އޮމާންގެ އެންމެ ބޮޑު ސިމެންތި ކުންފުނި ކަމަށްވާ ރޭސުތް ސިމެންޓް ކޮމްޕެނީ (އާރުސީސީ) އާއި އެސްޓީއޯ ގުޅިގެން ވިއްކަމުން އަންނަ ރޭސުތު ސިމެންތި ބޭނުން ކުރާ މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 55 އިންސަައްތަ އިތުރުވެއްޖެއެވެ.

އާރުސީސީން ބުނެފައިވަނީ ގޮތުގައި ކޮވިޑް-19ގެ ހާލަތުގައި ވެސް ފުރަތަމަ ކުއާޓާގައި 55 އިންސައްތަ ސިމެންތި ވިކިފައިވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ ބަޔަކު މަސައްކަތްކޮށް، އިމާރާތްތައް އަޅަމުން އަންނާތީއެވެ.

އާރުސީސީން ބުނީ، އެކުންފުނިން ރާއްޖެއަށް އެތެރެ ކުރަމުން އަންނަ ސިމެންތި އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއަހަރުގެ ޖެނުއަރީ އާއި އޭޕްރިލް މަހުގެ ތެރޭގައި ރިކޯޑް އަދަދަކަށް ސިމެންތި ވިއްކާ ލެވިފައިވާ ކަމަށެވެ.

އެގޮތުން އޭޕްރިލް މަހުގެ ތެރޭގައި އެކުންފުނިން މީގެ ކުރިން ހަދާފައިވާ ރިކޯޑު މުގުރާލައި 17,000 މެޓްރިކް ޓަނުގެ ސިމެންތި ރާއްޖެ އެތެރެ ކުރެވިފައިވާ ކަމަށްވެއެވެ. މީގެ ކުރިން އެ ރިކޯޑަކީ 14600 މެޓްރިކް ޓަނާ އެކީ މިއަހަރުގެ ޖެނުއަރީގައި ހަދާފައިވާ ރިކޯޑެކެވެ.

ކޮވިޑްގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެއްވެސް ކަހަލަ އަޒުމެއް ބަދަލު ނުކޮށް އަދިވެސް ކާމިޔާބު ކަމާއި އެކީ ކުރެވެމުން އަންނަ ކަމަށް ސީއީއޯ ޖޯ ގޫސް ބުންޏެވެ.

ސިމެންތި އުފެއްދުމުގެ ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯދާފައިވާ އާރުސީސީއަށް މިހާރު ވަނީ ސީއީ އަދި އެންއެފް ސެޓިފިކޭޓް ވެސް ލިބިފައެވެ. މި ސެޓިފިކޭޓަކީ އީޔޫގެ މިންގަނޑަށް އެ ކުންފުނިން ސިމެންތި އުފައްދަމުން އަންނާތީ ލިބިފައިވާ ދެ ސެޓިފިކޭޓެކެވެ.

މި ސެޓްފިކޭޓްގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން އަށް މުދާ އެތެރެ ކުރުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށާއި އެ ފަސޭހަތަކާއި އެކީ ރާއްޖެއަށް ވެސް އެކަމުގެ ފައިދާ ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާރުސީސީން ކޮންމެ އަހަރެއްގެ މައްޗަށް ރާއްޖެއަށް 80،000 މެޓްރިކް ޓަނުގެ ސިމެންތް އަންނަނީ އެތެރެ ކުރަމުންނެވެ.

އެ ކުންފުނީގައި ހަ މިލިއަން މެޓްރިކް ޓަނުގެ ސިމެންތި ރައްކާކުރެވޭނެ ޖާގަ މިވަގުތު ހުރިއިރު، ކުންފުނިން ވަނީ އަންނަ އަހަރާ ދިމާކޮށް ޖާގަ އިތުރަށް ފުޅާ ކުރުމަށް ނިންމައިފައެވެ. އެގޮތުން 22 މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު