ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބެސްޓް ބައި މޯބައިލް އިން ފީފާ 23 އައި ގޯ ޕްރޯ ހީރޯ 11 ވިއްކަން ފަށައިފިއެވެ.

އަބަދުވެސް އެންމެ ފަހުގެ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ގެނެސް، ރާއްޖޭގެ އެންމެ ހެޔޮ އަގުގައި ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލް އިން މިފަހަރު ފީފާ 23ގެ އިތުރުން، ގޯޕްރޯ ހީރޯ 11 އާއި އެންމެ ފަހުގެ އަައިފޯން 14 ސީރީޒްގެ ފޯންތައް ވަނީ ވިއްކަން ފަށައިފައެވެ.

ފީފާ 23 ބާޒާރަށް ނެރެފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން ޕީއެސް5/ޕީއެސް4 އަށް ހާއްސަ ފީފާ ގޭމް ސީޑީ މިހާރު ބެސްޓް ބައި މޯބައިލް އިން ލިބެން ހުންނާނެއެވެ.

ޕީއެސް5 ފީފާ 23 ސީޑީގެ އަގަކީ 1،350ރ އެވެ. އަދި ޕީއެސް4 ފީފާ 23 ސީޑީ 1،275ރ އެވެ.

އޭގެ އިތުރުން ބެސްޓް ބައި މޯބައިލްއަށް ވަނީ މި އަހަރުގެ އެންމެ ފަހުގެ ގޯޕްރޯ ހީރޯ 11 10،500ރ އަށް ވިއްކަން ފަށައިފިއެވެ.

ބެސްޓް ބައި މޯބައިލް އިން ބުނީ، އެ ކުންފުނިން ރާއްޖެއަށް އައިފޯން 14 ސީރީޒްގެ ދެ ވަނަ ޝީޕްމެންޓް ގެނެސްފައިވާ ކަަމަށެވެ. އަދި އެ ކުންފުނިން ވިއްކަމުން ދަނީ ސިމް ސަޕޯޓް ކުރާ އިންޓަނޭޝަނަލް މޮޑެލްކަން ފާހަގަކޮށްފައި ވެއެވެ. އަދި އެ ފިހާރައިން ވިއްކާ އައިފޯންތަކަށް އެއް އަހަރު ދުވެހުގެ އެޕަލް ވޮރެންޓީ ލިބޭއިރު، ލޯކަލް ވޮރެންޓީ ފޯކަސް ކޮމްޕިއުޓަރ އިން ލިބޭނެއެވެ.

ބެސްޓް ބައި މޯބައިލް އަކީ ސިންގަޕޫރު އެޕަލް އާއި އެކު އެޕަލްގެ އޮފިޝަލް ރީސެލަރއެކެވެ.

އެ ފިހާރައިން ލިބެން ހުރި އެޕަލް 14ގެ ފޯންތަކުގެ އަގުތަކަށް ބަލާއިރު،

އައިފޯން 14 128ޖީބީ 17،499ރ

އައިފޯން 14 ޕްރޯ 128ޖީބީ 22،499ރ

އައިފޯން 14 ޕްރޯ 256ޖީބީ 24،899ރ

އައިފޯން 14 ޕްރޯ މެކްސް 128ޖީބީ 24،899ރ

އައިފޯން 14 ޕްރޯ މެކްސް 256ޖީބީ 27،199ރ

ބެސްޓް ބައި މޯބައިލް އިން ބުނީ އައިފޯންގެ 14 ސީރީޒްގެ ފޯންތައް ކޮންމެ ހަފްތާއަކުވެސް އެ ފިހާރައިން ގެންނައިރު، ޕްރި އޯޑަރަށް ކޮންމެ ހަފްތާއަކުވެސް ހުޅުވާލާނެ ކަމަށެވެ.

އަދި އެ ފިހާރައަކީ ރައްޖެއިން އައިފޯން 14 އެންމެ ހެޔޮ އަގުގައި ވޮރެންޓީއާއެކު ލިބޭ ފިހަރަކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ފިހާރައިން އެޕަލްގެ ފޯންތަކުގެ އިތުރުން، އައިފޯން 14 ސީރީޒްގެ ކަވަރާއި، ސްކްރީން ޕްރޮޓެކްޓާ އާއި 20 ވޯލްޓްގެ އެޑަޕްޓަރ ލިބެން ހުންނާނެ އެވެ.