މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެއްގެ ގޮތުގައި އިންޑިއާ ހިމެނިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން މިދިޔަ އަހަރު ނިމުނުއިރު، 62،960 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި މީގެ ކުރިން އޮތީ ރަޝިއާއެވެ. އެހެން ނަމަވެސް މިހާރު އެ ލިސްޓުގެ އެއްވަނައިގައި އޮތީ އިންޑިއާއެވެ. އިންޑިއާއިން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް 32،970 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، ދެވަނައިގައި އޮތް ރަޝިއާއިން ޒިޔާރަތް ކުރީ 32،019 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރު، އިއްޔެ އާއި ހަމައަށް 59،010 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި މިއަހަރު ފެށިގެން މިހާތަނަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 151.113 އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު އަންނަނީ 646 ޓޫރިސްޓު ފެެސިލިޓީއެއްގައި 44،277 އެނދު އޮޕަރޭޓުކުރަމުންނެވެެ. އޭގެ ތެރޭގައި 146 ރިސޯޓަކާއި، 11 ހޮޓެލަކާއި، 137 ސަފާރީއެއް އަދި 352 ގެސްޓުހައުސް އެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެެވެއެވެ.

މިދިޔަ އަހަރުގެެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެެރިގެން ޖުމްލަ އަދަދަކީ، 555،494 އެެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވަައިރަހާ ގުޅިގެެން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ފަތުރުވެރިން އައުން އެއްކޮށް ވަނީ މެދުކެެނޑިގެން ގޮސްފައެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ކުރިޔަށް ނުކަނޑައިގެން އުޅޭ ސަބަބު އަދި ކިރިޔާ މި އެނގުނީ!

  2. ސިކުނޑި

    ބަލާނެ ކަމެއްނެތް! ކޮވިޑް ނިމިގެން ހުރިހާ ރިސޯޓެއް ރިނޮވޭޝަނަށް ދާން ޖެހޭނެ!!

  3. މުހަންމަދު ނަސީދު

    އިންޑިއާގެ އެއްލަކަމީހުން ސްޕެންޑްކުރާވަރު ރަޝިޔާގެ ދިހަހާސްމީހުން ކުރާނެ އިންޑިޔާމީހުން އައިމަ އަދަދު ގިނަވާނެ ގައުމެއްކުރިޔަކައްނުދާނެ ލާރިޔެނިލިބޭނެ މިހާރުމިގައުމުހިންގާމީހުން ވަރައް އުފާވާނެ ހަވާނެއެރުވިޔާދެރަ ........