އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ޚާއްސަ ޕްރޮމޯޝަނެއްފަށައިފިއެވެ.

އިއްޔެއިން ނޮވެމްބަރު މަހުގެ ފަނަރައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އެއްހާސް ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ޚާއްސަ ގިފްޓް ހެމްޕަރއެކެވެ.

އެސްޓީއޯއިންވަނީ ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރ ޕެކެޓް ވިއްކަމުންއައި އަގުވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފައެވެ.

އެގޮތުން ފުލްކްރީމް އެއް ލީޓަރ ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު ދެ ޕެކެޓް ނަންގަވާނަމަ 40 ރުފިޔާއަށް ދެ ޕެކެޓް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު