ދިވެހިންނަކީ މިހާރު ކޮފީއާ ނުލާ ނޫޅެވޭ ބަޔެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ކޮފީ ބޯ މީހުން ގިނައެވެ. އަދި ކެފޭތައް ވެސް ގިނައެވެ. އެއްބަޔަކަށް ކަޅު ކޮފީ ކަމުދާއިރު އަނެއް ބަޔަކަށް ކަމުދަނީ ކިރު ކޮފީއެވެ. އެކަމަކު ކަޅު ކޮފީއަށް ވުރެ ކިރު ކޮފީއެއް އޭގެ އެންމެ ފުރިހަމަ ރަހައިގަ ތައްޔާރުކުރުމަކީ ގިނަބަޔަކަށް ވަރަށް އުނދަގޫކަމެކެވެ. ސަބަބަކަށް ވަނީ ކޮފީ އެއް ނޫނެވެ. އެއަށް އަޅަންޖެހޭ ކިރެވެ. އެގޮތުން ކޮފީ ގިރުމަށް އެކިކަހަލަ ކިރު އެކި މީހުން ބޭނުންކުރާތަން ފެނެއެވެ. ހިކި ކިރުން ފެށިގެން ގޮސް ފުލް ކްރީމް ކިރު ޕެކެޓާއި ގެރިކިރު ދަޅު ވެސް މީހުން ބޭނުންކުރެއެވެ. އެކަމަކު ވެސް ކެފޭއިން ބޯ ކޮފީތަކުގައި ލާ ފުރިހަމަ ރަހަ ނުލުން މިއީ އެންމެން ވެސް މާޔޫސްވާ ކަމެކެވެ. މި މާޔޫސްކަމަށް މިވަނީ ހައްލެއް ލިބިފައެވެ. މާ ބައިވަރު ވައްތަރެއްގެ ކިރެއް ދެން އަޖުމަ ބަލާނެ ކަމެއް ނެތެވެ. ހޯދަންވީ ގުޑްމޭޓް ބްރޭންޑްގެ 'އޯޓް ބަރިސްތާ' ޕެކެޓެކެވެ.

'ގުޑްމޭޓް އޯޓް ބަރިސްތާ' އަކީ ތައިލެންޑްގެ އުފެއްދުމެކެވެ. އޯޓް މިލްކަކީ ހަމަގައިމުވެސް ރާއްޖެއަށް ވަރަށް އާ ވައްތަރެއްގެ ކިރުޕެކެޓެކެވެ. އަދި ރާއްޖޭގެ މާކެޓުން ވެސް އާއްމުކޮށް ނުފެންނަ ވައްތަރެއްގެ ކިރެކެވެ. މިކިރުގައި އެތައް ގިނަ ފައިދާތަކެއް އެކުލެވިގެން ވެއެވެ. މިކިރުގައި 'ލެކްޓޯސް' އެއް ނުހިމެނެއެވެ. 'ލެކްޓޯސް' ހިމެނޭ ކިރު ބައެއް މީހުނަށް ބޭނުންނުކުރެވެނީ އޭގެ ސަބަބުން ގޭސްވެ، ބޭރަށް ހިންގާ މިނޫންވެސް ބަނޑަށް އުނދަގޫވާ ކަންތައްތަކާ ދިމާވާތީއެވެ. އެހެންކަމުން، ހެނދުނު ކިރު ކޮފީއެއް ނުވަތަ އައިސް ކޮފީއެއް ބޯލަން ބޭނުންވާ ބައެއް މީހުނަށް 'ލެކްޓޯސް' ނުހިމެނޭ 'ގުޑްމޭޓް އޯޓް ބަރިސްތާ' ކިރު ރަނގަޅުވާނެއެވެ.

@mustore.mv

If you say… french fries and ketchup are BFFs, well then Goodmate Oat Milk is handsdown the SOULMATE for your Coffee ! 🤍 Try it and let us know what you think 😉 #mustore #goodmateoatbarista #goodmate #oatcappuccino #fyp #oatmilk #glutenfree #dairyfree

♬ girls like me don't cry (sped up) - thuy

'ގުޑްމޭޓް އޯޓް ބަރިސްތާ' ގައި ރަނގަޅު ކްރީމީ ޓެކްސްޗަރ އެއް އެކުލެވިގެންވެއެވެ. އަދި މިއީ ކޮފީއަށް މީރު ރަހައެއް ގެނުވައިދޭ ވަރަށް ތިކް ފައިން ފޯމެއް އެކުލެވޭ ގޮތަށް ގިރާލެވޭނެ ކިރެކެވެ. ހަމަ ގައިމުވެސް މި ވައްތަރު ކިރުގެ އަޖުމަ ބަލާލުން ކެފޭތަކުގައި މަސައްކަތްކުރާ ބަރިސްތާއިންނަށް ވެސް ރަނގަޅުވާނެއެވެ. ސަބަބަކީ މި ކިރު ބޭނުންކޮށްގެން ތަފާތު ކޮފީގެ ރަހަތައް އާއްމުންނާ ހަމައަށް ގެނެސްދެވޭނެތީއެވެ. އަދި މިނޫންވެސް ކިރު އެކިކަހަލަ ކެއުން ނުވަތަ ބުއިންތަކުގައި ބޭނުންކުރަން ބޭނުންވާ ނަމަވެސް އެލަރޖީ ރިއެކްޝަންގެ ސަބަބުން ބޭނުންނުކުރެވޭ ފަރާތްތަކަށް 'ގުޑްމޭޓް އޯޓް ބަރިސްތާ' ކިރަކީ ރަނގަޅު އޮޕްޝަން އެކެވެ. އެއީ މިކިރަކީ ޑެއިރީ ފްރީ، ސޯއީ ފްރީ، ނަޓް ފްރީ އަދި ގްލޫޓަން ފްރީ ކިރެކެވެ. އެހެންކަމުން ފޮނި އެއްޗެއް ހަދަން ވިއަސް، ބުއިމެއް ތައްޔާރު ކުރަން ވިއަސް ސީރިއަލް ކާން ވިޔަސް މި ވައްތަރުގެ ކިރު ރައްކާތެރިއެވެ.

މިކިރަކީ %100 ގުދުރަތީ ހޯލް ގްރެއިން އޯޓްސް އިން އެއްވެސް އެޑެޑް ކަލަރ، ފްލެވަރ، ފުޑް ގަމްސް، އެމަލްސިފަޔަރސް ނުވަތަ ސްޓެބިލައިޒަރސް ނުހިމަނާ އުފައްދާފައިވާ ކިރެކެވެ. މިއީ ކޮލެސްޓްރޯލް ފްރީ، ވޭގަން އަދި ނޮން-ވޭގަން އެންމެނަށް ވެސް ބޭނުންކުރެވޭނެ ކިރެކެވެ. އަދި ވިޓަމިންގެ އެތައް ވައްތަރަކާއެކު ހައި ކެލްޝިއަމް ވެސް މިކިރުގައި ހިމެނެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާމަނިކު

    ރީއާނު ރަޝީދަށް އެއްޗެއް ނޭގުމަކީ އެއްޗެއް ނެތުމެއްނޫން. އޯޓްމިލްކަކީ ރާއްޖެއަށް އާ އެއްޗެއްނޫން. ތަފާތު ބްރޭންޑްގެ އޯޓްމިލްކް ރާއްޖޭން ލިބެންހުރޭ.