ކޮވިޑް-19 އާއި ގުޅިގެން ނިސްބަތުން އެންމެ ބޮޑު އިޤުތިޞާދީ ގެއްލުމެއް މިހާރު ވެސް ކުރިމަތިވެފައިވާ އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. ފަތުރުވެރިކަމަށް މުޅި ގައުމުގެ އިޤުތިޞާދު ބަރޯސާ ވެފައި ވާއިރު މުޅި ދުނިޔޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތް ހަތަރު ފަސް މަސް ދުވަހުގެ ސަބަބުންނާއި އަދި މިހާރު ވެސް ފަތުރުވެރިކަން ކުރީގެ ހާލަތައް އިއާދަ ނުވެ އޮތުމުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އަށް އޮތީ އިޤުތިޞާދީ ގޮތުން ފަސޭހަ ދުވަސްތަކެއް ނޫނެވެ.

މިދަތިތަކާއި ތަކުލީފްތަކާއި އެކު އެންމެ ބޮޑު ކަމަކަށް ވެފައި މިވަނީ އެމެރިކާ ޑޮލަރު ހޯދުމެވެ. ހާއްސަކޮށް ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި، ތައުލީމު އުގެނެންށާއި، ސިއްހީ ފަރުވާއަށް ރާއްޖެ އިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ދިވެހިން ފައިސާގެ މުއާމަލާތްތަކުގައި އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ ދިވެހިންގެ ބޭންކް ބީއެމްއެލްއަށެވެ. ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރު ކަމަށާއި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރު ކަމަށް ބީއެމްއެލް އިން މިއަދު މިވަނީ ނިންމާފައެވެ.

ނަމަވެސް ހޮސްޕިޓަލް، ކޮލެޖު އަދި ސްކޫލް ފީ ދެއްކުމަށް ދިވެހި ރުފިޔާ އެކައުންޓުން ޑޮލަރުން ފައިސާ ހޭދަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކަސްޓަމަރުންނަށް ފަހިކޮށްދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ކާޑުން ނެގޭ ފައިސާގެ އަދަދު ލިމިޓް ކުރުމާއި އެކު މީސް މީޑިއާގައި ބޭންކާއި މެދު މީހުން ދެކޭގޮތް ގިނަ މީހުން ގެންދަނީ ހާމަކުރަމުންނެވެ. ބޭންކްގެ ނިންމުމުގެ ސަބަބުން ތަކުލީފްތަކެއް އުފުލަން ޖެހޭނެއެވެ. ނަމަވެސް ބޭންކަށް ނުލިބޭ ޑޮލަރެއް ބޭންކުން ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

ކޮވިޑް 19 އާ ގުޅިގެން ދަތިތަކެއް ކުރިމަތިވެފައި އޮތަސް، ރާއްޖެ އޮތީ ހާލުގައި ޖެހިފައި ނޫން ކަމަށާއި ދައުލަތް މެނޭޖް ކުރެވޭ ވަރަށް ފައިސާ ލިބެމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދެހަފްތާ ކުރިން ވެސް ވިދާޅުވެފައެވެ.

މިމަހުގެ 02 ވަނަ ދުވަހު މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް އެކި ގޮތްގޮތުން 222 މިލިއަން ޑޮލަރު ރާއްޖެ އަށް ވަނީ ލިބިފަ އެވެެ. އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ވެސް ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ އިތުރު 700 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. 700 މިލިއަން ޑޮލަރުގެ ތެރެއިން 345 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ ޑިމާންޑާއި އެއްވަރަށް ޑޮލަރު ލިބޭނެ ކަމަށެވެ.

ގަވަރުނަރާއި ފިނޭންސް މިނިސްޓަރުގެ ބަސްމަގު ވަރަށް ރީތިވެފައި، ވަރަށް އުއްމީދީ ވާހަކަތަކެއް އަޑުއިވެމުން ދިޔަ ނަމަވެސް ފެންނަ މަންޒަރު މުޅިން ތަފާތެވެ. އެންމެ ބޮޑު މައްސަލައަކީ ބީއެމްއެލް އަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވެ، އާއްމުންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތިވެފައި ވާއިރު ވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހަނުއޮތުމެވެ.

އެމްއެމްއޭ އިން ބީއެމްއެލް އަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދޭނަމަ، ކަސްޓަމަރުންނަށް ޑޮލަރު ލިބުން އެއްވެސް ވަރަކަށް ދައްޗެއް ނުވާނެއެވެ. އެހެންކަމުން ޑޮލަރުގެ އަގަށް އަންނަ ބަދަލާއި، ބޭންކަށް ޑޮލަރު ނުލިބޭ މައްސަލައަށް ހައްލު ހޯދައި ދިނުމުގައި އެމްއެމްއޭ އާއި ސަރުކާރު މާބޮޑަށް ވެސް ހަރަކާތްތެރިވާން އެބަޖެހެއެވެ.

ސަރުކާރުގެ ބޭންކްގެ ހައިސިއްޔަތުން އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކްގެ ގޮތުން ބީއެމްއެލް އަށް އޮތް ޒިންމާ ބޮޑެވެ. ނަމަވެސް އެޒިންމާ އަދާކުރެވޭނީ މިއަދު ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލު ކުރަން ބޭންކަށް ސަރުކާރުން ޑޮލަރު ޕަމްޕް ކޮށްގެންނެވެ. އެކަން ސަރުކާރުން ނުކުރާނަމަ ބޭންކްގެ ކަސްޓަމަރުންނަށް ޑޮލަރު ލިބުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ދަތިވުން އެކަށީގެންވެއެވެ.

ކޮންމެ ކަމެއް ބޭންކްގެ ބޮލަށް ކަނޑާލުމުގެ ކުރިން އަސްލު މައްސަލައާއި މެދު ވިސްނާލަން ވަގުތުކޮޅެއް ހުސްކޮށްލުން އެންމެ ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވަގާވަގާވަގާ

    އޮޑިޓް ހަދާފައި އޮތީ ރަނގަޅަށް ނުބަލާ ކަމަށް އެންޑީއެމްއޭ އަށް ނުބުނެވޭނެއޭ އެއީ އެންޑީއެމްއޭގެ ޕޮޒިޝަނެއް ނޫނޭ ތަމެން ކުރި ވައްކަން ދިފާއު ކުރަން ތަމެން ރައީސް އޮފީހުގެ ބޮޑުން ބުނެގެން އެމެން ބުނާ ވާހަކަ ތައް ދޮގާއި މަކަރާއި ހީލަތް ހިމަނައިގެން ގެނެސް ދޭނެ ކަމެއް ނެތޭ ވަގަކު ވައްކަން ކޮށްފައި ނުބުނާނެއޭ އޭނާ ވައްކަން ކުރީމޭ އެއީ ވާނެ ކަމެއްް ނޫނޭ އޮޑިޓް ރިޕޯރޓް އޮތީ ރަނގަޅަށޭ އެންޑީއެމްއޭ އަކީ އެއީ ބޯރން ޓު ބީ ކޮރަޕްޓެޑް ތަނެކޭ އަބަދުވެސް ކޮބާވަގު ޑީބީ ޝާހިދު އެބަދަވި ކޮބާ މިއަދު އެއީއޭ އެންޑީއެމްއޭ އިން ވައްކަން ކުރަން ފެށި ބަދައްވަކީ ހުސް ވަގުންނޭ އެމްޑީޕީގެ ވެރިކަމުގައި ބޮޑުންނަށް ތިބެނީ ވަގާ ވަގާ ވަގާ ވަގާ ބޮޑު ވަގާ ކަޅަވަގާ ރަތްލާޖެހި ބޮޑު ވަގާ...

    13
  2. ވަގުންނޭ

    ހެޔޮވާނީ ކިހިނެއްތޭ ރައީސް އިބޫގެ ވެރިކަމުގެ އިންފެންޓް ސްޓޭޖްގައި ވެލާނާ އެއާރޕޯރޓްގެ ސީޕްލޭން ޓާރމިނަލް އިންޑިއާގެ ބަނގުރޫޓް ވެފައިވާ ކުންފުންނަކަށް ނުއަގުގައި 100 އަހަރަށް ވިއްކާލާތީވެ އެކަން އެގޮތަށް ނުކުރާށޭ ރައްޔިތުން ރޮއި ރޮއި އާދޭސް ކޮށް ކޮށް އޮތްވައޭ 25 މިލިއަން ޑޮލަރުގެ ކަޓް ޖައްސައިގެން އެތަން ވިއްކާލީ ދެން ކޮވިޑް ތެރޭގައި ރައްޔިތުން ގާތު ގޭތެރޭގައި މޫނުގައި މާސްކް އަޅައިގެން ފިލާ ތިބޭށޭ ބުނުމަށް ފަހު ސަރުކާރުން ކުރީ ބޮޑެތި ރަތްލާޖެހި ވަައްކަމޭ ވަގުން މިކުރަނީ އެހެންނޫންތޭ ވާނީ ރައީސް އޮފީހުން ވިއްޔާ މިހުރިހާ ވައްކަން ކުރަން މަގު ފަހި ކޮށްދިނީދޯ...

    16
  3. ވަކީލް

    ބެންކުން ޖެއްސުންކުރުންނޫން ކަމެއްނުކުރޭ. ރާއްޖެއިންބޭރުގައި ކިޔަވަން އުޅޭއިރު 750 ޑޮލަރުން ކުލިދައްކާފާއި އުޅެވޭނެގޮތެއްނޭގޭ.

    16
    3
  4. ވާނުވާ

    އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ ޑިމާންޑާއި އެއްވަރަށް ޑޮލަރު ލިބޭނެ ކަމަށެވެ.
    އެހެންވެގެންތަ ރާއްޖެއިންބޭރުގައިތިބިކިޔަވާކުދިންނަށް ޖެއްސުންކުރަނީ ކިހާބޮޑުވެއްޖެކަމެއްމީދެން

    21
    1
  5. ވަހީދު

    ބަސްކިޔޭވަރު މީހަކު އެއްވެސްތާކު ނެތް

    17
  6. ނ

    މިއަދު ހަވީރު ޑޮލަރު ގަންނަން ދިޔައިރު ހުރީ 19. ޢަށް މާރު ކުރަނީ 17. އަށް މިވީ ކިހިނެއް ނޫސް ތަކުން ބުނި ގޮތެއް ނޫން

    13
    1
  7. ހަނި

    މިސަރުކާރުއެތްވެސްކަމެތްހަލުކުރާކަށްނޭޭގޭނެ ނާގަބިލު އިސްތިއުފާ ެއިސްތިއުފާ އިސްތިއުފާ

    20
  8. އަހުމަދު

    ބަރާބަރު ވާހަކަ އެއް
    އަސްލު މައްސަލަ އާއި މެދު ވިސްނާލުން ބުއްދިވެރި

    12
  9. ފައްޔާޒު

    ސަރުކާރު ވާހަކަ ނުދައްކާ ކޮއްމެސް އެހެން ގަނޑެއް ގަތިއްޔާ މާރަނގަޅުވާނެ.

    15
    3
  10. އަހްމަދު

    މިއީ އެމްސީބީން ކްރެޑިޓްކާޑުތައާރަފްކުރަންވީވަގުތު ގިނަމީހުން ބީއެމްއެލްގަމިތިބެނީ އެކްރެޑިޓްކާޑުގެ މުހިންމުކަމުން ދަތުރުފަތުރުކުރުމުގައި ކްރެޑިޓްކާޑަކީ މުހިންމުއެއްޗެއްވީމަ ބީއެމްއެލް މުހިންމުވަނީ އެމްސީބީން ކާޑުތައާރަފްކޮށްފިނަމަ ހީވެސްނުކުރާވަރުގެސަޕޯޓެއް ލިބޭނެކަމަށް އުންމީދުކުރަން

  11. ސްޓިކް ހައުސް ޒަކިއްޓޭ

    ޑޮލަރެއް 5ރ އަށް ތިރިކުރަން ވީ

    3
    1
  12. ހ

    ޒަކިއްޓޭ ޑޮލަރެއް ފަސް ރުފިޔާ އަށް ކީއްކުރަން ކުރިން ހުރި ވަރަށް ތިރި ކުރެވޭ ވަރުގެ ސިކުނޑިއެއް ނެތޭ އަހަރެމެން ރާއްޖެއިން ބޭރަށް ދާން ވެގެން ޑޮލަރު ހޯދަން ބޭންކް ކައިރީ ކިއު ޖެހިގެން އުފުލި ބުރަ ފިލުވާދިނީ ރައީސް ޔާމިން ސަރުކާރުގައި ކޮންމެ ބޮލަކަށް 500 ޑޮލަރު ލިބޭ ގޮތް ހަދައި ދީގެންނޭ... ނުހަނު ފަސޭހަ ކަމާއި އެކު.... އެއީ ލީޑަރުން ނަކީ
    އިކޮނޮމިކްސް ގެ ބޭރު ގަނޑު ކިޔަވައިގެން މިކަމެއް ނުވާނެ އިކޮނޮމިކް މިނިސްޓަރަކީ ކުރި ވިޔަފާރިއެއް ވިއްޔާ ބަނގުރޫޓް ވެފައި ވާ މީހެއް މައުމޫން އިރުގައި 10 ރަށް ރިސޯޓް ހަދަން ލިބި ފައިލް ވީ ބައެއް އެންމެ ރިސޯޓެއް ވެސް ނުހެދުނު

  13. ސާހިދު

    އިންޑިޔާ އައުޓް