ސްޓޭންޑާޑް އެންޑް އޮރިޖިން (އެސްއެންއޯ) އިން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އިންޓަނޭޝަނަލް ފުޑް ބްރޭންޑްތަައް ރާއްޖެ އަށް އެތެރެކޮށް ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ އެސްއެންއޯ އިން މިއަދުން ފެށިގެން ރޯދަ މަހަށް ބޭނުންވާ ގިނަ އަދަދެއްގެ ކާބޯތަކެތީގެ އަގުތައް ވަނީ ހެޔޮކޮށްފައެވެ.

އެތަނުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ މަގްސަދަކީ ރޯދަ މަހު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ތަފާތު ބްރޭންޑްތަކުގެ ކާބޯތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ރޯދަ މަހަށް ހާއްސަކޮށް އަގުހެޔޮ ކުރި ބާވަތްތަކުގެ ތެރޭގައި ފިނި ކުރި ކާބޯތަކެއްޗާއި ބިސް އަދި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. މި ތަކެތީގެ އަގުތައް މާލޭގައި ހުރި އެހެން ފިހާރަތަކާ އަޅާ ބަލާއިރު އަގު ހެޔޮއެވެ.

އެސްއެންއޯ އިން އަގުހެޔޮ ކުރި ބައެއް ބާވަތްތައް:

• ކުކުޅު (800/900/1000/1100/1200/1400 ގްރާމް) - ކިލޯއެއް 25ރ.
• ޗިކަން ބްރެސްޓް ބޯންލެސް (2 ކިލޯ) - ކިލޯއެއް 45ރ.
• ޗިކަން ސޮސެޖް (340 ގްރާމް * 24) - ކާރޓަންއެއް 288ރ.
• ކުކުޅު ފައި (900 ގްރާމް * 12) - ކާރޓަންއެއް 420ރ.
• ޗިކަން ގިޒާރޑް (1 ކިލޯ) – ކިލޯއެއް 35ރ.
• ޗިކަން ލިވާ (1 ކިލޯ) - ކިލޯއެއް 28ރ.
• ފްރެންޗް ފްރައިސް (1 ކިލޯ) - ކިލޯއެއް 35ރ.
• ގެރި މަސް ޗަންކްސް (900 ގްރާމް * 20) - ކާރޓަންއެއް 990ރ.
• ބަޓަރ (250 ގްރާމް * 20) - 750ރ.

 

އެސްއެންއޯއަކީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑްތަކެއް ރާއްޖެއަށް އެތެރެކުރާ ބައެކެވެ. އެގޮތުން ގެންނަ ބައެއް ބްރޭންޑް ތަކުގެތެރޭގައި ހެއިންޒްކްރާފްޓް، ލެކްޓެލް، ޑެލް މޮންޓޭ، ސާޑިއާ، އަދި ވިމްޓޯ ފަދަ މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.

 

އެސްއެންއޯ އިންވަނީ މަދު ދުވަސްކޮޅެއްގެ ތެރޭ ހޯލްސޭލް ކުރާ ފަރާތްތަކާއި އާއްމުންގެ އިތުބާރު ހޯދާފައެވެ. އަދި މި އިތުބާރާއި، މަގުބޫލުކަން ލިބިފައިވާ ސަބަބަކީ ރާއްޖެއަށް އެތެރެކޮށް ވިއްކާ މުދަލުގެ އަގު ހެޔޮ ވުމާއި ފެންވަރު ރަނގަޅުވުމެވެ.

 

އެސްއެންއޯ އިން އަގުހެޔޮ ކުރި ބައެއް ބާވަތްތައް:

• ހުދު ބިސް (210 ބިސް * 1 ކޭސް) - 260ރ.
• މުށި ބިސް (360 ބިސް * 1 ކޭސް) - 720ރ.
• ރަތް އާފަލު (18 ކިލޯ) - 450ރ.
• ފެހި އާފަލު (18 ކިލޯ) - 450ރ.
• އޮރެންޖް (15 ކިލޯ) - 240ރ.
• ކެރެޓް (10 ކިލޯ) - 180ރ.
• ލުނބޯ (8 ކިލޯ) - 160ރ.
• ކުކިންގް އޮއިލް (18 ލީޓަރު) – 390ރ.
• ރަތް މުގު (15 ކިލޯ) – 270ރ.
• ރީންދޫ މުގު (15 ކިލޯ) – 420ރ.
• ޔޫ.އެޗް.ޓީ ކިރު (1 ލީޓަރު * 12) – 240ރ.

 

އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު އެތައް ރިސޯޓުތަކުން ވެސް އަންނަނީ އެސްއެންއޯއަށް އިތުބާރުކޮށް އެކުންފުނީގެ އުފެއްދުންތައް ގަންނަމުންނެވެ. ރިސޯޓްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތީގެ އުފެއްދުންތައް ހޯދުމަށް ވަރަށް ގިނަ ރިސޯޓްތަކުގެ ފުރަތަމަ ޗޮއިސް އަކަށް އެސްއެންއޯ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވެފައެވެ.

 

އެސްއެންއޯ ކުންފުނިން ތިން ފިހާރައެއް މާލެ ސަރަހައްދުގައި ހިންގަމުން ދެއެވެ. އޭގެ ތެރެއިން އެއް ފިހާރަ މާލެ މަސް މާރުކޭޓް ކައިރީގައި ހުންނަ އިރު ދެވަނަ ފިހާރަ މާލޭގެ މާވެޔޮ މަގުގަ އަދި ތިން ވަނަ ފިހާރަ ހުޅުމާލެގައި ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު