ވިޔަފާރިތަކުގައި ބޭނުންކުރާ މުހިންމު ޑާޓާތަކާއި ސިސްޓަމްތައް ރައްކާތެރިގޮތުގައި ބޭނުންކުރުމަށް ފަސޭހަކުރުމަށް ދިރާގުން ކްލައުޑް ޔުނިފައިޑް ތްރެޓް މެނޭގްމެންޓް (ޔޫޓީއެމް) ތައާރަފް ކޮށްފި އެވެ.

ދިދާގުން ބުނީ ކްލައުޑް ޔޫޓީއެމްގެ އެހީގައި ޓްރެފިކް އެނަލައިޒްކޮށް ބޭނުން ކުރެވޭ މިންވަރު ވަގުތުން މެނޭޖްކުރެވޭނެ ކަމަށެވެ. ގެސްޓް ހައުސް، ހޮޓެލްސް، ކުޑަ އަދި މެދުފަންތީގެ ވިޔަފާރިތަކުގައިވެސް ބޭނުންކުރެވޭނެ ގޮތަށް ހަދާފައިވާ މި ސެކިއުރިޓީ ސިސްޓަމްގެ ދަށުން ދިރާގު ބިޒް ފައިބަރ ބްރޯޑްބެންޑް ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ރައްކާތެރިކަން ލިބިގެން ދާނެ އެވެ.

ގިނަ ވިޔަފާރިތަކުގައި ބޭނުންކުރާ ވައިފައި އަށް ތަފާތު އެކި ވައްތަރުގެ ސައިބާ ނުރައްކަލާއި ދިމާވާއިރު އެކި އެޕްލިކޭޝަން ބޭނުން ކުރުމުން މިފަދަ ނުރައްކަލުން އަރައިގަތުމަށް އުނދަގޫވާއިރު ދިރާގުން ތައާރަފް ކުރި ކްލައުޑް ޔޫޓީއެމްގެ އެހީގައި އެކައްޗަކުން ހުރިހާ ކަމަކަށް ހައްލުލިބިގެން ދާނެއެވެ.

ޔޫޓީއެމްގެ އެހީގައި ގެސްޓް ޕޯޓަލް އަދި ބްރޭޑްކޮށްފައިވާ ގެސްޓް ލޮގިން ޕޭޖް ހެދުމާއި އެ ތަނަކުން ބޭނުންވާ ގޮތަކަށް ގެސްޓުންނަށް ތަފާތު ޕެކޭޖުތައް ފަރުމާ ކުރުމަށް އެހީތެރިވެވޭނެއެވެ. އަދި މީގެ ސަބަބުން ފަސޭހަކަމާއެކު އެކްސެސް ކޯޑު ޖެނެރޭޓް ކުރެވޭނެއެވެ.

މި ސިސްޓަމްގެ ސަބަބުން ވައިފައި ބޭނުންކުރާ ފަރާތްތައް ވަގުތުން ބަލާލުމުގެ ގާބިލްކަން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު