ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ޑެޓް ޝައުބް ބްރޭންޑްގެ ފްރޯޒަން ވެޖިޓަބަލްސް އަކީ ރާއްޖޭގެ ރިސޯޓް މާކެޓްގައި ވަރަށް މަޤްބޫލް ޕްރޮޑަކްޓް ތަކެކެވެ. މިހާރު އެކުންފުނިން ވަނީ ފްރޯޒަން ވެޖިޓަބަލްސްގެ ކުދި ޕެކެޓް އެތެރެކޮށް ވިއްކަން ފަށާފައެވެ.

ބެލްޖިއަމްގެ އުފެއްދުމެއް ކަމަށްވާ ޑެޓް ޝައުބް ބްރޭންޑްގެ ފްރޯޒަން ބްރޮކޮލީ ސްޕިއަރސް، ކޯލީފްލާވަރ، ގްރީން ޕީސް، ސްވީޓް ކޯން އަދި މިކްސްޑް ވެޖިޓަބަލްސްގެ 450 ގ ޕެކެޓް މިހާރު ހެޕީމާކެޓްގެ ހުރިހާ ފިހާރަތަކަކުންވެސް ލިބިލައްވާނެއެވެ. މިބްރޭންޑްގެ ފިނިކުރި ތަރުކާރީ އަކީ ހާވެސްޓްކުރާތާ މަދު ގަޑިކޮޅެއްގެ ތެރޭގައި، ތަރުކާރީގެ ތާޒާކަން ދަމަހައްޓަން ފްލޭޝް ފްރީޒް ނުވަތަ ވަރަށް ދަށް ޓެމްޕަރޭޗަރ އެއްގައި މަދު ގަޑިކޮޅެއްގެ ތެރޭގައި ގަނޑުކޮށް ޕެކެޓް ކުރެވޭ ތަރުކާރީތަކެކެވެ.

ޑެޓް ޝައުބް ފްރޯޒަން މިކްސް ވެޖިޓަބަލްސް ބޭނުން ކޮށްގެން މަދު ގަޑިކޮޅެއްގެ ތެރޭގައި މީރު ފްރައިޑް ރައިސްއެއް ތައްޔާރު ކޮށްލެވޭނެއެވެ. ޑައިޓް ކުރައްވާ ބޭފުޅުން، ގްރިލްޑް ޗިކަން، ބީފް ސްޓޭކް ނުވަތަ ފިހުނު މަހާއި އެކީ ކެއުމަށް، ބްރޮކޮލީ އަދި ކޯލީފްލާވަރ އެއަރ ފްރަޔަރގައި ފްރައިކޮށްލައިގެން އަވަސް އަދި ނިއުޓްރިއަންސް ގިނަ ޑިޝްއެއް ތައްޔާރުކޮށްލެވޭނެއެވެ.

ފައިބަރ އަދި ހަށިގަނޑަށް ފައިދާ ހުރި އެތައްމާއްދާތަކެއް ހުންނަ ތަރުކާރީގެ ބާވަތްތައް އަޅުގަނޑުމެން ކެއުމަކީ މުހިއްމު ކަމެކެވެ. އެހެން ކަމުން ކެއުމުގެ ގަޑިތަކުގައި ތަރުކާރީ ގިނައިން ކެއުން އިޙްތިޔާރުކޮށް ޑެޓް ޝައުބް ބްރޭންޑް ހީޔާރު ކުރުން ފައިދާ ވާނެއެވެ. ބޭނުންވާ ވަރަށް ތަރުކާރީ ތައްޔާރުކުރަން ނެގުމަށްފަހުގައި ކްލިޕްއެއް ޖަހާއި، ފްރިޖްގެ ގަނޑުކުރާބަޔަށް ލާފައި ގިނަ ދުވަހު ބޭނުންކުރެވޭނެއެވެ.

ޑެޓް ޝައުބްގެ ފްރޯޒަން ވެޖިޓަބަލްސްގެ 2.5 ކިލޯ ޕެކެޓް އާއި 450 ގ ޕެކެޓްގެ އިތުރުން މި ބްރޭންޑްގެ ފްރެންޗް ފަރައިސް އަދި ޕޮޓޭޓޯ ވެޖްވެސް ލިބެން ހުރެއެވެ.