ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް މިއަދު ބަދަލު ގެނެސް، އަމަލު ކުރަން ފަށައިފިއެވެ.

މީގެ ކުރިން މިޕޮލިސީގައި އޮންނަނީ ރާއްޖޭގައި ފްރައިޓް ސާވިސްއާއެކު އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ދެވޭނީ ބޭރުގެ %75 ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެ ކުންފުންޏަކުން ފަސް އަހަރުގެ ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރަން ޖެހޭނެ ކަމަށް ވެސް ކުރިން ޕޮލިސީގައި ބުނެފައި ވެއެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ޕޮލިސީއަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ %100 ހިއްސާވާ ކުންފުނިތަކަށް ދެވޭނެއެވެ.

މިއަދު ގެނައި ބަދަލުގައި އިތުރަށް ބުނެފައި ވަނީ ބޭރުގެ ސައްތަ އިން ސައްތަ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައުންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރުމުން 50 އަހަރަށް ބޭރުގެ ކުންފުނިތަކަށް އެއާޕޯޓްތައް ދެވޭނެ ގޮތައް ވެސް މިއަދު ގެނައި ބަދަލުގައި ވަނީ ހިމަނާފައެވެ.

އެއާޕޯޓްތައް ހިންގުމަށް ބޭރުގެ ކުންފުނިތަކުން ކުރަން ޖެހޭނެ ހަމައެކަނި ކަމެއްގެ ގޮތުގައި މިއަދު އާއްމުކުރި ޕޮލިސީގައި ބުނެފައި ވަނީ ސަރުކާރުގެ ހުއްދަ އެކަމަށް ހޯދުމެވެ.

ސައްތައިން ސައްތަ ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތް ހެދިއިރު އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓާއި ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާ ކުންފުނިތަކާއި ހަވާލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އެމްޑީޕީއަށް 2008 ވަނަ އަހަރު ވެރިކަން ލިބުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެސް އިންޑިއާގެ ޖީއެމްއާރްއަށް ދިނެވެ. ރާއްޖެއަށް އެތައް ގޮތަކުން ގެއްލުންވާ ގޮތައް ހެދި އެއްބަސްވުމެއްގެ ދަށުން ދީފައި އޮތް އެއާޕޯޓް އަތުލީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އޭގެ ބަދަލުގައި ޖީއެމްއާރްއަށް ރައީސް ޔާމީންގެ ވެރިކަމުގައި 300 މިލިއަން ޑޮލަރު ދެއްކިއެވެ. ނަމަވެސް ޖެހިގެން އައިއަހަރު އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ނެރުނެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. އަހުދިމް

    އަނެއްކާ އަނެއް ބަލާ ޖައްސަން ދޯ މިއުޅެނީ، ދިވެހީން ނިކަމެތި ކުރެވޭނެހާ ހުރިހާ މަގެއް މިވެރިން އެބަ ކޮށާ އަލިކޮށް ދޭ. މިހާކަތް ވަރަށް ގައުމަކަށް ގައްދާރު ވެވޭނީ ބަޔަކަށް.

