ރާއްޖެއަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންނަށް ހާއްސަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ސާލިހު ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އިންޑަސްޓްރީގައި މަސައްކަތް ކުރާ، ފަރާތްތަކަށް ތަހުނިޔާ ދަންނަވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ، ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކާމިޔާބު ލިބުނީ ތި ފަރާތްތަކުގެ ސަބަބުން ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންމުންދާއިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން". ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ވަނީ ކޮށްފައެވެ. ކުރިން ދުވާލެއްގެ މައްޗަށް އެތައް ހާސް ފަތުރުވެރިއެއް އަންނަ ރާއްޖެއަށް، ކޮވިޑް-19 ގެ ސަބަބުން ދުވާލެއްގެ މައްޗަށް އަންނަނީ 100 އެއްހާ ފަތުރުވެރިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16،405 އަށް ވަނީ އަރާފައެވެ. އަދި މިއަހަރު މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 399،252 ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  2. ރާއްޖެ

    ބޭކާރު ރައީސެއް.

  3. ޢަލީ.

    ފަތުރުވެރިން ބަލަހައްޓާ ރިސޯޓު ބޯއީސްތަކައް ހާލުގަ ޖެހުނުދުވަހު ޕެންޝަނުގެ ލާރިން އެހީނުވި ބޮލުރޮއްޖެއްތިޔައީ ކޮންހޫނު މަރުހަބާއެއް އަހަރެ މެން މިވާހަކަ ގެސްޓުންގާތު ބުނާނަން

  4. ގެރި މޯދީ

    މަނިކުފާނު ، ފަތުރުވެރީން ވަރަށް އުފާވާނެ އެއަރޕޯޓަށް ވަޑައިގެން މަނިކުފާނުގެ ތި މާތް އަތްޕުޅުން ކުރުނބާ ކަނޑުއްވާފަ ސީދާ މަނިކުފާނު ކޮން މެ ފަތުރުވެރިއަކަށް ކުރުބާ އަރުއްވާ ދެއްވާ....އޯގާތެރި ލާ މަސީލު މަޙާ ރަދުން...ސާބަޙޭ..