ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކާއެކު، މިހާރު ރާއްޖޭގެ ވިޔަފާރި ހާލަތަށް ބެލުމަށް ފަހު ރައްޔިތުންނަށް ލުއި ގެނެސް ދިނުމުގެ ގޮތުން، ހެޕީމާކެޓުން ވިއްކަމުންގެންދާ ކުކުޅު ހޯލް ސޭލްކޮށް ގަންނަ ފަރާތް ތަކަށް ވަރަށް ބޮޑު ތަން އަގު ހެޔޮކޮށްފިއެވެ.

އެގޮތުން މިހާރު ކުކުޅު ކިލޯއެއްގެ އަގަކީ 33 ރުފިޔާއެވެ.

ހެޕީމާކެޓުން ބުނީ، މިހާރު ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އަގުތައްވަނީ ހިފެހެއްޓިފައެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓެނީ ކަމަށްވަނީނަމަ، މިއަގުތައް މިއަންނަ އަހަރު ރޯދަމަސް ނިމެންދެން ހިފަހައްޓާނެކަމަށާއި، އަދި އިތުރަށް ބައިނަލް އަގުވާމީ ބާޒާރުގަ އަގު ރަނގަޅުވާނަމަ އެކަން އެގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެކަމަށެވެ.

ހެޕީމާކެޓުން ގަނޑުކުރި ކުކުޅުގެ 5 ސައިޒެއް ހޯލްސޭލް ކުރަމުންދެއެވެ. އެއީ 800ގމ، 900ގމ، 1000ގމ، 1200ގމ، 1400ގމ ލިބެން ހުރެއެވެ.

ހެޕީމާކެޓުން މައުލޫމާތުއިން ގޮތުގައި، ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކީ ހެޕީމާކެޓުން ވިއްކާ ކާބޯތަކެތީގެ ވިޔަފާރި ކުރެވޭނެގޮތް ހެދުމުގެ ގޮތުން، މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ގަންނަ ފަރާތްތަކަށް އިތުރު އަގަކާއިނުލާ ޑެލިވަރީގެ ޚިދުމަތް ދެމުންދާނެ އެވެ.

އަދި ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން، ހެޕީމާކެޓަށް 7993523 ގުޅުމުން އޯޑަރު ނަގައިދީ ރަށު ބޯޓަށް ޑެލިވަރީގެ ޙިދުމަތްވެސް ދެމުން ގެންދާނެ ކަަމަށް ހެޕީ މާކެޓުން ބުންޏެވެ.

ރަށްރަށުގެ ވިޔަފާރިވެރިންނަށް މާލެ ނައިސް، ފަސޭހަކަމާއި އެކީ، ފިނިކުރި ކާބޯތަކެތި އޭގެ އެންމެ ތާޒާކަންމަތީ ފޯރުކޮށްދިނުމުގެ ގޮތުން، މެދުރާއްޖޭގެ ރަށްތަކަށް މާލެ އަދި ހުޅުމާލޭގައި، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އައްޑޫ ސިޓީގައި އަދި އުތުރުގެ ރަށްތަކަށް ކުޅުދުއްފުށީ ސިޓީގައި ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުތައް ވަނީ ޤާއިމްކުރެވިފައެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރު ތަކުން ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް ލިބޭނެއެވެ.

ހެޕީމާކެޓުންދަނީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ވަރަށްގިނަ ޕްރޮޑަކްޓްތަކެއްގެ އަގު ހެޔޮކޮށް ވިއްކާފައެވެ. އެގޮތުން މިދިއަ އަހަރު ރޯދަމަހާއި ދިމާކޮށް ކުކުޅު، ކުކުޅުގެ ބައިތައް، އަސްދޫނި، ހިކި ކިރުގެ އަގު ހެޔޮކޮށްފައިވެއެވެ.

އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް ގިނަ ބާވަތުގެ މުދާ އަގުހެޔޮކުރެވޭނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.