    59
    • ޞާރި

      މިސަރުކާރު ވައްޓާލަން ވެއްޖެ ދޯ

      50
      1
    • ޙައްގުބަސް

      5 މިލިއަން ޑޮލަރު އިންވެސްޓް ކުރީމަ 50 އަހަރަށް އެއަރޕޯޓް ހިންގަން ދެވެޔޭ؟ ޖޯކެއްތަ މީ؟ މިފަދަ ގައު މުގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅުންހުރި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ބަޔަކު ހިތުހުރި ގޮތަކަށް ނިމިގެންނުވާނެ. އެތަނެއްގެ ރައްޔިތުންގެ ރުހުމާ ނުލައި ކުރެވިގެން ނުވާނެ. މިމައްސަލަ މަޖިލީހަށާ ކޯޓަށް ހުށަހަޅަންޖެހޭ. ރައީސް އަކަށްވެސް ގައުމަށް ހިތުހުރިގޮތެއް ހެދިގެންނުވާނެ. މިއީ ދިވެހި ކޮންމެ ރައްޔިތަކު މިކަމާ އިހްތިޖާޖުކޮށް ޝުޢޫރު ފާޅުކުރަންޖެހޭ ވަގުތު! ކޮބާތަ މިގައުމުގައި ތިބި ސިޔާސީ މީހުން؟ ކޮބާތަ މިގައުމުގައި ތިބި ބޮޑެތި ވިޔަފާރި ވެރިން؟ ކޮބާތަ އިސް ރަށްވެހިން؟ އަވަހަށް ތެދުވޭ ގައުމަށްޓަކައި ގުރުބާންވާން. އެދުވަސް އަތުވެއްޖެ! ކާބަފައިންގެ ހަނދާންތައް އާކޮށް ގައުމަށްޓަކައި ޖިހާދުވާންޖެހޭ! މިނިވަންކަން ގެއްލެނީ ހަމައެކަނި ކަނޑި ބަޑި ހިފައިގެން ބަޔަކު އެރީމައެއްނޫން!

      16
  2. ބަޅ

    މިވަރުން ދަންޏާ ރާއްޖޭގެ ވެރި ކަން ކުރަންވެސް ބޭރު ގައުމުތަ ކަށް ހުޅުވާލާނެ.

    59
  3. ޝޮކްތެރަޕީ

    ރައްޖެ ސަލާމައްވާން ވަރައް އުދަގޫވާނެ ދެން.

    50
  4. ބޯހަލާކު

    ހަރުމުދާ ވިއްކަން ފެށީ

    46
  5. މަބޭ

    2023 އަހަރަރު ނިމެންދެން ސަރުކާރުމުވައްޒަފުންނައް މުސާރަދެވޭނެގޮތެއް ހޯދުމައްނިންމިނިންމުމެއްކަމައްވަނީނަމަ އޭގެފަހުން ރައްޔިތުން ނިކަމެތިވެ އަޅުވެތިވެ ތިބުންނޫންގޮތެއް ނޯންނާނެ

    42
  6. މިތުރާ

    ހޭބަލިވަނީ، .ދިވެހިންނައް ދޭންވީނުން ކުޑަ އަގެއްގަ ،ބޭރު ކުންފުނި ތަ ކުން ބޮޑު ރފ ލިބުނަސް ރައިއިތުން ހަނާވަނީ،، ތީގެ ފައިދާ އެޅެނީ ވަ ކިބައެއްގެ ޖީބަށް.

    34
    1
  7. ދުންމާރި

    ވެރިކަނ ލިބުމުން އިންޑިޔާއަށް އެއާރޕޯޓު ވިއްކާލުމުގެ މަރުހަލާ ފެށީ މި ޤައުމުގެ ހުރިހާ ހަރުމުދަލެއް ބަހާ ވިއްކާ ހުސްކުރާނެ ކުރިންވެސް ގަދަބާރުން ވެރިކަމަށްއަރާ 02 އަހަރު ދުވަހުގެ ތެރޭ ޤައުމުގަ ހުރި ހުރިހާ ހަރުމުދަލެއް ވިސްކާ ހުސްކުރީ އެކަމުން ޤައމަށް ރައްޔިތުންނަށް ވަމުން މިދަނީ ކޮޅެއްނެއްހާ ބޮޑެތިގެއްލުންތައް މިފަހަރު މުޅި ޤައުމު ވިއްކާލާނެކަމަށް ލަފާކުރެވެނީ

    39
  8. އަލި ރަސްގެފާނު

    ކޮބާ ކުދިންނޭ އެޖެންޑާ 19 ތަފާތުކަން ފެނުމުގެ ކޮޅުމަތި މި ފެންނަނީ

    44
  9. އެބަ ކެއްސާ

    ހަނިމާދޫ އިންޑިއާއަށް.
    އައްޑޫ ގަން އިންޑިއާއަށް
    ކާޑެއްދޫ އިންޑިއާއަށް
    އައްޑޫ މިލިޓަރީ ބޭސް އިންޑިއާއަށް
    ގުޅިފަޅު ބަނދަރު އިންޑިއާއަށް.

