ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އިމްޕޯޓްކޮށް ވިއްކާ "ހެޕީ މާކެޓް" އިން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ފިނި ކުރި ކުކުޅުގެ އަގު ވަރަށް ބޮޑު ތަނުން ހެޔޮކޮށްފިއެވެ.

ހެޕީ މާކެޓުން ބުނީ މިހާރު ކުކުޅު ކިލޯއެއްގެ އަގު އުޅެނީ 28ރ. ގައި ކަމަށެވެ. ހެޕީ މާކެޓުން ފިނި ކުރި ކުކުޅު ގަންނަން ލިބޭނެ ސައިޒްތަކަކީ 800ގ، 900ގ، 1000ގ، 1200ގ، 1400ގ އެވެ.

ކުރިއަށް އޮތް ތަނުގައި ފިނިކުރި ބާވަތުގެ ކާބޯތަކެތީގެ އަގު ރަނގަޅު ވަމުންދާނެ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި އަގުތައް ހިފެހެއްޓޭނަމަ އެގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް ހެޕީ މާކެޓުން ވަނީ ބުނެފައެވެ.

ހެޕީމާކެޓުން ދާދި ފަހުން ވަނީ ބައެއް ޕްރީމިއަމް ބްރޭންޑްތަކުގެ އާ ޕްރޮޑަކްޓްތައް ވެސް ތައާރަފް ކުރަމުންނެެވ. އެގޮތުން އަލަށް ތައާރަފް ކޮށްފައިވާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ވެގާ ބްރޭންޑްގެ ބޭކްޑް ބީންސް، ރެޑް ކިޓްނީ ބީންސް، ޗިކް ޕީސް، ގްރީން ޕީސް، ފްރުޓް ކޮކްޓެއިލް، ގެރިކިރު ދަޅު އަދި ފޯޗިއުން ބްރޭންޑްގެ ބިރިޔާނީ ސްޕެޝަލް ބާސްމަތީ ރައިސްއެވެ.

މީގެ އިތުރުން، އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ފޯޗިއުން ބްރޭންޑްގެ އިތުރު ދެ ޕްރޮޑަކްޓަކާއި ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ އޮލްޑަން ބާގާގެ 5 ޕްރޮޑަކްޓެއް ރޯދައިގެ ކުރިން އަލަށް ތައާރަފް ކުރެވޭނެ ކަމަށް ހެޕީ މާކެޓުން ބުންޏެވެ. މި ޕްރޮޑަކްޓްތަކަކީ ރަމަޟާން މަހުގައި ބަދިގެ ތަކުގައި ވަރަށް މަގުބޫލު ވެގެންދާނެ ބާވަތްތަކެކެވެ.

އަލަށް ތައާރަފް ކުރި ޕްރޮޑަކްޓަތަކާއި ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ހެޕީމާކެޓްގެ ހުރިހާ ފިހާރައަކުން ލިބޭނެއެވެ.