"ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް" ގެ ނަމުގައި ޕްރޮމޯޝަން އައިޓަމްސް ތަކަށް ހާއްސަ ފިހާރައެއް ހެޕީމާކެޓުން މާލޭގައި ހުޅުވައިފިއެވެ.

ހެޕީމާކެޓުން ބުނީ "ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް" ހުންނަނީ އަލިކިލޭގެފާނު މަގުގައި ކުރީގެ ޓައިމް ޒޯން ކުރިމައްޗަށްވާގޮތަށް ހުންނަ ހެޕީމާކެޓް ގުދަނާއި ޖެހިގެންނެވެ.

މިފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ޑިސްކައުންޓް އަގުތަކުގައި ވިއްކާ ހުރިހާ މުދަލެއް ފަސޭހަކަމާއި އެކީ އާންމުންނަށް ގަނެވޭނެގޮތް ހެދުމާއި ހެޕީމާކެޓުން ވިއްކާ އުފެއްދުންތައް ރަހަ ބަލައިލާ އެތަކެތި ކައިރިން ތަޖުރިބާ ކޮށްލާނެ މާހައުލެއް ކަސްޓަމަރުންނަށް ހޯދައި ދިނުން ކަމަށް ހެޕީމާކެޓުން މައުލޫމާތު ދެއެވެ.

"ހެޕީމާކެޓް ޕްރޮމޯޝަން ފިހާރަ" ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.

ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވެސް ވިއްކަމުން ގެންދާ ހެޕީމާކެޓުން މިހާރު ވެސް މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އެކުންފުނީގެ ގިނަ ފިހާރަތަކެއް ހިންގައެވެ.