މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން، އެ ކުންފުނީގެ އެކްްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ (އީޖީއެމް) ބާއްވާ ކުންފުނީގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ފާސްކޮށްފިއެވެ.

މި އަހަރުވެސް އެމްޓްޓީސީސީން އީޖީއެމް "ފަހިވޯޓު" މެދުވެރިކޮށެވެ. މިއަދު ހަވީރު އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޖަލްސާގައި އެ ކުންފުނީގެ 19 ހިއްސާ ދާރެކެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރުން ތަމްސީލު ކުރެވުނެވެ.

އެމްޓީސީސީން ބުނީ، ޖަލްސާގައި މުޅިއަކު ތަމްސީލުވީ 174 ޙިއްސާދާރުން ކަމަށާއި، އެއީ މުޅިއަކު 5,590,778 ހިއްސާ ކަމަށެވެ.

މިއަދުގެ އެ ޖަލްސާގައި މިދިޔަ އަހަރުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ކުންފުނީގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ފާސްކޮށްފައެވެ.

އެ އިސްލާހުތައް ފާސްކޮށްފައިވަނީ ޖަލްސާ އަށް ހާޒިރުވި ހިއްސާދާރުންގެެ 96.4 ޕަސެންޓު ހިއްސާ ދާރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު