ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ، "ކުކުޅު ފިހާރަ" އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ޕްރޮމޯޝަންގެ މި ހަފްތާގެ ނަސީބުވެރިއަކަށް ހަސަން އަރުޝަދު ހޮވިއްޖެއެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިއަކަށް ހޮވިފައިވަނީ މުހައްމަދު އަޒާންއެވެ. އޭގެ ފަހުން މިއީ މި ޕްރޮމޯޝަންގެ ނަސީބުވެރިއަކު ހޮވި 6 ވަނަ ހަފްތާއެވެ.

ކަސްޓަމަރުންނަށް އަމާޒުކޮށް އެތައް ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކުކުޅު ފިހާރައިން މިހާރު ކޮންމެ ހަފްތާއަކު އެކަކަށް ފްރޯޒެން ޕެކެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ފޭސްބުކްގައި ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކުކުޅު ފިހާރައިގެ ޕޭޖްގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވުނީއެވެ. އެހާވެސް ފަސޭހައެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުއެވެ.

ފިނި ކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވަނީ މީގެ ކުރިން ވެސް 14 ހަފްތާ ވަންދެން ޝެއަ އެންޑް ވިން ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި ތަފާތު އެކި ޕްރޮމޯޝަންތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

މީގެ އިތުރުން، ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެމުން ދެއެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު