ފިހާރަތަކުން މުދާ ވިއްކާއިރު ޕްލާސްޓިކް ކޮތަޅަށް ލާފައި ތަކެތި ދޭނަމަ ކަސްޓަމަރުންގެ އަތުން ކޮތަޅަކަށް 2 ރުފިޔާ ޓެކްސްގެ ގޮތުގައި އަންނަ އަހަރު ނަގަން ސަރުކާރުން ހުށަހަޅައިފި އެވެ.

މިކަން ހިމަނާފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓްގައެވެ.

ދައުލަތައް އާމްދަނީ ހޯދަން އަލަށް ނަގާ ޓެކްސްއެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށާނެ ކަމަށް ބަޖެޓްގެ ބަޔާނުގައި ވެއެވެ. ބަޖެޓް ބަޔާން ބުނާ ގޮތުން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ފަށާނީ ޖޫން 2022 އިން ފެށިގެންނެވެ. މިޓެކްސް ނަގާނީ ކަސްޓަމަރުންގެ އަަތުން ނަގާ ޓެކްސްއެއްގެ ގޮތުގައި ކަމަށާއި ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވިޔަސް 2 ރުފިޔާ ނަގާނެ ކަމަށް ބަޖެޓް ބަޔާނުގައި ބުނެފައި ވެއެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުން ލަސްވާ ނަމަ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަހަރު ފެށޭއިރު ޕާލަސްޓިކް ކޮތަޅު ޓެކްސް ނަގަން ފަށާ ނަަމަ 47.7 މިލިއަން ރުފިޔާ ދައުލަތައް ލިބޭނެއެވެ. ދެވަނަ ކުއާޓަރުގައި ޓެކްސް ނަގަން ފަށައިފިނަމަ 35.3 މިލިއަން ރުފިޔާ ލިބޭނެއެވެ. ތިން ވަނަ ކުއާޓަރުގައި ނަގަން ފަށައިފިނަމަ 23.5 މިލިއަން ރުފިޔާ ލިބޭނެއެވެ. ހަތަރުވަނަ ކުއާޓަރުގައި ނަގަން ފަށައިފިނަމަ 10 މިލިއަން ރުފިޔާ ލިބޭނެއެވެ.

ސަރުކާރުން މިހާރު ވެސް ގެންދަނީ ރާއްޖޭގައި އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިހާރު ވެސް ބައެއް ބާވަތްތަކުގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ޚަފަ

    މަހުންމަހުން ރައްޔިތުނަ އަތުން ޖިޒީ ނަގަން ފެނޭ. މަހަކަށް 2000 ރުފިޔާ ބޮލަކަށް. ނަގަން ފެށުމުން ދައުލަތުގެ އާންމުދަނީ މަތިވާނެ. ނުނަގާ ލަސްވާނަމަ މަދުވާނެ.
    ޝުކުރިއްޔާ ބާޒާރު ކޮތަޅު

    17
  2. ޢަހްމަދު

    ޢާއްމުންގެ ކޮންމެމީހަކު މިރާޖޭގައި ދިރިއުލޭތީ ޓެކްސްގެ ގޮތުގައި ދުވާލަކަށް 100 ރުފިޔާ ސަރުކާރަށް ދައްކަންފެނޭ

    16
  3. މެން

    އިންސާނާގެ ލޭހިގާވަރު ބަލާފަ ޓެކްސް ނަގާންފެނޭ (ނާގަބިލް ސަރުކާރު)

    11
  4. ޖަމަލު ފޮޑި

    ރައްޔިތުން ފެލައިލާ...

    10
  5. ސަމީމު

    "ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުން ލަސްވާ ނަމަ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަހަރު ފެށޭއިރު ޕާލަސްޓިކް ކޮތަޅު ޓެކްސް ނަގަން ފަށާ ނަަމަ 47.7 މިލިއަން ރުފިޔާ ދައުލަތައް ލިބޭނެއެވެ. ދެވަނަ ކުއާޓަރުގައި ޓެކްސް ނަގަން ފަށައިފިނަމަ 35.3 މިލިއަން ރުފިޔާ ލިބޭނެއެވެ. ތިން ވަނަ ކުއާޓަރުގައި ނަގަން ފަށައިފިނަމަ 23.5 މިލިއަން ރުފިޔާ ލިބޭނެއެވެ. ހަތަރުވަނަ ކުއާޓަރުގައި ނަގަން ފަށައިފިނަމަ 10 މިލިއަން ރުފިޔާ ލިބޭނެއެވެ." މިކަހަލަ އަންދާސާ ހިސާބު ކިހިނެއް ދިމާކުރާނީ، ކޮންމެ މީހަކު ގެއިން ކޮތަޅެއް ގެންގޮސްސިއްޔާ މިއަންނައަހަރު އަނގަޔާ އަތާ ދިމާނުވާނެ ދޯ.

  6. މޫސަ

    ހީވަނީ ކޮތަޅަކަށް ނަގާވަރު ބޮޑުކޮށްލަނިކޮށް، ބަޖެޓަށް ހެޔޮ އަސަރެއް ކޮށްފާނެހެން. ކޮތަޅަކަށް 25 ރުފިޔާ ނަގަން ފެނޭ. 2 ރުފިޔާވީމާ އެއީ ކޯއްޗެއް. ތިޔަ އޮތްގޮތަށް ފާސްވުމަކީ އެއްވެސް ގޮތަކަށް އެދޭކަމެއް ނޫން. ބޮޑުކޮށްފައި ފާސްކުރަން ފެންނަނީ. އަދި ފުރަތަމަ ކުއަރޓަރގައި ޓެކްސް ނަގަން ފަށަން.
    ޕްލާސްޓިކް ފުޅިންވެސް އިތުރު ޓެކްސްއެއް ނެގޭތޯވާނެ ބަލަން.

    8
    1
  7. މަބުނީ

    ދައުލަތަށް އެކި ނަންނަމުގަ ޓެކުސް މިހާރުވެސް ނަގާ..އެކަމަކު އެލާރި ނޯވޭ ފެންނަން..އަޑި އަޑިން ބަޔަކު ކާން ވީމަ ލާރި ހުރޭ..މިސާލަކަށް މމޕރސ މައްސަލަ..ރައްޔިތުންގެ މީހަކު ބޮޑު ބައްޔެއް ޖެހިގެން އެހީ އަކަށް އެދޭއިރު އާސަންދައިންވެސް ހަރަދު ކޮށްދެނީ ވަކި މިންވަރަކަށް..އަގުބޮޑު ހެން ހީވާ ބޭހެއް ނަމަ،މިޖެހެނީ އަމިއްލަޔަށް ހަރަދުކޮށްގެން ގަންނަން..ޕްލާސްޓިކު ކޮތަޅު ބޭނުން ނުކޮށް ވާކަށްނެތް..ޑަސްބިނަށް ކޮންމެ ހެންވެސް ލާން މިޖެހެނީ ޕްލާސްޓިކް ކޮތަޅެއް..ދެން ވިސްނާ ގިނަ އެއްޗެހި ގަތީމަ އެއް ކޮތަޅަކަށް އެއްޗެހި އެޅެން ހުންނަ ހާލަތުގަވެސް ކޮންމެ އެއްޗެއް ކޮތަޅަކަށް ލާފަ އެއިން ކޮންމެ ކޮތަޅަކުން 2ރުފިޔާ ނަގާނެ..ގިނައިން ޓެކްސް ނެގިވަރަކަށް ރައްޔިތުންނަށް ލިބޭއެއްޗެއް މިވަނީ މަދު..އެއިން ފައިދާވަނީ އަޑި އަޑީގަ ތިބޭ މަދު ބަޔަކަށް..ނުހައްޤުން ތިކާ ކޮންމެ އެއްޗަކީ ނަރަކައިގެ އަލިފާން..

    13
  8. ސައްދު

    ކޮންމެ މަޖިލީސް މެމްބަރެއްގެ ބޮލުގައި ފުރި ފަތުން ޓެކުސް ނަގާބަލަ.. ދެނެއް އެމްޑީޕީއަކައް އަދި ކޯލިޝަނަކައް ވެރިކަމެއް ނުދޭނަން..

  9. ޢިބްރާހީމް

    ސާބަހޭ.. ވިޔަފާރި ކުރަންދާތީވެސް ނުވަތަ ދިވެހިރާއްޖޭގައި ދިވެހިން އުޅޭތީވެ ޓެކްސް ދައްކަން ނުޖެހޭނެބާ..

  10. އަހުމަދު ނީޒް

    ތީ ޕްލާސްޓިކް މަދު ކުރަން ކުރެވޭ ކަމެއް ނޫން. ޕްލާސްޓިކް މަދުވާނީ އެތެރެ ކުރުން ހުއްޓާލީމަ

    10
  11. ރޯނުއެދުރު

    ސަޅި.މާކަ އުންދަގޫ ކަމެއް ނުން ކަނެންގެފިހާރަޔަކައް ދާއިރު ފޮތި ކޮތަޅެއް ގެންދިޔުމަކީ.މަޖުބޫރު ކޮއްފިނަަ މިކަހަލަ ކަންތައް ދިވެހިން ކުރާނެ.މިސާލެއް ހެލްމެޓް މަޖުބޫރު ކުރުމުން އެގަގަނެގެން އެޅި އެންމެން ވެސް.

    6
    1
    • ކަރުދާސް ހޮޅި

      ފިހާރަޔަށް ދާއިރު ފޮތި ކޮތަޅު ގެންދެވިދާނެ.. އެކަމަކު އެދުރުބޭ ދެން ބަދިގޭގަ ހުންނަ ޑަސްބިނަށް ވެސް ލާނީ ފޮތި ކޮތަޅު ދޯ؟؟ނޫނީ ސުތުލި ގޯނި ދޯ؟؟މިއުޅޭ ވެމްކޯ މީހުން ކަރުދާސް ފޮށި ގަނޑެއްވެސް މިގެންދަނީ ކުދި ކުދިކޮށްފަ ކޮތަޅަކަށްލާ ބަންދު ކޮށްދިނީމަ..

  12. އަދުނާނު ސާމީ

    ތީ ޕްލާސްޓިކް މަދުކުރަން ކުރާ ކަމެއްނޫން. ލާރި ކާން ކުރާކަމެއް.

    10
  13. Anonymous

    ސަރުކާރު ހިންގަން ނޭނގޭނަމަ އެކަން އެނގޭ ބަޔަކާއި ޙަވާލުކުރަން ގޮވާލަން. ދައުލަތުގެ މުދަލާއި ފައިސާ ބޭނުންހާ ގޮތަކަށް ޚަރަދުކުރެވޭ ނުވެ އިސްރާފަކަށްވެސް
    އިންޑިޔާގެ އުނގުތެރެއަށް ވެއްޓިގެން ތެދުވަންނޭނގި ނިކަމެތި ރައްޔިތުން ހުސްކުރާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ. ހިތުހުރި ގޮތަކަށް ޤާނޫނުތައް ހަދައިގެން ރައްޔިތުން އަތުން ފޭރެން މިއުޅެނީ.
    ކޮމިއުނިސްޓް ޤައުމެކޭ ތަފާތެއް ނެތް. އެފަދަ ޤައުމެއްގެ ސަރުކާރުން ރައްޔިތުންގެ އަތުގައިވާ އެއްޗެއް ނުދިނީއްޔާ ފޭރިނަމަވެސް ގަންނާނެ.

  14. ޅާރިކާ

    އއޭގެންވެސް ލާރި ކެވޭތޯބަލަނީ. ކޮންމެކަމަކުންވެސަ ލާރި ލާރި ލާރި

  15. ހަސަން

    ކޮންމެސް ގޮތެއް ހަދާފަ ވެސް، ސަރުކާރަށް ރައްޔިތުން ފެލާފަ ވެސް ލާރި ހޯދެއިތޯ ބަލާ، ދެން ނުހޮވޭނެ މި ސަރުކާރެއް. ވެރިކަން ކުރާން ނޭގޭ ވެރިއެއް ހުރީ. އަނެކެކު އެދުވަނީ ބޮޑު ވަޒީރަށް ވާން. ސީލާފަ ދަޑިންތެޅީޔާ މާ ތާހިރުވާނެ... ވޯޓެއް ނުދޭނަން އެއް ސަރުކާރުކާރެއް ހޮވާކަށް ވެސް. ބޭކާރު ކަމެއް.

  16. ޢަބްދުއްލަޠީފު

    ރަ އްޔިތުންގެ ދިޔަ ފެލުމުގެ ވިސްނުން ނޫން އެެހެން ވިސްނުމެ އް މިސަރުކާރުގަނެތޭ. އާމްދަނީ ހޯދާނެ އެހެން ގޮތެ އް ނޭގޭނަމަ އިސްތި އުފާ ދީފަ ގެ އަށް ކަނޑާލަބަލަ. އޭރުން އަހަރުމެން ތިކަން ކުރެވޭވަރުގެ ބަޔަކާ ވެރިކަން ޙަވާލުކޮ އްފާނަން. ކިހާބޮޑު މުޞީބާތެ އްތަ ޖެހިފަ މި އޮތީ.

  17. ރބރ

    -/2ރ މާބޮޑަށްވެސް ކުޑަ ކޮތަޅަކަށްވާނެ -/1000ރ ފެލާލަން އޭރުންތާ ފެންފޮދަކާނުލާ ދިރުވާލާ ބާއި އޮންނާނީ
    ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް

  18. އަހްމަދު

    މީއަޅެފަހެ ސަރުކާރެއްތަ ރައްޔިތުންފެލައިގެންނޫނީ އެއްވެސްކަމެއްނުކުރެވެނީތަ ޕްލާސްޓިކުކޮތަޅުއެތެރެކޮށްފަ ރައްޔިތުންއަތުންލާރިހޯދުމަށްވުރެ އެކޮތަޅު އެތެރެކުރަންހުއްދަދޭމީހުންއަތުން ލާރިނަގަންވީނު މިހާރުދެންމިސަރުކާރަށް ނޫނެކޭބުނުންނޫންގޮތެއްނެތް

    • ޕުލާސް

      މިހާރުވެސް 400% އިމްޕޯޓް ޑިއުޓީ ނަގާ ޕުލާޓިކް ކޮތަޅުން.

  19. ޚާރު

    ފެލަނީ ... އާމްދަނީ ހޯދަން ނޭގޭ ބައް

  20. ޥެސް

    މީހުން ފެލުން ފިޔަވާ އިތުރު ކަމެނެތް

  21. މުޖާ

    ބަޖެޓް ބޮޑުކުރަން ކަލޭމެން ނާންނަ ދުވަސްތަކަށް މުސާރާއިގެ 3% ނާންނަށް ކޮންމެ ދުވަހަކަށް އުނިކުރަންވީ. ރައްޔަތުންގެ ފައިސާއިން ތިބޯ ސައި ، ކެއުން ކަޑާލާފަ ކަލޭމެންނަށް ތިލިބޭ މުސާރައިން ކަލޭމެން ސައިބޯންވީ، ކާންވީ.

  22. ބޯހަލާކު

    ރައްޔިތުމީހާ މަގު ހިގާތީ ފިޔަވަޅަކަށް 2 ރުފިޔާ ނަގަންވެސް ހިމަނާލަން ފެނޭ.

  23. ޢައްމާރު

    ކިހިނެއްތޯ ވާނީ މަޖިލީހަށް ނާންނަ ކޮންމެ ދުވަހަކަށް 1000 ޑޮލަރު ނަގާފަ އަނގައިން ނުބުނެ އިންނަ ކޮންމެ ދުވަހަކަށް 500 ޑޮލަރު ނަގަން. ބޭނުމަކީ ޕްލާސްޓިކް މަދުކުރުން.

  24. އައްޔަ

    ރައްޔިތުން 2 ރުފިޔާ، މަހުޖަނުން ހުރިހާ ކޮތަޅެއް ކަނޑަށް..

  25. އިނާ

    ނިކަން ނަގާބަލަ. މަ ގެޭ އަތުން ނުދޭނަން އެންމެ ރުފިޔާ އެއްވެސް. ލާހިކު ކުޅަދާނަ އެއް ނޫން މަގޭ އަތުން ތިޔަ ބުނާ 2ރ ދޭކަށް

  26. ޢެމްއެސް

    ކީއްވެބާ އަބަދު ރައްޔިތުން ފެލަނީ ރައްޔިތުން ބުރަމަސައްކަތުން ހޯދާ ލާރިކޮޅި ސަރުކާރަށް ދީހުސްކުރެވެނީ ޖީއެސްޓީ އެކޭކިޔާ އެއްޗެއް ނަގަނަގާފަ މިހާރު ބާޒާރުކުރާ ކޮތަޅުގަޑުންވެސް ލާރިނަގަން ހަމަޖެއްސީ ރައްޔިތުންގެ އަތުން ! ކިހާދެރަ ނިކަމެތިން ބިކަހާލުގައި ޖައްސާފަ ނކަމެތި ރައްޔިތުންގެ އަތްހުސްކޮށް ވެރިންނަށް ސަރުކާރާ ނުބައްދަލު އެތައްމިލިއަން ރުފިޔާ ޚަރަދު ކުރަމުން އެދަނީ

  27. ކަޅުމަންޖެ

    ރައްޔަތެެއްގެ އަތުން އެއްވެސް އެއްޗެކޭ ކިޔާފަ ލާރި ނެގުމަކީ ރަނގަޅު ކަމެއްނޫން. މިހާރުވެސް މި އުޅެނީ އަނގަ އާ އަތާ ދިމާނުވެގެން. ރައްޔަތުންގެ ދަށް ގޮހޮރު ނެރެން ނޫޅެބަލަ

  28. އެޑިޓް

    ކިހާ ބޮޑު ބަލާއެއް. އަދިވެސް ރައިއްޔެތުން ފެލަން އުޅެނީ!

  29. ސަނީ

    ފެލާނެ ގޮތެއް އޮތްތޯ ސައްލާކޮއްފަ، ރައްޔިތުން ފެލާލާ..

  30. ސަހަރޯ

    ގޭން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ސަރުކާރަށް 2 ރުފިޔާ އަދި ގެއަށް ވަންނަ ކޮންމެ ފަހަރަކު ސަރުކާރަށް 5 ރުފިޔާ ދޭން އަހުރެން ހުށަހަޅަން. އޭރުން ސަރުކާރަށް ބިލިއަނުން ރުފިޔާ ލިބޭނެ

  31. ހާ

    ވެމްކޯ ކަހަލަ ކުނިުކުމުގެ ހިދުމަތް ދޭފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅުގައި ގޭގެިން ކުނިގެންދާ ކަމަށް ވާނަމަ ެމީހުންވެސް ގޭގެއަށް ކޮތަޅަކުން 2 ރުފިޔާ ގޭގެ ވެރިފަރާތަށް ދިނުމަށް ވެސް ތިގާނޫނުގާ ހިމަނާލަދޭތި އިއްޒަތްތެރި މެމްބަރުން

  32. އަހުމަދު ނީޒް

    ރައްޔިތުންގެ އާމްދަނީން 50% ޓެކްސް އެއް ނަގާ ތިންބާރުގެ ވެރިންގެ ގެ ކޮޅަށް ޚަރަދު ކުރަން ފެނޭ.

  33. އަހުމަދު ނީޒް

    ޕްލާސްޓިކް މަދު ވޭތޯ ރައްޔިތުން ފައިސާ ދެއްކީމަ. މިކަން މިހެން ވެއްޖެ ނަމަ އަރަތަކަށް ވާނީ.

  34. މަ

    ކިނބޫ

  35. ފަޅޯ

    ނަމުގަ ތިމާވެއްޓަށް ގެއްލުން ވާތީ ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަދުކުރަން މިއުޅެނީ. ދައުލަތައް ބޮޑު އާމަނީއެއް ލިބޭ ގޮތެއް އެގުނީމަ އެވެސް އެތެރެކުރުން މަދުކުރާކަށް ބޭނުމެއްނުވޭ. ސިގިރޭޓަކީ ސިއްހަތައް ގެއްލުންދޭ އެއްޗެއް، އެކަމަކު އޭގެން ވެސް ދައުލަތައް ލިބޭ ބޮޑު އާމްދަނީގެ ސަބަބުން އެއްވެސް ސަރުކާރަކަށް ނުކެރޭ އެ އެތެރެ ކުރުން މަދުކުރާކަށް.
    މަސްތުވާތަކެތިން މިއޮއް ކުޑަކުޑަ ދިވެހިރާއްޖޭގެ އެތަށް ޒުވާނުން ތަކެއް ހަލާކުވަމުން މި ދަނީ. އެކަމަކު ކޮންމެ ދައުލަތެއްގަ ވެސް ތިބޭ ބާރުގަދަ ނުފޫޒުގަދަ ބޭފުޅުންނަށް ލިބިލިބި ހުރި ބޮޑު ލާރިގަޑު އެއިންވެސް ނުލިބިދާނެތީ އެވެސް އެތެރެކުރުން ހުއްޓުވޭކަމަކަށް ނުވޭ. މަސްތުވާއެއްޗިއްސާ އެއްކޮއް ހިފާ ހައްޔަރު ކުރިޔަސް ދަައުލަތުގެ ބާރުގަދަ ނުފޫޒުގަދަ ބޭފުޅުންގެ ސަބަބުން ނޫނީ އެބޭފުޅުން ހަދާފަ އޮންނަ ގާނޫނެއް ނުވަތަ ގަވައިދެއްގެ ސަބަބުން ހައްޔަރު ކުރެވޭ މީހުން ވަނީ މިނިވަން. ކޮންމެ ވެރިޔަކުވެސް އައިސް އެމީހެއްގެ ބައި ބޮޑުކުރުން ނޫން ކަމެއް ނުކުރޭ.

  36. ބޮއިހަލާކު

    މަށަށް ފެނޭ ގޭގޭގަ މިހުރި ފެނާއި ނަރުދަމާއަށް ބޭނުންކޮށްފަ ހުންނަ އެކިވަރު ވަރުގެ އެސްލޯނު ހޮޅިތަކުންވެސް ޓެކްސް ނަގަން..ކޮންމެ ގެއެއްގަ އެތައް ބައިވަރު ހޮޅި އަޅާފަ އޮންނާނެ..ޓެކްސް ނަގާނީ އެކި ސައިޒުން އެކި އަގުގަ..ރުފިޔާ ލިބޭނެ ބޯކޮށް.

  37. ޖޯކް

    ބަލާޔާ ޖެހުނީ، ކީއްވެ އެތެރެ ކުރުން މަނާ ނުކުރެވެނީ.

  38. Anonymous

    ލާރި ތިކަމުން، ބޭނުން ވެގެން އެ ތެޅެނީ.

  39. ސަޓޯ

    ލާ ކޮންމެ ނޭވަޔަަކަަށް ދޮޅުލާރި ނަގަން ފެނޭ،

  40. ސަމް..

    އަދިވެސް އަހަރުމެން ފެލާނެ ގޮތެއް ނެތިގެން ދޯ ތިޔައުޅެނި. ކިތަންމެ ވަރަކައް އަހަރުމެން ފެލައިގެން ތިކަން ކުރަންއުޅުނަސް ތިކަމެއް ނުވާނެ. ތިއެއްޗިސް މިތަނައް ގެނައުން ހުއްޓާލީމަ ތިކަން ވާނި.

  41. ސަމާސާއެއްނޫން

    ރައްޔިތުން އެއްމެކޮޓަރި އެއއގެތެރޭ ކައްކައި ބޯހަދާއިރު ގަނޑުކޮށް އެއްޗެހި ގަނެފަ ނުބެހެއްޓޭ
    ކޮންމެ ދުވަހަކަށް ބޭނުންވާވަރަށް ކޮތަޅުކޮތަޅުގަ އެއްޗެހި ގަނެގެން މިއުޅެނީ
    ދެންޖެހޭނީ ކާޑުބަސްތާއެއްގަނެފަ އެދުގަނޑް ނެރެން

  42. ކިނބޫ

    ރަނގަޅު. މާލޭގަ ތިބެގެން ހޭބަލިވޭ. ރަށްރަށަށް އަރާ ވައްވަކެއް ނުޖެއްސޭނެ. ކޮން ބލއެއް!