއަން ރުފިޔާއިން ބަދަލު ތިކުރަނީ ރަނި ފަންނށް ނޫންބާ