ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫން ކަމަށާއި އެއީ އަދަބެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދް ހައިލަމް ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ކެންޑިޑެސީގެ މައްސަލައިގައި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމީ އެމަނިކުފާނުގެ ސާބިތު ދަރަންޏެއް އޮތުމުން ކަމަށް ހުކުމުގައި ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ސާބިތު ދަރަންޏާއި ހުކުމަކީ މުޅިން ދެއެއްޗެއް ކަމަށާއި ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫން ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި ޖޫރިމަނާއަކީ ކޯޓުން ކަނޑައަޅާ އަދަބެކެވެ. އެއްވެސް ހާލަތެއްގައި އެ ޖޫރިމަނާ ސާބިތު ދަރަންޏެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސާސީ ހައްގެއް ގާނޫނުހަދާމަޖިލީހުން ޤަޞްދުގައި ކަނޑައެޅިގެން ހަނިކުރުމުގެ ނިޔަތް ގެންގުޅެފައިވާކަން މާއްދާއެއްގެ ނައްސުން ސަރީހަގޮތެއްގައި ދޭހަވާން ނެތްނަމަ، އެ މާއްދާއެއް މާނަކުރަންވާނީ އެހައްގެއް ގެއްލިގެން ދައުވާކުރާފަރާތުގެ މަސްލަހަތުގައި ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް މިއަދު ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް އީސީން ބަލައިނުގަތުމުން އެ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

މިއަދު ހެނދުނު 10:00 މިމައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސްޕްރީމް ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒައިކް23

    މީ އަދި ސުޕުރީމު ކޯޓަށްވުރެއް މަތީ ބޭޅެއްތޯ؟؟ ޤާނޫނު އަސާސީގަ އޮންނަނީ ތިޔަޒާތިގެ ކަންކަމުގަ ފަހުބަަސް ބުނެ ގޮތެެއް ނިންމާނީ ސްޕުރީމު ކޯޓުންކަމަށް ދަށުކޯޓަކުން ބޭރުކޮށްލި ހައިލަމޭ ނެތް ފަހުބަސް އިއްވާނީ.

    9
    17
  2. Anonymous

    މިކަލޭގެ ޔާމީނުގެ ޙުކުމުގެ ކުރިން ވި ބޭޒާރާމެދު ވިސްނާ.... ތައުބާވުމަށް ގޮވާލަން.
    ފައިސާއަށްޓަކައި ހަމައާއި އިންސާފު ނަގާނުލާ.

    ރެއާއި ދުވާލު ވަކިވާހެން ޔާމީނު ފައިސާގައި ޖެހުނުކަން އެހެރީ އެގެން. އަދީބަށް "ޚާލިދު ބްނު ވަލީދޭ" ކިޔާ މާތް ނަބިއްޔާގެ ޞަޙާބީއަކާއެއްފަދަކޮށް، އަދީބު ނައިބަކަށްހެދި ގޮތްވެސް އެއީ މމޕރސ ގެ ޖަރީމާގައި ބައިވެރިވުން.

    8
    17
  3. ސަރަފަކައްދަ

    މަނިކުފާނޫ! އަޅުގަނޑުގެ ސައިކަލުގައި ސްޓިކާ ޖެހިތާ 3 އަހަރު ވެއްޖެ. އަދިވެސް މަތި މަތިން ސްޓިކާ ޖަހަމުން ދަނީ. މި ފައިސާ ދަޢުލަތުގެ ކަމާއި ބެހޭ އެއްވެސް ފަރާތަކަށް ނުދައްކައި ހުރެފިނަމަ މިވެސް ނުވާނެދޮތަ ތިބުނާ ސާބިތު ދަރަންޏަކަށް ދޮތަ!

    9
    5
  4. ހަންޑިކުޑަ

    ކޯޓު ތަކުގައި ތިއްބަވާ ފަނޑިޔާރުން އެއްވެސް ވަރަކަށް ރިސްވަތު ނުހިފާނެ ކަމުގެ އަލާމާތް ތައް މިހިރަ ފެންނަނީ.

    8
    5
  5. ބޭހޮއްކޮ

    ފޯމުލާ ދުވަހު އެމީހާގެ ސައިކަލުގައި ސްޓިކާ ޖަހާލީމާ ޝަރުތު ހަމަނުވެ ފޯމު ބާތިލުވާނެ ގޮތަށް އޮތް ހުކުމެއް. ކުރުއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ބޭފުޅުންނަށް އޮތް ބިރުވެރި ހުކުމެއް.

    10
  6. Anonymous

    ސުޕްރިން ކޯޓުން އަސާސީ ހައްޤާއި އިންސާނީ ހައްޤު ނިގުޅައިގެން ފައިވާތީ ސުޕްރިމް ކޯޓް ފަޑިޔާރުންގެ މައްޗަށް ޖިނާއީ ތހުޤީޤް ހިންގަން އައިސީޖޭ އަށް ހުށަހަޅަން އިންސާހައްޤަށް ވަކާލަތު ކުރާފަރާތަކަށް ގޮވާލަން !

  7. ޒީރޯ

    ޖޫރިމަނާ އަކީ އަދަބެއްނޫން މީހާގެ މީހާ ހިންދާލުން ކަހަލަ ކަމެއްދޯހައިލަމް މުޅި ސަރުކާރު ވެގެން ޔާމީން ހިންދާލީ ނޫންތޯއެވެ. ހިތި ބޭސް އަދި ބޯނެ ސަރުކާރާއި ރައްޔިތުން އިންޑިޔާ މިހިތިބޭސް ދެން އަންނަ ސަރުކާރަކަށް ދޭނެއެވެ. އެބޭސް ނުދެވޭ ނީ ޔާމީނަށެވެ.