    37
  10. ސަމާ

    އައްޑޫ މީހުންބުނީ ދެން ވިސާނަގަން މާލެގޮސް ކިއުގަ ޖެހޭކަށް ނުޖެހޭނެއޭ.
    ދެން އަޢްޑޫގައި އޮންނާނީ ކުޑަކިއު އެކޭ.
    ރާއްޖެއަށްވުރެ ބޮޑެތިގައުމުތަކުގެ މީހުންނަށް އޮންއެރައިވަލްވިސާގައި މެޑިކަލް ޓްއރިޒަމަށް ދެވޭއިރު ބަލާވެރިކަން ދިވެހިންނަށް ޖައްސާ ސަބަބެއް އިނގޭ އެކަކުވެސް ނެތް.
    ބޭނުންވަނީ ކުޑަކޮށް އަބދުވެސް ފިއްތާލާފައި ބާއްވަން. އެއިރުންތާ ބޭނުންވާ އެހެން ކަންކަކން ކޮށްލެވޭނީ.

    29
  11. ޥ

    އަވަހަށް އިންޑިޔާގެ ކޮންމެސް ކޮރަޕްޓު ކުންފުންޔަކާ ހަވާލުކުރޭ

    28
    1
  12. 🤣🤣

    50 އަހަރައްދޭން ބުނާއިރު ރާއްޖެ މިއޮތީ އަޑިޔައްދާވަރުވެފަ
    ރައްރަށައް އުދަ ނާރާ ރަށެއްނެތް
    މިތަނައް މިހާރުވެސް ތޫފާނެއް އައްނައިރު ވާނޭ ގޮތް ވިސްނަބަލަ އެހެން ގައުމުތަކައް އަރާވަރުގެ ސުނާމީ އެއް އެރިއްޔާ ދުވަސްދިޔާ

    19
    4
  13. ސަޑުހަސަނު

    ގައުމުގެ ހަރުމުދަލާ ގުޅިފައިވާ މި ކަހަލަ އިސްލާހެއް ފާސް ކުރާއިރު ރައްޔިތުންގެ ގާތުން ހޭއަހާލަންވެސް ނުޖެހޭބާ. އެވަރުގެ ބާރެއް މިނިސްޓަރަށް ދީފައޮތީ ކީއްވެ.

    36
  14. ޅަވިޔަނި

    އެމްޑީޕީގުންޑާއިން ވެރިކ ކަމަށް އައީ ކޮން ކަމެއް މި ގައުމަށް ކޮށްދެންބާ. ޢެގުންޑާ19. ނަޝީދަކ ކީ މަގުމަތީ ލާހޫރެ ބޮޑުވި މީހެއް. ޢޭނަ އައްޑޫގަބުދު ބެހެއްޓީ ކީއްވެތޯ ސުވާލު ކުރީމަ ބުނީ ސޯބެ އޭ އެކ ކަންކު ކުރީ. މިއަދު އެއަރޕޯރޓް ވިއްކ ކާކ ލަނީ އަލުންވެސް.. ބުނާނީ އެއަރޕޯޓުންނޭ ވިއްކ ކާލީ. ނޫނީ ޞޯލިހޭ..

    މިސަރުކ ކާރާދެކ ކޮޅަށް ނު ކުންނާނަން މާދަމާވެަސް. . ޥައްޓާލންޖެހޭ އެބަ. ގުންޑާ19

    25
  15. ޚިލާލާ

    ޙާދަމޮޅެތި ސްޓަންޓު ތަކޭދޯ..ވަރައްސަޅިކޮއް އިންޑިޔާއައް އެއަރ ޕޯޓުތައް ދެނީދޯ

    24
  16. ޚިޔާލު 3

    5 އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރުމުން 50 އަހަރަށް ބޭރުގެ ފަރާތްތަކަ ކަށް
    ޖީއެމްއާރްއަށް ރައީސް ޔާމީންގެ ވެރިކަމުގައި 300 މިލިއަން ޑޮލަރު ދެއް ކީ އެތަން އަތުލަށް
    1އަހަރުން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ނެރުނެވެ.
    މިވަރު ފައިދާވާ ތަންތަން ބޭރުބަޔަ ކަށް ދޭންޖެހޭ ސަބަބު ސާފުވާންޖެހޭ.

