އެއްތަނަކުން ގިނަ ވައްތަރެއްގެ މުދާ ލިބެން ހުންނަ އޮރެންޖް މާޓް އިން ފޭސްބުކްގައި ޝެއާ އެންޑް ވިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މަސް ދުވަހުގެ މުއްދަތަކަށް އަޮރެންޖް މާޓްގެ ފޭސްބުކް ޕޭޖްގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ފޭސްބުކް ބޭނުން ކުރާ ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

އެގޮތުން ފުރަތަމަ ޖެހޭނީ އެ ފިހާރައިގެ ފޭސްބުކް ޕޭޖަށް ލައިކެއް ދޭށެވެ. އެއަށްފަހު އެ ޕޭޖްގައި ކުރިއަށްދާ ޝެއާ އެންޑް ވިން ފްރީ ގްރޮސަރީސް ޕޯސްޓު ޝެއާކޮށްލުމަށްފަހު، ޖެހޭނީ ކޮމެންޓް ސެކްޝަންގައި ތިން ރަހުމަތްތެރިއަކު ޓެގް ކޮށްލާށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިޔާ ހޮވާނެއެވެ.

އަދި ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް އިނާމެއްގެ ގޮތުން 1000ރ. ގެ ގިފްޓް ވައުޗާއެއް ލިބޭ އިރު، އެ ވައުޗާ ބޭނުންކޮށްގެން އެތަނުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އޮރެންޖް މާޓަކީ ކައްކަން ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ސަމާނާއި ރީތިވުމަށް ބޭނުންވާ ގިނަ ވައްތަރުގެ ސާމާނުގެ އިތުރުން ބަދިގެއަށް ބޭނުންވާ ސާމާނާތައް ލިބެން ހުންނަ ބޮޑު ފިހާރައެކެވެ.

އަވަަސް ވިޔަފާރިއެއްކޮށްލުމަށް އެ ފިހާރަ ވަރެއް ނޯންނާނެއެވެ. އެ ފިހާރައިން، ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގެއްގައި ލިބޭނެއެވެ.

އޮރެންޖް މާޓް ހުންނާނީ އަލިކަލޭގެ ފާނު މަގުގައެވެ.