ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ތައާރަފްކޮށް ވިއްކާ ޗޮކޯބްލާސްޓް ހއ. މުރައިދޫގައި ވިއްކަން ފަށައިފިއެވެ.

މުރައިދޫގައި ޗޮކޯބްލާސްޓް ލިބޭނީ ސުޕާ ގެސޮލިން ފިހާރައިންނެވެ. އެ ފިހާރައިގެ ނަމްބަރަކީ 9668822 އެވެ.

ލިބޭ އިން އަންނަނީ ޗޮކޯބަލާސްޓްގެ ތިން ސައިޒެއް (ސްމޯލް އަދި މީޑިއަމް، ލާޖް) ކަޕް ވިއްކަމުންނެވެ.

ޗޮކޯބްލާސްޓް އަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެން ގޮސްފައެވެ.

ޗޮކޯބްލާސްޓް މާލެ އިން ގަންނަން ބޭނުންވާ ފަރާތްތަކަށް 9759452 އަށް ގުޅުމުން ލިބޭނެއެވެ. އަދި މިއުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ވެސް 9759452 އިން ލިބޭނެއެވެ.

ލިބޭ އިން ހއ.ދިއްދޫ އާއި ހއ. ބާރަށް، ހއ. ފިއްލަދޫ ކ.ކާށިދޫ އާއި މާލޭގައި ވެސް ޗޮކޯބްލާސްޓް ވިއްކަމުން ދެއެވެ.

ލިބޭއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ޗޮކޯބްލާސްޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.