ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް-21 ސީރީޒްގެ ފޯނުތައް ގަތުމަށް ޕްރިއޯޑަރު ކުރުމަށް މިއަދު ހުޅުވާލައިފިއެވެ.

ސެމްސަންގް ގެލެކްސީ އެސް21 އަކީ ސެމްސަންގުން އެންމެ ފަހުން ނެރުނު ފޯނެވެ.

ސެމްސަންގް އެސް-21 މޮޑެލްގެ ތިން ފޯނެއް ނެރެފައި ވެއެވެ. އެއީ ގެލެކްސީ އެސް-21، އެސް-21 ޕްލަސް އަދި އެސް-21 އަލްޓްރާ އެވެ.

Get the most EPIC Samsung Galaxy device yet! Pre-order the all new Galaxy S21 Series 5G on Dhiraagu now!

S21 Ultra 👉🏾 https://buff.ly/3qEDNbC
S21 | S21+ 👉🏾 https://buff.ly/3sF4puO

Posted by Dhiraagu on Wednesday, 20 January 2021

ދިރާގުން މިއަދު ބުނީ، ސެމްސަންގގެ އެންމެ ފަހުގެ ފޯންތަކަަށް މިހާރުން ފެށިގެން ޕްރިއޯޑަރު ކުރެވޭނެ ކަމަށެވެ.

ދިރަގުން ބުނީ، އެ ކުންފުނި މެދުވެރިކޮށް ޕްރިއޯޑަރު ކުރާ ފަރާތްތަކަށް ހިލޭ ހަދިޔާ ލިބޭނެ ކަމަށެވެ. ހިލޭ ލިބޭ ހަދިޔާ ތެރޭގައި ހިމެނެނީ ސެމްސަންގ ފިޓް ގަޑި، ގެލެކްސީ ސްމާޓް ޓެގް، ނޫނީ ގެލެކްސީ ބަޑް ލައިވް އެވެ.

ސެމްސަންގ ގެލެކްސީ އެސް-21 ގައި 6.2 އިންޗީގެ ޑިސްޕްލޭއެއް ހިމެނެއެވެ. މިފޯނުގައި 8 ޖީބީގެ ރެމް އަދި 256 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. ގެލެލްސީ އެސް-21 ޕްލަސް އަކީ 6.7 އިންޗީގެ ފޯނެކެވެ. ރެމް އާއި ސްޓޯރޭޖްގެ ކެޕޭސިޓީ އަކީ އެސް-21 ގެ ވެސް ކެޕޭސިޓީ އެވެ.

އެސް ޕެން ވެސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އެސް-21 އަލްޓްރާގައި 6.8 އިންޗީގެ ޑިސްޕްލޭއާ އެކު 2 ޖީބީ ރެމާ 512 ޖީބީގެ ސްޓޯރޭޖް ހިމެނެ އެވެ. މިއީ ސެމްސަންގުން އެސް ޕެން ސްޓައިލަސްއާ އެކު ނެރޭ ފުރަތަމަ ފޯނެވެ.

ކިޔުންތެރިންގެ ހިޔާލު