ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ތައާރަފްކޮށް ވިއްކާ ޗޮކޯބްލާސްޓް އައްޑޫ ސިޓީ ހިތަދޫގެ ހަތަރު ފިހާރައަކުން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޗޮކޯބްލާސްޓް މިހާރު ހިތަދޫ ރޯޔަލް ޕާލް ޝޮޕް، މަލްޓި ސުޕާމާޓް، އާގަލާ އެގްރޯ، ކްލެސީ މިސީ ލިބޭނެ ކަމަށެވެ.

ލިބޭ އިން އަންނަނީ ޗޮކޯބަލާސްޓްގެ ތިން ސައިޒެއް (ސްމޯލް އަދި މީޑިއަމް، ލާޖް) ކަޕް ވިއްކަމުންނެވެ.

ޗޮކޯބްލާސްޓް އަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެން ގޮސްފައެވެ.

ޗޮކޯބްލާސްޓް މާލެ އިން ގަންނަން ބޭނުންވާ ފަރާތްތަކަށް 9759452 އަށް ގުޅުމުން ލިބޭނެއެވެ. އަދި މިއުފެއްދުމާއި ގުޅޭ އިތުރު މައުލޫމާތު ވެސް 9759452 އިން ލިބޭނެއެވެ.

"ލިބޭ" އިން އައްޑޫ ސިޓީ އާއި، ހދ.ކުޅުދުއްފުށި، އދ.މާމިގިލި، ހއ.ދިއްދޫ، ހއ. ބާރަށް، ހއ. ފިއްލަދޫ، ހއ.މުރައިދޫ، ހއ.މޮޅަދޫ، ކ.ކާށިދޫ، ރ. ދުވާފަރު އާއި މާލޭގެ އިހުސާން ފިހާރަ، 2،1 އަދި 3، މިނިމީގެ އިތުރުން ހުޅުމާލޭ ފަހި ޕްލާޒާގައި ވެސް ޗޮކޯބްލާސްޓް ވިއްކަމުން ދެއެވެ.

ލިބޭއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ޗޮކޯބްލާސްޓްލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.