ކުރިއަށް އޮތް ފިތުރު އީދާއި ދިމާކޮށް ބެސްޓް ބައި މޯބައިލް އިން ޕީއެސް5 ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

ބެސްޓްބައި މޯބައިލް އަކީ އަބަދުވެސް އެކި މުނާސަބަތްތަކާއި ދިމާކޮށް، އެ ފިހާރައިން އެންމެ ޑިމާންޑް ބޮޑު ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ދެމުން އަންނަ ބައެކެވެ.

މިފަހަރު މި އޮތީ އީދާއި ދިމާކޮށް ޑިސްކައުންޓް ލިބޭނެ ފުރުސަތެއް ހުޅުވާލައިފައެވެ.

އެގޮތުން މި އީދުގައި ޕީއެސް5ގެ ޑިސްކް ވާޝަން އެ ފިހާރައިން 9،499ރ. އަށް ލިބޭނެ އެވެ. އަދި ޕީއެސް5 ބަންޑްލް ޕެކޭޖް (ޕީއެސް5+ އިތުރު ޖޯއިސްޓިކް) އެއް 10،700ރ. އަށް އެ ފިހާރައިން ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން ޕީއެސް5 ބަންޑްލް ޕެކޭޖް (ޕީއެސް5+ އިތުރު ޖޯއިސްޓިކް+ ފީފާ23) 11،700ރ. އަށް އެ ފިހާރައިން ލިބޭނެއެވެ.

އެހެންކަމުން މިއީ އީދަށް މީހަކަށް ހަދިޔާއެއް ދިނުމަށް ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ.

ބެސްޓް ބައި މޯބައިލް ފިހާރައިން ޕީއެސް5 ގަންނަނ ބޭނުންވާ ފަރާތްތަކަށް އިންސްޓޯލްމެންޓް ފުރުސަތުވެސް އޮންނާނެއެވެ. އެގޮތުން ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް އެ ފިހާރައިން ޕީއެސް5 ނެގޭނެއެވެ.

ބެސްޓް ބައި މޯބައިލްއިން މާލޭގައި ދެ ފިހާރައެއް ހިންގަމުންދެއެވެ. އެއީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތީގެ ހުންނަ ބެސްޓް ބައި މޯބައިލްގެ ފިހާރަ އާއި މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައި ހުންނަ ފިހާރައެވެ.