ތުރުކީގެ މަޝްހޫރު ޚަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ކައިލާންގެ ފަރާތުން ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު، މި ބްރޭންޑް މިހާރު ރާއްޖޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދައިފިއެވެ. މޭކަޕްގެ ހުރިހާ ވައްތަރެއް އެބަ ހުއްޓެވެ. މީގެ ތެރެއިން ހާއްސަކަމެއް މިފަހަރު ލިޕިސްޓިކްތަކަށް ދެމާ ހިނގާށެވެ.

އެގޮތުން އިޒެބެލް ޑުޕޮންޓްގެ ލިޕް ސީރީސްއަށް ބަލާއިރު، 11 ވައްތަރެއް ހިމެނެއެވެ. އޭގެތެރެއިން ލިޕްސްޓިކްސްގެ 6 ވައްތަރެއް ލިބެން ހުންނާނެއެވެ. އަދި މީގެތެރެއިން އިޒަބެލް ޑުޕޮންޓް އިންޓެންސް މެޓް ލިޕްސްޓިކަކީ މިހާރު ރާއްޖޭގެ ވަރަށްގިނަ ޒުވާނުންނަށް ކަމުދާ އަދި އެންމެ ބާރަށް ކައިލާންގައި ވިކެމުންދާ ޕްރޮޑަކްތަައް ކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ޕްރޮޑަކްޓްގެ އެންމެ ޚާއްޞަ ކަމަކީ ދިވެހިން އެންމެ ބޭނުންކުރާ ކުލަތައް ލިބެން ހުރި އިރު، މުޅި ދުވަހު ބޭނުންކުރިއަސް ދެގޮތެއް ނުވާ އަދި ވަރަށް ތުންފަތަށް ލުއި ޕްރޮޑަކްޓަކަށް މި ޕްރޮޑަކްޓް ވުމެވެ. މި ޕްރޮޑަކްޓް އަދި އަޖުމަ ބަލާ ނުލާނަމަ ތަޖުރިބާ ކޮށްލުން ވަރަށް މުހިންމެވެ. އަދި މި ބްރޭންޑްގެ ލިޕްސްޓިކަކީ މެގްނެޓް ކެޕް އަކާއެކު ފަސޭހައިން ބޭގް ތެރެއަށް ހުޅިވި އިތުރަށް ނޭގި މަތިގަނޑު ވަކިވެގެން ނުދާގޮތަށް އުފައްދާފައިވާ މޮޅު ޕްރޮޑަކްޓެކެވެ.

އިޒަބެލް ޑުޕޮންޓް ލިކުއިޑް ލިޕްސްޓިކްސްގެ ތެރޭގައި ހިމެނޭ ވެލްވެޓް މެޓް ލިޕްސްޓިކްއަކީވެސް މިހާރު ދިވެހި ވަރަށްގިނަ ޒުވާނުން ބޭނުންކުރާ ވަރަށް ޚާއްޞަ ޕްރޮޑަކްޓެކެވެ. ވަރަށް ތުންފަތަށް ފަސޭހަ ހިތްގައިމު މި ސީރީސްގެވެސް އެކި ކުލަތައް އިޒަބެލް ޑުޕޮންޓްގެ ލިބެން ހުރެއެވެ. އޭގެ އިތުރުން ސެޓިންގ މެޓް އަކީވެސް ވަރަށް ފަސޭހައިން ބޭނުން ކޮށްލެވޭ އަދި މީގެ އެކުލެވޭ ޚާއްޞަ ބުރުހުން ތުންފަތް ލައިންކޮށްލުމަށްވެސް ވަރަށް ފަސޭހަ ޕްރޮޑަކްޓެކެވެ.

މި ޕްރޮޑަކްޓްތަކުގެ އިތުރުން ލިޕް ލައިނަރ، ލިޕް ގްލޮސް، ލިޕް ބާމް ފަދަ ޕްރޮޑަކްޓް ތަކަކީވެސް މިހާރު ރާއްޖޭގައި ވަރަށް ބާރަށް ވިކެމުންދާ ކަސްޓަމަރުންގެ ވަރަށް ބޮޑު މަޤުބޫލް ކަމެއް ލިބެމުންދާ ޕްރޮޑަކްޓް ތަކެކެވެ. ލިޕް ބާމްއަކީ މިފަދަ އެހެން ޕްރޮޑަކްޓްތަކުގައި ރާއްޖޭގައި ލިބެން ނުހުންނާނެ ޕްރޮޑަކްޓެއްކަން މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ. ލިޕް ޑްރައިވުން ނުވަތަ ރޭގަނޑު ނިދަމުން ލިޕް ބާމް ބޭނުންކޮށްލުމުން ތުންފަތަށް އިތުރު ފަރުވާއެއްގެ ގޮތުގައިވެސް މި ޕްރޮޑަކްޓް ފުދޭނެއެވެ.

އިޒަބެލް ޑުޕޮންޓްގެ ޕްރޮޑަކްޓްސްތައް މުހިންމުވަނީ މި ޕްރޮޑަކްޓަކީ ޚަލާލް ޕްރޮޑަކްޓެއްގެ އިތުރުން އަގުގެ ގޮތުން އަތްފޯރާފަށުގައި ލިބޭ ޕްރޮޑަކްޓަކަށް ވުމެވެ.

އިޒަބެލް ޑުޕޮންޓްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ލިބިވަޑައިގަންނަވާނީ ކައިލާން ޓްރެންޑްސް އަދި ކައިލާން ފިހާރައިންނެވެ. މި ޕްރޮޑަކްޓް ހޯލްސޭލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް ޑިސްޕްލޭ މޮޑިއުލް ހިލޭ ލިބިވަޑައިގަންނަވާނެއެވެ. އަދި ހިލޭ ޑެލިވަރީ ކޮށްދެވޭނެއެވެ. މީގެ އިތުރުން ހޯލްސޭލްކޮށް ރަށްރަށުން ބައްލަވައިގަންނަވާ ފަރާތްތަކުން ބޭނުން ބޯޓަށް ހިލޭ ގެންގޮސްދެވޭނެއެވެ. ކައިލާން ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރގެ ފޯން ނަންބަރަކީ 7986474 އެވެ.