ދިރާގުޓީވީ މެދުވެރިކޮށް މުޅިން އާ ޗެނަލްތައް ބަލައިލެވޭ ގޯލްޑް ޕެކެއް ތައާރަފު ކޮށްފިއެވެ.

ދިރާގުން ބުނީ، ސިނެމަޗީގެ ފިލްމީ ޗެނަލްތަކާއެކު 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލް ދިރާގުޓީވީގެ ގޯލްޑް ޕެކުގައި ހިމެނިފައިވާ ކަމަށެވެ.

މި ޕެކޭޖުގެ ތެރޭގައި ހިމެނޭ ސިނެމަޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމަޗީ އެކްޝަން، ސިނެމަޗީ ރޮމޭންސް، ސިނެމަޗީ ކޮމެޑީ، ސިނެމަޗީ ޑްރާމާ އަދި ސިނެމަޗީ ކްރައިމް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. ގޯލްޑް ޕެކުގެ އިތުރުން ދިރާގުޕްލޭ އެޕްގައި ޕްލޭމޯ ޕެކޭޖު މެދުވެރިކޮށް ވެސް ސިނެމަޗީ ޗެނަލްތައް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޓީވީ ބިޒްނަސް މެނޭޖަރު ޒިހާރު ޒުހައިރު ވިދާޅުވީ، އެ ބޭފުޅުންގެ ކަސްޓަމަރުންނަށް މިހާރު ލިބިފައިވާ އެ ހިދުމަތަކީ އެއީ ކޮންމެ ވަގުތެއްގައި ވެސް މުނިފޫހި ފުލުވުމަށް ބޭނުން ކުރެވޭނެ ޕެކޭޖެއް ކަމަށެވެ.

ދިރާގުން އަލަށް ތައާރަފް ކުރި ގޯލްޑް ޕެކް 450ރ. އަށް ލިބޭއިރު ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ކަނެކްޝަނާއި ޖޯއިބޮކްސް ހިލޭ ލިބިގެން ދެއެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. މި މުއްދަތުގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކުރާ 20 ނަސީބުވެރިންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ވިޔަފާރި ފުޅާކުރަންބޭނުންނަމަ އިތުރުކުޅިވަރުޗެނަލްގެޚިދުމަތްފޯރުކޮށްދޭންޖެހޭ މީޑީޔާނެޓްގެ ކަސްޓަމަރުން އިތުރުވަނީ ސްޕޯޓްސްޗެނަލްތައް ގޮނަވީމަ