ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅިގެން ދިރާގުން ހާއްސަ ކުއީޒެއް ފަށައިފިއެވެ.

ދިރާގުން މިއަދު ފެށި މި ކުއީޒްގައި ބައިވެރިވާން ޖެހޭނީ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެ ކުންފުނިން ކޮށްފައިވާ ކުއީޒް ޕޯސްޓަށް ކޮމެންޓް ކުރާށެވެ.

އެ ކުއީޒްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ދިރާގުން ކަނޑައަޅާފައި ވެއެވެ. އެ އިނާމަކީ އެމޭޒޮން އެކޯ ޑޯޓް އެކެވެ.

އެ ކުއީޒްގައި ދިރާގުން ކޮށްފައި ވަނީ އެ ކުންފުންޏާއި ގުޅޭ ދެ ސުވާލަކާއި، ދުނިޔޭގެ ފުރަތަމަ މޯބައިލް ފޯނާއި ގުޅުން ހުރި ސުވާލެކެވެ. އެއީ އެމްސީކިއު ސުވާލުތަކެކެވެ.

ދިރާގުގެ މި ކުއީޒްގައި މިހާރުވެސް ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު