ލެކްނޯ ހިކިކިރަށް ހާއްސަކޮށް އެމްޔޫ ސްޓޯރުން ފެށި ޕްރޮމޯޝަންގެ ސެޕްޓެމްބަރު މަހުގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަނައަކީ އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދާ ހަތަރު މަހުގެ ޕްރޮމޯޝަނެކެވެ. ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާއިރު، މި ޕްރޮމޯޝަންގެ ބައިވެރިވެގެން ތެރެއިން ގުރުއަތުން އެއް ވަނަ އަށް ހޮވޭ ނަސީބުވެރި އަކަށް، އިތުރު މީހަކު ގޮވައިގެން ދުބާއީ އަށް ހަފުތާއެއްގެ ޗުއްޓީއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެެއެވެ. މީގެ އިތުރުން ދެ ވަނަ އަށް ހޮވޭ ފަރާތަކަށް އިތުރު މީހަކު ގޮވައިގެން ރާއްޖޭގެ ރިސޯޓެއްގައި ދެ ދުވަހު ހުރުމުގެ ފުރުސަތު ލިބިގެންދާނެއެެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް އެއް އަހަރު ދުވަހުގެ ލެކްނޯ ހިކިކިރު މުޅިންހިލޭ ލިބިގެންދާނެއެެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ތެރެރިން ކޮންމެ މަހަކުވެސް 10 ނަސީބުވެރިން ހޮވާ އެ ނަސީބުވެރިންނަށް ހަދިޔާ ދޭ ގޮތަށްވެސް ނިންމާފައިވާއިރު، އެމްޔޫ ސްޓޯރުން ވަނީ ސެޕްޓެމްބަރު މަހުގެ 10 ނަސީބުވެރިން އިއްޔެ ހޮވާފައެވެ.

އެ ނަސީބުވެރިންނަށްވެސް އަގުހުރި އިނާމްތައް ލިބޭނެ ކަމަށް އެމްޔޫ ސްޓޯރުން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފަސޭހަވާނެއެވެ. އެގޮތުން ލެކްނޯ ހިކިކިރު ޕްކެޓެއް ބައްލަވައިގަންނަވާއިރު އެ ޕެކެޓްގައި ޖަހާފައިވާ ލެކްނޯ ހިކިކިރު ޕްރޮމޯޝަންގެ ސްޓިކާގައި އިންނަ QR ކޯޑް ސްކޭންކޮށްލުމަށްފަހު އެމްޔޫ ސްޓޯރުގެ ޕޯޓަލްއަށް ވަދެގެން އެ މީހެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި އަދި ގުޅޭނެ ނަންބަރެއް ޖެހުމަށްފަހު ކޫޕަންގައި ފޮރުވިފައިވާ 7 އަކުރުގެ ނަންބަރ ސްކެރެޗް ކޮށްލުމަށްފަހު ޕޯޓަލްއަށް އެންޓަރ ކޮށްލަވުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.

ޕެކެޓްގައި ޖަހާފައިވާ ކޫޕަންކޮޅު ޕްރޮމޯޝަން ނިމެންދެން ބޭއްވުމަކީ އެމްޔޫ ސްޓޯރުގެ ވަރަށް ބޮޑު އެދުމެކެވެ.