    32
  17. ހުސޭނުބޭ

    ފަސް އަހަރުން 5 މިލިއަން. ތިއީ ދެން ކޯންޗެއް؟ މިހާރު ރާއްޖޭ ދަރަނިވެސް ބޮލަކަށް މިލިއަނެއް ޖެހޭނެ! ތިއީ އައްޑުއަތޮޅު އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓް އިންޑިޔާއަށް ވިއްކާލަން ޖެހި މަޅިއެއް!

    26
  18. އަހުމަދު

    މި ދެން ކިހާ ބޮޑު މުސީބާތެއް. ސަރުކާރަށް ހިންގަން ނޭންގޭންޏާ އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ. ޢިހަށް ދުވަހު ޖމރ އަތުން މި ސަލާމަތްވީ.. އަނެއްކާ އަނެއްފަހަރު ... މީ ޔަގީނޭ އިންޑިއާ އަށް ފައިދާ ކޮށްދޭން ކުޅޭ ގޭމެއް ކަން.

    24
  19. Anonymous

    މިސަރުކާރު ވައްޓާލަން ވެއްޖެ. ދިވެހި ރައްޔިތުންވެސް ވިއްކަން ފަށާނެ ކަމާމެދު ޝައްކެއްނެތް. 10 ޑޮލަރަށް 40 އަހަރުން މަތީ ފިރިހެނެއް. 12 ޑޮލަރަށް އަންހެނެއް. 40 އަހަރުން ދަށުގެ ކޮންމެ މީހަކު 100 ޑޮލަރަށް ކިޔާފަ ސެލް އަޅުވާލުމަކީވެސް މިވެރިން ނުކުރާނެ ކަމެކޭ މިހާރު ނުބުނެވޭނެ.

    23
  20. އައްޑޫ މީހާ

    މި އޑޕ މިއީ މިގައުމަށް ޖެހިފަވާ ބޮޑު މުސީބާތެއް މިމީހުންނަށް މިގައުމު ހިންގަން ނޭގުނަސް ވެރިކަން ބޭނުންވޭ ގައުމު ހިންގަން ޖެހެނީ އިންޑިއާގެ ބާރުގައި މިބަލާވެރިކަމުން ދިވެހިރާއްޖެ ސަލާމަތްވާނެ ދުވަހެއް ދައްކަވާށި އާމީން

    24
  21. Anonymous

    މިގައުމުގެ އެއްވެސް މުދަލެއް ދިވެހިންގެ އަތުގައި އޮތުމަށް މިސަރުކާރުން ނޭދޭ.. ރައްޔިތުން ހޭއަރާ މި ގައްދާރު ފައްސާ ނަގާލަން އުޅޭނީ ކޮންދުވަހަކުންބާ؟ ރޮހިންޔާ ދަރިކޮޅުހެން ފޭލިގެތަކުގައި ދިވެހިން އުޅެން ޖެހުނީމަތަ؟

    19
    2
  22. Anonymous

    ކަލޭމެން ހިތުން ވެރިކަމުގައި ތިބެ ތިކުރާ ނުލަފާ ގައްދާރު އަމަލުތަކުން ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުން ކަލޭމެނަކަށް ނުލިބޭނެތަ؟ ކަލޭމެން ދިވެހި ގައުމު ވިއްކާލާފަ ފައިސާކޮޅު ހިފައިގެން ޔޫރަޕުގައި ދިރިއުޅުމަށް ހިނގައިދާނެ. އެކަމަކު ކަލޭމެންގެ އާއިލާގެ ކޮންމެވެސް ބަޔަކު މިތާ ތިބޭނެ.
    ގައުމަށް ހާދަ ގައްދާރު ލާދީނީ ބައެކޭ މިސަރުކާރުގައި މިތިބީ. ދިވެހިންގެ ތެރެއިން މިވެރިންނަށް ވޯޓްދިން މީހުން ލަދުހަޔާތް ހުރިއްޔާ ނުކުމެ މިބައިވަރުގަނޑު މިގައުމުން ފައްސާ ނަގާލަންވެއްޖެ މިހާރު.

