އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފި އެވެ.

ގާނޫނީ ވަކީލު އައްސަދު ޝަރީފާއި ގާނޫނީ ވަކީލް އިބްރާހިމް ރަމީޒް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓް ހުށައަޅާފައިވަނީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ. އާއި މާލިއްޔަތު ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށެެވެ.

އައްސަދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅައި އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން ހުށައެޅިއިރު ހިނގަމުން މިދާ 2022 ވަނަ އަހަރު ޚަރަދުކޮށްފައި ހުރި ކަންތައްތަކެއް "ބަޖެޓުގެ ތެރެއަށް ވައްދައިގެން ދަށްދަށުން ފާސްކޮށްލަން" މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. "އެކަމަކަށް ކަނޑައެޅިފައި އޮންނަ ބަޖެޓެއްގެ ތެރެއިން މެނުވީ ހަރަދު ކުރުން ގާނޫނު މަނާކުރޭ." އައްސަދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން ކަންކަން ހިނގާ ގޮތް ބެލުމަށް އިންކުއަރީއެއް ހަދަން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެހުށަހެޅުން ބަޖެޓް ކޮމެޓީން ފާހެއް ނުކުރިއެވެ.

ސަޕްލިމެންޓްރީ ބަޖެޓް މާލަހުން ހުށަހެޅި ކަމަށް ބުނެ އިދިކޮޅު މެންބަރުން ވެސް އަންނަނީ ޝަކުވާ ކުރަމުންނެވެ. މެމްބަރުން ވިދާޅުވާ ގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތެރެއަށް ސަޕްލިމެންޓަރީ ބަޖެޓު ހިމަނައިގެން ހުށަނޭޅޭނެ ކަމަށެވެ. އެއީ ސަރުކާރުން ހަރަދު ކުރުމުގެ އެއް މަސް ކުރިން ވަކިން ހުށަހަޅަން ޖެހޭ ބަޖެޓެއް ކަމަށް މެންބަރުން ވިދާޅުވެފައިވެ އެވެ.

ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސް ކުރުމަށް ސަޕްލިމެންޓަރީ ބަޖެޓެއް ހަދައި އެ ފައިސާ ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބ. ގައި ވެސް ބުނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ވޯޓަށް އެހުން މިއަަދުގެ ޖަލްސާގައި އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޕ

    ތީ ސަރުކާރުގެ ތަނެއް ތިތަނުން ނުބެލޭނެ

    • އަލިމުތް

      ބެލޭނެ ދުވަހެއް އަންނާނެ. އޭރަށް މަ މަޖިލިސް މެމްބަރެކޭ، ފަނޑިޔާރެކޭ ކިޔާ ނުބެޗޭނެ.

  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މިއީ އިބޫ ވެރިކަމުން ބާލާފައި ބަލަންޖެހޭ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ ވަރަށް ބޮޑު މައްސަލައެއް. އިބޫ ވެރިކަމުން ފޭބީމާ ބަލަން ޖެހޭ މައްސަލަތައް ފުނިޖެހިއްޖެ!

  3. ނާށިގަނޑު

    ކީއްވެހޭ އައިޖީއެމުއެޗުން ހެދޭ ޓެސްޓުތައް ސިޔާސީ މީހުންނާ ފުލުހުންނާ ސިފައިންންނާ އެމީހުންގެ މުޅިއައުލާދައް ޕުރައިވެޓު ހޮސްޕިޓަލުތަކުން ހެދޭގޮތައް ސިޔާސަތު އޮންނަނީ؟ އެއްޓެސްޓެއް އެއްފެންވަރެއްގަ އައިޖީއެމުއެޗުން ހެދެއް އޮއްވާ، ރައްތިނުން ފެލައިން ނަގާ ޓެކުސުން ޓުރީޓޮޕާ ބޭރުގެ ހޮސްޕިޓަލުތަކުން ވަކިބައެއްގެ މެޑިކަލައް ހަރަދު ކުރުމަކީ ނިކަމެތިން އިތުރައް ނިކަމެތިކުރުން. ބޮޑުކަމެއްވެއްޖިއްޔާ ނިކަމެތި ރައްޔިތުމީހާ ޖެހެނީ އަދިވެސް ސަލާންޖަހަން!

  4. ލލ

    މިރާއްޖެއަކީ ކޮންމެ ފަސްއަހަރަކުން އިންތިހާބު ކުރާ ރަސްކަލު ހުންނަ ޤައުމެއް، ވީމާ ރަސްގެފާނު ބޭނުންވާ ގޮތެއް އޮންނާނީ، މަޖިލިސްގައި އުޅޭ ކުދިބޭކަލުން ޖެހޭނީ ރަސްގެފާނު އެދޭގޮތަށް ވޯޓްލާން !