ރާއްޖެއަށް އެންމެ ފަހުގެ ފޯންތަކާއި، އަދި އެނޫންވެސް ފަހުގެ އިލެކްޓްރޯނިކް ސާމާނު ތައާރަފް ކުރަމުން އަންނަ ބެސްޓް ބައި މޯބައިލްއިން ވަން ޕްލަަސްގެ އެންމެ ފަހުގެ ފޯންތަކާއި، ވަން ޕްލަސްގެ އެންމެ ފަހުގެ ގަޑި ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ވަން ޕްލަސް އަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވާ ބްރޭންޑެކެވެ. މި ބްރޭންޑްގެ ފޯންތަކާއި ގަޑި ދިވެހިންނަށް ވަރަށް ކަމުދެއެވެ.

އެގޮތުން ބެސްޓްބައި ފިހާރައިގައި މިހާރުވެސް އެ ބްރޭންޑްގެ އެންމެ ފަހުގެ ފޯންތައް ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި ވަން ޕްލަސް ނޯޑް ސީއީ 5ޖީ ހިމެނެއެވެ.

މީގެ އިތުރުން، ވަން ޕްލަސްގެ އެންމެ ފަހުގެ ވޮޗްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ.

ވަން ޕްލަސް ވޮޗް ބެސްޓް ބައިއިން ވިއްކާ އަގަކީ 3800 ރުފިޔާ އެވެ. މިއީ ކަސްރަތަަށް ނުކުންނައިރު، އެޅުމަށްވެސް ހާއްސަ ގަޑިއެކެވެ. އަދި މިއީ ފެނާއި ހިރަފުސްވެސް ނޭޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އެންމެންނަށްވެސް ވަރަށް ގަޔާވާ ގޮތަކަށް ފަރުމާކޮށްފައިވާ ގަޑިއެކެވެ.

މީގެ އިތުރުން، ބެސްޓް ބައިއިން ވަނީ ސެމްސަންގގެ އެންމެެ ފަހުގެ ފޯން، ކަމަަށްވާ އޭ22 5ޖީ އާއި އޭގެ އިތުރުން، ޕީއެސްގެ އެންމެ ފަހުގެ ގޭމް ސީޑީވެސް އެ ފިހާރައިން ލިބޭނެ ގޮތް ހަމަޖައްސާފައެވެ.

ބެސްޓް ބައި މޯބައިލްއަކީ އެންމެ ފަހުގެ ބްރޭންޑެޑް ފޯނާއި އެނޫންވެސް ފޯނާއި ގުޅުން ހުރި އެސެސަރީޒްތައް ލިބެން ހުންނަ ފިހާރައެކެވެ.

އެ ކުންފުނީގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.