    21
  23. ޙަފޯ

    ބޯ ހަލާކް، ލ ޔާ ﷲ މި ހިތާމަ (ވެރިކަން) އަވަހަށް ނިންމަވައިދެއްވަފާން ދޭވެ

    24
  24. ޢަލީ

    އަނެއް ކާ އަނެއް ކަންތައް ކޮންފަދަ ހިތާމަހުރި ކަންތައްތޯ މި ކުރަނީ، یا اللہ މިބައިމީހުންގެ ކިބައިން މިގައުމު ސަލާމަތް ކޮށް ދެއްވައިފާނދޭވެ.

    22
  25. ޏަމްޏަމް

    މުއޮތީ ބައި ނާޅި ބޮވިފައި ހައިރާން ބޮޑު ވެރިމީހާ އަވަހަށް ފައިބާ ކަލެއަށް މިްަުމުގެ ވައިގެ ސަރަހައްދާއި ކަނދު ނުވިއކޭނެ

    14
    1
  26. ރައްޔިތުމީހުން

    މިހާރު ދެން މީ ބޮޑު ވަރު..
    ހުރިހާ ރައްޔިތުން އެކ؛އްޗެއްކިޔާ މިކަންތައް ގަނޑު ހުއްޓުވަން ނުކުންނަންވީ..

    18
    1
  27. މިއުހާމް

    އަމިއްލަބޭނުމުގައި ފަހަށްވިސްނާނުލައި އަނެއްކާވެސް ރައްޔިތުންގެ އެންމެ މުހިންމުދޮރުތަކުގެ ތަޅުދަނޑިތައް ބަހަންފެށީ އުސޫލަށް ބަދަލުގެންނަން އެނގޭ ސަރުކާރެއް

    16
  28. ކާފަބޭ2020

    ކޮބާ މައުމޫނަށްފެނިވަޑައިގަންނަވާތޯ ޤައުމުހިންގަންފޮރިން އިންވެސްޓުު ގެންނަގޮތް ތިބޭފޅާގެކުރު 30 އަހަރުންވެސް މިވަރުގެކަމެއްކޮށްނުލެވުނީ ކޮންކަމެއްއޭރުފަހިވެފަނެތީމަތޯ؟ އަހަރަކު100 މިލިއަންޑޮލަރުފައިދާގެގޮތުގަދައްކާކުންފުނި 50 އަހަރަށްމިދޫކުރަނީ 5 މިލިއަންއިންވެސްޓުކުރާގޮތަށް ސަޅިއިންވެސްޓުމެންޓެއްނޫންތޯ؟

    12
    3
  29. ފޯކައިދޫ އިބްރާގެ ދަރި

    ޖަނަވާރުން ވެސް އެސޮރުމެންގެ ދަރިން ދެކެލޯބިވޭ މިއަދު މިފެންނަނީ އެސޮރުމެންނައްވުރެވެސް ދަށު ދަރަޖަޔައް އިންސާނުން ވެއްޓިގެންދާމަންޒަރު އެއީ އުމުރުރައް ޖަލައްވެސް ހުކުންކުރަނީ 25އއަހަރައް އެއަރޕޯޓެއް 50 އަހަރައް އެދެވެނީ ވިއްކާލެވެނީ މިހާރު މިކަން ކުރިމީހުން އެހާތަންއް ދުނިޔޭގެ އުޅެވޭނެކަމެއް ނޭންގޭ އެހެންވީމަ މީގެން މީހެއްގެ މާމަދަރިޔަކައްވެސް ނުލިބޭގޮތައް އެއަރޕޯޓްތައްވިއްކާލުމަކީ އަމިއްލަދަރިންދެކެވެސް ލޯބި ނުވާކަމުގެ އަލިގަދަ ހެއްކެއް ޒުވާނުން ވަޒީފާ އޭކިޔާފަ ބާރައް ޕޯޑްއަމްތަކުގައި ވޯޓްގެ ދުވަސްވަރރު ވާހަކަ ދައްކައިގެން ވޯ÷ޓް ހޯދައިގެން ވެރިކަމައް އައިސް ރައްޔިތުން އަޅުވެތި މިކުރަނީ ބޭރުބަޔެއްގެ ދަށުގައި މީއަގުވެއްޓޭ ކިޔައިގެން ކުއްވެރިވާ ގާނޫނު ތައް ހަދާކަމަކީ

    16
  30. ޑެޑުއހފޯސް

    ޥެރި ކަން ވައްޓާލަން ނި ކުންނަމާ

    20
  31. ބެޓެލް ޔަރްމޫކް

    ޥަރަށް ސާފް ..ވެރިކަން...ވައްޓާލަންވި

    21
  32. ޑެޑުއހ

    ވެރިކަން ..ވައްޓާލަން..ރެޑީތަ.

    21
  33. ޓްރާންސްފަރ މާކެޓް

    ސީދާ ..އިންޑިޔާގެ ..ކަމެއް. .އިންޑިޔާ ޔަށް ..ބައިޔަތު ..ހިފި ..ކތާއިން.ހަވަރައްލާންވީ

    14
  34. ނަސީ

    ވެރިކަން ކުރަން ނޭނގެނީ އާދޭސްކޮއްފަމިބުނަނީ ދެން ވެރިކަމުން ފާބާފައި ކަންރަގަޅައް ކުރަންއިގޭމީހަކާ ވެރިކަން ހަވާލުކޮބަލަ

    12
  35. މުހައްމަދު

    އެއަރ ޕޯޓްގައި ވާޖަހަ އިިދެމި މީހުން މިއަދު ސަ ކާރުގައި ތިބީ. ތިމާޖީބަށްލެވޭނަ އޯ ކޭ.

    12
  36. ސަރުދާރު

    ބލއއ. ކަލޭމެން ތީ ބައެއްގެ އަޅުންތަ؟ ރަނގަޅަށްވީޔާ މީ އިންޑިޔާ އިން ބޭނުން ވެގެން ކޮއްދޭ ކަމެއް، މިހާރުވެސް އެ ތެޅެނީ އިންޑިޔާގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓެއް އަޅަން ނިންމާއިރަށް އެކަމާ މަރުދަން ޖެހެނީ. ފުރަތަމަ ކަމަކަށް ބަލަންވީ އެމީހުންނަށް ވަނީ ކޮން ފައިދާ އެއްތޯދޯ؟ ރާއްޖޭގެ ކެބިނެޓުން ނަމަ މައްސަލައެއްނެތް. އެކަމަކު އެމީހުން ބޭނުންވާ ހުރިހާ ކަމެއް އެބަވޭ. މި އަންނަ އިންތިހާބަށް ވާއިރަށް ރާއްޖޭގެ ގިނަތަންތަނާ ކުންފުނިތަށް މެނޭޖު ކުރާނީ އިންޑިޔާގެ ކުމާަރު ތަށް

  37. ވަހީދުބެ

    ދިވެހިރާއްޖޭގެ ވެރިކަން މޑޕ އަށް ލިބިއްޖެނަމަ މިހުރިހާކަމެއް މިގޮތަށް އެމީހުން ކުރާނެކަމަށް ރައީސް ޔާމީން ތަކުރުކޮށް ވިދާޅުވަމުން ގެންދެވި. މިއަދު މިފެންނަނީ ދިވެހިރައްޔިތުން ވޯޓްދީގެން މޑޕ ވެރިކަމަށް ގެނައުމުން އޭގެ ހިތި ނަތީޖާ. ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާ ﷲ މިކުރިމަތިވަމުން އަންނަ މުސީބާތުން އަޅަމެން ސަލާމަތްކުރައްވާނދޭވެ. ސަރުކާރުން އަމަލުކުރަމުންދާގޮތުން މިއަދުމިވަނީ ދިވެހިޤައުމު ބޮޑުބިރުވެރިކަމަކާ ކުރިމަތިލާންޖެހިފަ.

  38. ޢަލީ

    ތި ވާނީ ވެސް ޔާމިން ކުރިކަމަކަށް އާޚިރުގަ. ސައުދީއަށް ފާފު އަތޮޅުތަަރައްޤީކުރަން ދޭތީ ޖެލަސްވެ ފިތުނަ ފަސާދަ އާއި ރުޅވެރިކަމާއި ފޫނުބެއްދޭ ބޮޑެތި ދޮގުތައް ހަދަމުން ރައްޔިތުންނަށް ބޭރުގައުމުތަކަށް ޔާމީނު. މިގައުމު ވިއްކާހުސް ކޮއްފިއޭ ކިޔާގެން ދުވުނު ކަންމަތީ

  39. ސލ

    2023 ގައި އަންނަ ސަރު ކާރުން ތިޔަ އެގްރީމަންޓްތައް
    ފުށުން ޖަހާނެއެވެ އަދި މިސަރު ކާރުން ހާވާފައިވާ ހަޑި ތައް ފުހެލައި ރާއްޖެ ހަމަ މަގަށް އަޅުވާނެއެވެ ބޭނުންވަނީ
    ނު ކުކުޅުދޭ ސަރު ކާރު ވީހާ އަވަހަ ކަށް ބަދަލު ކުރުމެވެ.

  40. މުގުރާން

    މިހާ ފާޅު ކަން ބޮޑުގޮތެއްގައި ގައުމަށް ގައްދާރުވަމުންދާއިރު މާތްﷲ ގަންދީ ހުވާ ކޮށްގެން އެ ކި މުއައްސަސާ ތަ ކުގައި ތިއްބެވި ބޭފުޅުން މދީއާއި ޖައްސަވައިގެން ގައުމު ފަރިއް ކުޅު ވަނީ ؟؟؟ އޭއި އޯއި ގައުމުގެ ދަރިންނޯއި މިހިރަގެން ގެއްލެނިއްޔޯއި ........މަރިޔަނބުވެސް ، ކަތިވަޅިވެސް........

  41. މާމީ

    މިމަހު 27 ގަ އެދަނީ ހުރިހާ ކަމެއް ނިއްމާ ސޮއިކުރަން އަދިވެސް އަތް ޖަހާލަ ޖަހާލާ ތިބޭ.

  42. ފާޠިމަތު އަނގަބޮޑު

    އަޅުވެތިކަމަށް އެޅުނު ރަނގަޅު ބިންގަލެއް! ދެރަވޭ ވޯޓްދެވުނީތީ

  43. އިބޫ ހޯލިސް

    ކުދިންނޭ ބުނަން ވާހަކައެއް
    ސަރުކާރަކުން ކުރާނެ އެންމެ 'ގަޅި' ކަންތައް މިއުޅެނީ ކުރަން. 5 އަހަރުން 5 މިލިއަން ޑޮލަރު. މީ އޮޅުވާލުމެއް. ރަނގަޅުގޮތަކީ 50 އަހަރައް 5 މިލިއަން ޑޮލަރު. އެއަރޕޯޓަކަށް ބަލާނަމަ މީ ވަރަށްވެސް ކުޑަ އިންވެސްޓްމެންޓެއް. ގްލައިޑް ޕާތު، އެއަރ ޓްރެފިކް ކޮންޓްރޯލް ރާޑަރ، ގްރައުންޑް ހޭންޑްލިން ސިސްޓަމެއް އެއްކޮށްލީމާ 5 މިލިއަން ޑޮލަރު އެބަ އަރާ. މިއައްްް ކިޔަނީ ނުއަގުގައި ގައުމު ވިއްކާލުން

  44. އިބޫ ހޯލިސް

    ހަމަ ކޮންމެ އެއަރ ޕޯޓެއްވެސް ދޭނީ 5 މިލިއަން ޑޮލަރައްތަ. ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުވެސް ދެވޭނެ ދޯ އެހެން ވީމަ އެއަގަށް

