ވަލްޑޯފް އޮސްޓްރިއާ އިތާފުށިން މި މަހު ވެސް ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މީހަކަށް 2،078 ޑޮލަރު ދީފިއެވެ.
"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ބުނީ އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 2،078 ޑޮލަރު (32،042ރ.) ދީފައިވާ ކަމަށެވެ. މިއީ މިހާތަނަށް މި މަހުގެ ތެރޭގައި ސާވިސް ޗާޖްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދިން ރިސޯޓެވެ.
މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި 2،078 ޑޮލަރު އެ ރިސޯޓުން ދީފައިވާއިރު، މިދިޔަ މަހުވެސް އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2.433 ޑޮލަރު ދީފައެވެ. އިތާފުށި ނަގާލުމަށްފަހު އެމަހު އެންމެ ގިނައިން ސާވިސް ޗާޖު ދެން ދީފައިވަނީ ވެލާ ޕްރައިވެޓް އައިލޭންޑުންނެވެ. އެ ރިސޯޓުން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 2،303 ޑޮލަރު ވަނީ ދީފައެވެ.
މިމަހުގެ މިހާތަނަށް ސާވިސް ޗާޖު އެންމެ މަތިން ދީފައިވާ ބައެއް ރިސޯޓުތަކަކީ ޗެވަލް ބްލެންކް ރަންދެލި (2،728.27 ޑޮލަރު)، ޖޯލި މޯލްޑިވްސް (1،823.86 ޑޮލަރު)، ވައްކަރު މޯލްޑިވްސް (1،181.65 ޑޮލަރު) އަދި އަނަންތަރާ ކިހާވަތް މޯލްޑިވްސް (1،160.07 ޑޮލަރު) އެވެ. މިރިސޯޓުތަކުގެ ތެރެއިން އެންމެ މަތިން ސާވިސް ޗާޖު ދެމުން އަންނަ ވެލާ ޕްރައިވެޓް އައިލޭންޑުން ސާވިސް ޗާޖުގެ ގޮތުގައި މި މަހު ދީފައިވާ އަދަދު އަދި ހާމަ ވެފައެއް ނުވެއެވެ.
ރިސޯޓަކުން ލާރިއެއްވެސް ވަންނަ ކަމަކަށް ނުވޭ މިހާރު. ކޮވިޑޭ ކިޔަ ކިޔަ އެބަ ތިބި ޓީޗަރުންގެ މުސާރައިގެ ކުރިއެރުންވެސް މިއަދު ހިފަހައްޓައިފި ސަރުކާރުގެ ހަރަދު ބޮޑު ކަމުން ހަރަދު ކުޑަ ކުރަން. ކޮވިޑަށް ތައްޔާރު ވާކަށްވެސް ކަމެއް ކުރެވުނީކީ ނޫން. ވެންޓިލޭޓަރުތައް ވެސް ކާލީ. މޑޕ ސަރުކާރަށް ހަމަ އައްސަރިބަހާ ސާބަސް. އަންނަ 5 އަހަރަށް ވެސް ހޮވިފަ ތިތިބީ.
ސޭޓްގާތު ނުބުނާތި. އަދިވެސް ހަމަ މުސާރަނުދޭ
ރިޒޯޓުތައް އޮޑިޓްކުރާނެ ޚާއްޞަ އިދާރާއެއް އުފައްދަން އެބަޖެހޭ. ރިޒޯޓު ފުލްވެފައި އޮންނައިރުވެސް މަހަކު ދެތިން ސަތޭކަ ޑޮލަރ ސަރވިސްޗާޖްއަށް ދޭ ރަށްރަށް އެބަހުރި. މިވާގޮތެއް ބެލޭނެ ނިޒާމެއް އޮންނަންޖެހޭ.