ރާއްޖައި ކޮމްޕިއުޓަރާއި، ލެޕްޓޮޕް އަދި އެއާ ގުޅުން ހުރި އެސެސަރީސް ވިއްކަމުގައި ނުވަ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ކުންފުނި ކަމަށްވާ، ޕްރޯލެޕް އިން އެ ކުންފުނީގެ ދެވަނަ ފިހާރަ ހުޅުވައިފިއެވެ.

ޕްރޯލެޕްގެ ދެވަނަ ފިހާރަ ހުޅުވާފައި ވަނީ، އަބައްދަށްފެހި މަގުގެ، ހީނާމާގެ ޕާކިންގ ޒޯން ކައިރީގައެވެ. ޕްރޯލެޕް ކުންފުނީގެ ފުރަތަމަ ފިހާރަ މި ހުންނަނީ ބަނަފްސާ މަގު، ގަލޮޅު ދަނޑު ކައިރީގައެވެ.

ޕްރޯލެޕުން ބުނީ، އަލަށް ހުޅުވި އެ ކުންފުނީގެ ފިހާރައިން ލެޕްޓޮޕާއި، ޑެސްކްޓޮޕްސް، އަދި އެއާ ގުޅުން ހުރި އެކްސެސަރީސްތައް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ އެންމެ ކޮލެޓީ ބްރޭންޑްތަކުގެ ލެޕްޓޮޕާއި، ޑެސްކްޓޮޕް ލިބެން ހުންނާނެކަން އެކުންފުނިން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި އެޕަލް، ލެނޯވޯ، އޭސާ، ޑެލް، އެޗްޕީ، އަސުސް، މައިކްރޯސޮފްޓް ފަދަ ބްރޭންޑްތައް ހިމެނެއެވެ.

މީގެ އިތުރުން، އުބިކުއިޓީ ބްރޭންޑްގެ އެކްސެސް ޕޮއިންޓްއާއި، ވެސްޓާން ޑިޖިޓަލް ބްރޭންޑްގެ ހާޑް ޑްރައިވް އަދި ކިންގސްޓޯން ބްރޭންޑްގެ ރެމާއި ޕެންޑްރައިވް، ޓޮޝިބާ ބްރޭންޑްގެ ހާޑް ޑްރައިވް، ޓީޕީ ލިންކް އަދި ޑީ-ލިންކް ބްރޭންޑްގެ ސްވިޗް އަދި ރައުޓާގެ އިތުރުން، ސޭންޑްޑިސްކް ބްރޭންޑްގެ ހާޑްޑްރައިވް އާއި ޕެން އަދި އެޗްޕީ ޕްރިންޓާސް އާއި ޓޯނާސް ހިމެނެއެވެ.

ރާއްޖޭގައި ނުވަ އަހަރުގެ ތަޖުރިބާ ހުރި މި ކުންފުނީގެ އާ ފިހާރައިންވެސް ކޮމްޕިއުޓަރ އާއި ލެޕްޓޮޕަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ އަވަސް ހިދުމަތް ދެމުން ގެންދާނެއެވެ. އެގޮތުން ޑިސްޕްލޭ ބަދަލު ކުރުމާއި، ކީބޯޑް ބަދަލު ކުރުމާއި، ސޮފްޓްވެއާ މައްސަލަތަކާއި، ފޯމެޓް ކުރުމާއި، މައިކްރޯސޮފްޓް އޮފީސް އެއްޗެހި އަޅައިދިނުމުގެ ހިދުމަތް ދެމުން ދާނެއެވެ.

ޕްރޯލެޕް އިން، ކަސްޓަމަރުންގެ އެދުމުގެ މަތިން ލެޕްޓޮޕާއި އެކްސެސަރީސްތައް ޕްރި އޯޑަރު ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

ޕްރޯލެޕްގެ އާ ފިހާރަ ހުޅުވުމާއި ގުޅިގެން ކުންފުނީގެ ޑިރެކްޓާރ އަހުމަދު އައިހަމް ނިޔާޒް ވިދާޅުވީ، އާ ފިހާރައެއް ހުޅުވިގެން ދިއުމަކީ ކުރިއަށް އެޅިގެން ދިޔަ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި، މިހާރު ގިނަ ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް ދެވި، ކަސްޓަމަރުންނާއި، އެންމެ ގާތުން ހިދުމަތް ދިނުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ޕްރޮލެޕަކީ ކަސްޓަމަރުންނާއި ވަރަށް ގާތުން، ކަސްޓަމަރުންނަށް ހިދުމަތްދެމުންގެންދާ ކުންފުންޏެއްކަން ފަހަގަކޮށްލަން ޖެހެއެވެ. ޕްރޯލެޕް އިން ކުރިން ފެށިގެން ވެސް އެކި ބްރޭންޑްގެ ގިނަ ވައްތަރުތަކެއްގެ ލެޕްޓޮޕް ލިބެން ހުންނަ ހުރެއެވެ. މީހުން ލައްވާ ވަކި ބްރޭންޑެއްގެ އެއްޗެއް ގަންނަން އެ ފިހާރައިން ހިތްވަރެއް ނުދޭނެ އެވެ. އެކަން ކަސްޓަމަރުންވެސް ފާހަގަކުރެއެވެ. އަދި ގިނަ ކަސްޓަމަރުން ބުނާގޮތުގައި އެ ފިހާރައިގެ މުވައްޒަފުންނަކީ ކަސްޓަމަރުންނާއި ވަރަށް ގާތްކޮށް ވާހަކަދައްކައި އަދި ރިޕެއަރިންގ ސާވިސްގައިވެސް އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.