  45. ކައުންސެލަރު

    ދެން ރައްޔިތުން މިކަމާ ދެކޮޅަށް އަޑު އުފުލަން ފެށީމާ ބުނާނެ ނަފްރަތު އުފައްދަނީއޭ.
    މިދެން ކިހާބޮޑުބަލާއެއް. ވެރިކަން ކުރަން ނޭނގެންޏާ އެނގޭ މީހަކަށް ހަވާލުކޮށްފައި ފައިބައިގެން އައިތަނަކަށް ރައްކާވާން ވެއްޖެއެންނު. ދިވެހިން ނިކަމެތި ވެގެންދާނީ ދެން މިހާވަރަށް.

  46. ހުސްކުރާސޭލް

    ކުރަންމިއުޅޭކަންތައްވަރަށްސާފު.. އިންޑިއާއަށް ދިވެހިރާއްޖެވިއްކާހުސްކުރަނީ. ހީވާކަހަލަ އިންޑިއާބާޒާރުގާ
    ދިވެހިރާއްޖެއޮތީސޭލްއަޅުވާފަހެން ؟؟

  47. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރަށްދޭ

    އޯގާތެރިން ކުރާކަންކަން އޯކޭވާނެ މި ދުވަސްމީ ދިވެހިން ބޭނުންވެގެން ހޯ ދިގޮތް ވ ސަލާން އަނގަނުތަޅާ މަޑުންތިބޭ

  48. ވިސްނާ

    ރާއްޖޭގެ އެއާރޕޯޓްތައް ހިންގުންރަގަޅަނީ ރާއްޖޭގެފަރާތެއް ރާއްޖޭގައިއެފަދަތަނެއްހިންުގުމުގެ
    ގާބިލްކަންހުރިފަރާތެއްނެތީތޯ ނޫނީ ސަރުކާރުގައިވެސް ގާބިލްކަމެއްނެތީތޯ ބްރިގޭޑިއާ ޑީޑީ
    ވިދާޅުވެލައްވަނީމިކަމުގައި އަހަރެމެންވެސް ދެކޭގޮތަށް ( ތަޖުރިބާއާ ތަޢުލީމާ ، ގާބިލްކަމުގެ
    ގޮތުންވެސް ޑީޑީމެން މާކުޅަދާނެވާނެ ) އެއާޕޯޓްތައް ބޭރުގެ ކުންފުނިތަކަށްދިނުމަކީ ގައުމީ
    ސަލާމަތަށްއޮތް ނުރައްކަލެއް މިހެންވުމަކަށް ނޭދެން އެއީ މިޝުޢޫރު ހިތުަގައި ތާއަބަދު ހިގާތީ
    ،، ދިވެހިބިންމީ އުފަންމަގޭބިން ލެވުނުފުރަތަމަނޭވާމަގޭބިން އެބިމަކަށްއެދި އެންމެފަހުގެވިންދާ
    ނޭވާދޫކޮށްލަދޭނޭ މަގޭބިން ،، ނަމަވެސްމިއީ އެއްބަސްވުމެއްދަށުން ހިގާކަމަކަށްވެދާނެ އަމިއްލަ
    އެދުމެއްނެތި ދިވެހިލޭދައުރުވާ ދިވެއްސަކު ޤައުމީ ސަލާމަަތަށް ނުރައްކަލެއްވުމަކަށް ނޭދޭނެ ސަރުކާރު ހިންގުމުގެ ގާބިލްކަން ނެތްނަމަ ބޭރުގެ ކުންފުނިތަކަށް ސަރުކާރުހިންގުންވެސް ދޭންވީތޯ ؟ އެހެންކަމަށްވާނަމަ ގައުމީ ސަލާމަތަށް ނުރައްކާނުކޮށް ގާބިލަފަރާތަކާ އަވަހަށް ހަވާލްކުރައްވާ މީގެކުރިން އެއާޕޯޓެއް ހިންގުން އިންޑިއާއަށްދިނުމުންވީގޮތްވިސްނަވާލައްވާ ރައްކާވެތިބިއްޔާ ދަތުރޭ ބުނެވޭ