އެއާ ވިސްޓާރާ އިން އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާ ދެމެދު މިއަދު ދަތުރުތައް ފަށައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެއާ ވިސްޓާރާއިންނެވެ. އެއާ ވިސްޓާރާ އިން ބުނީ މިއަދުން ފެށިގެން ހުއްޓުމެއް ނެތި އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާނީ، އެއާބަސް އޭ230 ނިއޯ އެއާކްރާފްޓެވެ. އެ ފްލައިޓް މުމްބާއީން ނައްޓާލީ މިއަދު ހެނދުނު 10:10 ގައެވެ.

ރާއްޖެއަށް ދަތުރު ފެށި މި އެއާލައިންގައި ޕްރިމިއަމް އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސް، އަދި އިކޮނޮކިމް ކްލާސްގެ ސީޓް ހުންނާނެ އެވެ.

ރާއްޖޭގެ ސަރުުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެއާ ބަބްލްގެ ދަށުން މި އެއާލައިނުން ކޮންމެ ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ އެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ގައުމުން މި އަހަރު މިހާތަނަށް ރާއްޖެެއަށް 42،636 ފަތުރުވެރިން އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު