ކޮފީއަކީ އެއާ ނުލާ މިހާރު ދިރިއުޅެން ދަތި އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮފީ ބޯ މީހުން އެހާވެސް ގިނައެވެ. ކަޅު ކޮފީ އާއި ކިރު ކޮފީގެ އެކި ވައްތަރުތަކެވެ. އަދި އެންމެ ސްޓްރޯންގް ކޮފީ ބޯން ނުކެރޭ މީހުންގެ ފޭވަރިޓަކީ 'ތްރީ އިން ވަން' ކޮފީތަކެވެ. ނޭނގުނު ހެއްޔެވެ؟ މިބުނީ ކިރު، ކޮފީ އަދި ހަކުރު މި ތިން ބާވަތް އެކުލެވޭ ކޮފީ ޕެކެޓްތަކުގެ ވާހަކައެވެ. މިއީ އާއްމުންގެ މެދުގައި ވަރަށް މަޝްހޫރު ކޮފީގެ ބާވަތެކެވެ. ސަބަބަކީ މާބޮޑު މަސައްކަތެއް ނުކޮށް މި ކޮފީ މިކްސް އަށް ހޫނު ފެންކޮޅެއް އަޅާ ގިރާލެވޭކަމެވެ. އަދި ރަހަ ވެސް އެހާމެ މީރުވުމެވެ.

އަބަދުވެސް ބުނާ ފަދައިން ދިވެހިންނަކީ ހިތްޖެހޭ އެއްޗެއް ދެން އަބަދަށް ވެސް ގަންނާނެ ބައެކެވެ. ނަމަވެސް ހިތާމައަކީ މި ހިތްޖެހޭ ބާވަތްތައް އަގުބޮޑުވެ ދާއިރުވެސް އެހެން ބާވަތެއްގެ އަޖުމަ ބަލާލަން ޖެހިލުންވާތީއެވެ. 'ގޯލްޑަން ބެސްޓް ކޮފީ' ގެ ރަހަ ބެލުމުން މިއީ ވަކި އެހެން ކޮފީތަކަށް ދޫނުކުރާ ވަރުގެ ކޮފީއެއްކަން އެނގޭނެއެވެ. މީގެ ތްރީ އިން ވަން މިކްސް ޕެކެޓެއްގެ ރަހަ ދާދި ފަހުން ބަލާލީމެވެ. ހީކުރި ވަރަށް ވުރެ މާ ރަނގަޅެވެ. ކުރާނެ ޝަކުވާއެއް ނެތެވެ. އަވަހަށް ދިޔައީ މީގެ ބޮޑު ޕެކެޓެއްގެ އަގު ބަލާލާށެވެ. ނަސީބަކުން އަގު މިވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. މީގެ ބޮޑު ޕެކެޓެއް މިހާރު 80 އަށް ރާއްޖޭގެ މާރުކޭޓުން ލިބެއެވެ. ރާއްޖޭގަ ދެން ބޭނުންކުރާ މިވައްތަރުގެ ކޮފީ ބޮޑު ޕެކެޓްތައް އުޅެނީ 100 ރުފިޔާއާ ގާތްކުރާ ހިސާބުގައެވެ. ހޯލްސޭލް ކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް މިއީ ރަނުގެ ފުރުސަތެކެވެ. 'ގޯލްޑަން ބެސްޓް ކޮފީ' ކޭހެއް މިހާރު އެމްޔޫ ސްޓޯރުން ލިބެނީ 540 ރުފިޔާއަށެވެ. އެހެންކަމުން ރާއްޖޭގެ މާކެޓުގައި ތްރީ އިން ވަން ކޮފީގެ އެންމެ އަގުހެޔޮ ބްރޭންޑަކީ މިހާރު 'ގޯލްޑަން ބެސްޓް ކޮފީ' އެވެ.

'ގޯލްޑަން ބެސްޓް ކޮފީ' އަކީ ތުރުކީގެ މޮޅު އުފެއްދުމެކެވެ. މި ކޮފީގެ އެތައް ފްލޭވަރ އެއް މިހާރު މާކެޓުން ލިބެން އެބަހުއްޓެވެ. އެގޮތުން، ތްރީ އިން ވަންގެ ކްލެސިކް އަދި މިލްކް ފްރޮތީ، ފޯ އިން ވަންގެ ވެނީލާ، ހެޒެލްނަޓް، ޗޮކްލެޓް އަދި ކެރަމަލް، ޓޫ އިން ވަންގެ ޝުގަރ ފްރީ، ކްލެސިކް އެކްސްޕްރެސޯ އަދި ގޯލްޑް ކޮފީ ހިމެނެއެވެ. ވީމާ، ކޮފީއަށް ލޯބި ކުރައްވާ ފަރާތްތަކުން ބޭނުންވާ ހުރިހާ ރަހަތަކެއް ރަނގަޅު އަގެއްގައި މި ބްރޭންޑް މެދުވެރިކޮށް އެބަ ލިބެއެވެ.

'ގޯލްޑަން ބެސްޓް ކޮފީ' ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ އެމް.ޔޫ ސްޓޯރުންނެވެ. އަދި މިކޮފީގެ މީރު ރަހަ އާއްމުންނަށް ދައްކާލާފައި ވަނީ އެމް.ޔޫ ސްޓޯރުގެ ބުރަ މަސައްކަތުންނެވެ. އެގޮތުން ކުރިއަށް ގެންގޮސްފައިވާ ފްރީ ޓޭސްޓިންގ އިވެންޓްތަކުން އާއްމުންނަށް މިކޮފީގެ ރަހަ އެނގި، އެތައް ތަރުހީބެއް ލިބި، ޖެހިލުމެއް ނެތި މި ކޮފީ ގަންނަން ފެށިއެވެ. އަދި މިހާރު އަގު އިތުރަށް ހެޔޮ ވުމާއި ގުޅިގެން މި ބާވަތުގެ ކޮފީ ނުގަންނަންވީ އެއްވެސް ސަބަބެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާލިމް

    ތިޔަ ކޮފީ ހިތްތައް ފަތަހަ ކުރާކަމެއް ނޭނގެ. އަގުހެޔޮވިޔަސް މިއިން ރަށަކުންވެސް ކައިރި ހިސާބަކުންވެސް ތިޔަ ކޮފީއެއް ގަންނާކަށް އަދި ރަހަބަލާކަަށްވެސް ނުލިބޭތީ ދެރައީ.