މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި 219 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި ދިރާގަށް 660,169 ރުފިޔާ ވަނީ ލިބިފައެވެ. އެއީ މޯބައިލް ހިދުމަތުގެ އާމްދަނީ އިން 390 މިލިއަން، ފިކްސްޑް ބްރޮޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތުން 255 މިލިއަން ރުފިޔާ ހިމެނޭ ގޮތަށެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 263 މިލިއަން

ދިރާގުން ބުނެފައި ވަނީ 2021 ވަނަ އަހަަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަކީ ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެއް ކަމަށެވެ.

ދިރާގުން ބުނީ، މިއަހަރުގެ ފުރަތަމަ ކުއާޓަރު ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ ހަ އިންސައްތަ އިތުރުވުމަކުން ކަމަށާއި މިފަދަ އިތުރުވުމެއް އައިސްފައިވަނީ އިގްތިސޯދު ރަނގަޅުވުމުންނާއި ފަތުރުވެރިން އައުން އިތުރުވެފައިވާތީ ކަމަށެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ލިބުނު ފައިދާ އަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، 9 އިންސައްތަ ދަށް އަދަދެއް ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު