މާލޭގައި ކެފޭ ހަނީކޮމްބްގެ ނަމުގައި އާ ރެސްޓޯރެންޓެއް ހުޅުވައި، ދެ މީހަކަށް ދުބާއީއަށް ދެވޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޖުލައި މަހުގެ އެއް ވަނަ ދުވަހު އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ކުރިމަތީ ހުންނަ އިތާ ގޯޅި (އެންދެރި މާ ގޯޅީ)ގައި ހުޅުވި މި ރެސްޓޯރެންޓަކީ ހުރިހާ އެންމެނަށް ވެސް ހާއްސަ ރެސްޓޯރެންޓެކެވެ. ހޮޓާތަކުގެ ކެއުންތައް ތަޖުރިބާކޮށްލަން ނުވަތަ އެންމެ މަތީ ފެންވަރުގެ ރެސްޓޯރެންޓްތަކާއި އެއްފެންވަރުގެ ކެއުންތައް ތަޖުރިބާ ކޮށްލެވޭ ގޮތައް ރެސްޓޯރެންޓް ވަނީ ތައްޔާރު ކުރެވިފައެވެ.

ރެސްޓޯރެންޓްގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަޖެޓް ކަސްޓަމަރުންނަށެވެ. އެ ފަންގިފިލާއިން ހޮޓާ ތަކުން ލިބޭ ކެއުންތަކާއި ބުއިންތަކެއް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ލިބޭއިރު، ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ސްޓޭންޑާޑް ކަސްޓަމަރުންނަށެވެ.

ހަނީކޮމްބް ރެެސްޓޯރެންޓްގެ ވެއިޓަރެއް، ކަސްޓަމަރެއްގެ އޯޑަރު ނަގަނީ

ޒުވާން އަންހެން ވިޔަފާރިވެރިޔާ އައިޝަތު ރީނާގެ ބެލުމުގެ ދަށުން އޭނާގެ ބޮޑުބޭބެ މުހައްމަދު ޔޫސުފް ހިންގަމުންދާ މި ރެސްޓޯރެންޓުން ތަފާތު އެތައް ބާވަތެއްގެ ކެއުމާއި، ބުއިންތައް ލިބެން ހުންނާނެއެވެ. ކަސްޓަމަރުންނަށް ހިތްހަމަ ޖެހިލައިގެން އަރާމުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށާއި، ރައްޓެހިން ނޫނީ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން މި ރެސްޓޯރެންޓް މިއީ އެންމެ ކަމުދާނެ ރެސްޓޯރެންޓަށް ވާނެއެވެ.

މި ރެސްޓޯރެންޓުން މިހާރުވެސް މާލޭގެ ގިނަ ރެސްޓޯރެންޓްތަކުން ލިބޭ ހުރިހާ ބާވަތްތަކުގެ ކެއުންތަކާއި، ބުއިންތައް ލިބެން ހުންނައިރު، މުސްތަގްބަލުގައި އާ އެތައް ވެރައިޓީސްތަކުގެ ކެއުންތަކާއި ބުއިންތައް ލިބެން ހުންނާނެއެވެ.

ހަނީކޮމްބް ރެސްޓޯރެންޓްގެ ބޭރު ފެންނަ ފޮޓޯއެއް

އެއްފަހަރާ 30-35 މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ އޮންނަ މި ރެސްޓޯރެންޓުން މިހާރު ވަނީ ދެ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެއީ ނަސީބުވެރިޔާއަށް އިތުރު މީހަކު ގޮވައިގެން ދުބާއީއަށް ދެވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނާކައި، ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ ފައިސާ އިނާމު ލިބޭ ޕްރޮމޯޝަނެކެވެ.

އޮގަސްޓް އެއް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އިތުރު މީހަކު ގޮވައިގެން ދުބާއީއަށް ދިއުމުގެ ފުރުސަތު ލިބޭނީ 99 ރުފިޔާއިން މަތިން ހަރަދުކޮށްގެން ލިބޭ ކޫޕަން ފުރާފައި ލުމުން، އެ އެންމެންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ނަސީބުވެރިޔާއަށެވެ. އަދި އެ އެންމެންގެ މެދުގައި ގުރުއަތު ނަގައިގެން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ ފައިސާ އިނާމު ލިބިގެން ދާނެއެވެ.

ރެސްޓޯރެންޓްގެ ފަރާތުން ވާހަކަދެއްކި މުހައްމަދު ޔޫސުފް ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށްގެންދަނީ އެޗްއެސްސީ ޔޫރޯ (ބާ2000)ގެ ފަރާތުންނާއި އިނާ މޯލްޑިވްސް (ފްލައި ދުބާއީ) ގެ އިތުރުން، ޑީސައިން ޕްރިންޓާސް، ވަގުތު، އާއި ހުރިހާ ނޫހުގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މާލޭގައި އަލަށް ހުޅުވި ހަނީކޮމްބް ރެސްޓޯރެންޓްގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިލައިގެން

މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނާއި މެނޭޖްމެންޓާއި ދެމެދު ގާތް ގުޅުމެއް ބާއްވާ އެ ގުޅުން އެގޮތުގައި ދެމެހެއްޓުން ކަމަށް މުހައްމަދު ޔޫސުފް ވިދާޅުވިއެވެ.