ކޮފީއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ ދިވެހިންގެ މެދުގައި އަބަދުވެސް މަޤުބޫލު އެއްޗެކެވެ. އަދި އެއީ އޭގެ ޒާތުގައި ސިއްޙަތަށްވެސް ފައިދާ ކުރުވަނިވި ރަނގަޅު ބުއިމެކެވެ. ހަމަ އެހެންމެ ދުވަހެއް ފެށޭއިރު މީހާގެ ތާޒާކަން އިތުރުކޮށްދިނުމުގައި ވެސް ކޮފީން މުޙިންމު ދައުރެއް އަދާކުރެއެވެ.

ކޮފީއަށް ލޯބިކުރާ ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް ބްރޭންޑަކީ އިޓަލީގެ ލަވާޒާއެވެ. މި ބްރޭންޑަކީ ރާއްޖޭގެ ރެސްޓޯރެންޓުތަކުގައި ވެސް މިހާރު އެންމެ ހިނގާ އެއް ބާވަތްކަމީ މިކަމަށް ލިބޭ ހެއްކެކެވެ.

ލަވާޒާއަށް ލޯބިކުރާ ދިއްދޫ މީހުންނަށް މިފަހަރު އެރަށު "ހެލްތީ ޗޮއިސް" އިން މިއޮތީ އުފާވެރި ޚަބަރެއް ގެނެސްދީފައެވެ. އެ ފިހާރައިން ކުރިޔަށް ގެންދާ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން މިހާރު ހެޔޮ އަގުގައި ލަވާޒާ ކޮފީ ވިއްކަމުން ދާއިރު، އެކި ސައިޒްތަކުގައި ލަވާޒާގެ ދެ ބާވަތެއް "ހެލްތީ ޗޮއިސް" އިން މިހާރު އަންނަނީ ވިއްކަމުންނެވެ.

ލަވާޒާ މެޝިންގައި ތައްޔާރުކުރާ މި ދެބާވަތުގެ ތެރޭގައި ހިމެނެނީ "ލަވާޒާ ބްލޫ - އިންޓެންސޯ" އާއި "ލަވާޒާ ބްލޫ - ޑޮލްސް" އެވެ. މި ދެވައްތަރުގެ ކޮފީ އެ ފިހާރައިން ވިއްކަމުން އަންނަނީ 18 ރުފިޔާއަށެވެ.

"ހެލްތީ ޗޮއިސް" އިން ބުނާގޮތުން އެ ފިހާރައިން ޓޭކްއަވޭގެ ގޮތުގައި ފިހާރަ ހުޅުވިފައި ހުންނަ ކޮންމެ ވަގުތެއްގައި ވެސް ލަވާޒާ ކޮފީ ލިބޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިނޫން އެހެން ބާވަތްތަކުގެ ކޮފީއާއި ހޮޓް ޗޮކްލެޓް ފަދަ ބުއިންތައްވެސް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ދިއްދޫ ބަނދަރުމަތީގައި ހުންނަ "ހެލްތީ ޗޮއިސް" ފިހާރައަކީ މޭވާ އާއި ތަރުކާރީ އަދި މިނޫންވެސް ކާބޯތަކެތީގެ އެކި ބާވަތްތައް އެންމެ ހެޔޮއަގުގައި ވިއްކަމުން އަންނަ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފިހާރައެކެވެ. މި ފިހާރައިން އަންނަނީ އޯޑަރު ކުރުމުން ޑެލިވަރީގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.