ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އެންމެ 75 ރުފިޔާއަށް 1.5 ޖީބީގެ ބަދަލުގައި 4.5 ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތައާރަފު ކުރި މި އޮފަރ ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 343 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާއި މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަސް ކަމަށް ދިރާގުން ބުންނެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ދުވަހާއި ހަމައަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފު ކޮށްފައެވެ. މި ބަދަލުތަކާއި އެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކާއި އެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ހިލޭ "ޕަރކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު