ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމުގައި ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން މީރާއިން އަންގާފައިނުވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއްކަން ކޯޓުގެ ހުކުމުން ހާމަވެއްޖެއެވެ.

ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެމަނިކުފާނުގެ މައްޗަށް ކުރި އަމުރުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމާއި އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީން ވަނީ މީރާގެ ލިޔުން ނުލިބޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ޖޫރިމަނާގެ މުއްދަތު ހަމަވާ ދުވަސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މީރާ އިން ލިޔުން ފޮނުވި ތާރީހު އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން ހާމަކުރެއްވުމުން ވެސް އެމަނިކުފާނު އެކަން ދޮގުކުރެއްވިއެވެ.

މިއަދު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުވި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މީރާއިން އަންގާފައިވާ ކަމުގެ ލިޔުން ޔާމީނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ މީހަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަރަނި ހަލާސް ނުކޮށް ހުރި މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބުނެފައިވާ އިރު، ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމަށެވެ.

ޔާމީނަށް އިންތިހާބުގައި ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

އެ ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރު، އެ ފައިސާ މީރާ އަށް ދައްކާފައި ނެތުމުން އެ ތަނުން ލިޔުމުން ޔާމީނަށް އެންގެވި ކަން އެނގޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެ ލިޔުން ޔާމީން ބަންދު ކުރެވިފައިވާ ޖަލަށް ފޮނުވުމުން އޭގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ޖިނާއީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅައި ޖަލަށްލުމުގެ އަދަބަކީ އެމީހާ އަށް ޖިސްމާނީ ގޮތުން ތަހަންމަލް ކުރަން ޖެހޭ އަދަބެއް ކަމަށާއި އެއީ އެމީހާ އަށް ޖައްސާ މާލީ ބުރައެއް ކަމަށެވެ. ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާއާ މެދުގައި މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައި ނުވާ ހާލަތުގައި ކޯޓުން ކަނޑައާޅާފައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމުގައި ބަދަލުވެގެން ދިއުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

"އެހެނީ އެ ޖޫރިމަނާއަކީ އޭނާ އުފުލުން ކޯޓުން ސާބިތުކޮށްފައިވާ އިލްތިޒާމެއް. އެ ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެއް." ސުއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޜިފާ

    ބަންދު ގަޑީގައި މައްސަކަ ނިމެނިކޮށް ފާޑެއްގެ ލިޔުމެއް އެބައޮތޭ.. ކިޔަނީ ސަރުކާރު ނުފޫޒް އޮތް މިންވަރު ދެން ނިކަން ބައްލަވާ ...

    39
    11
  2. ލޮލް

    ކޮން އިތުރުފުޅެއް ކިޔާކަށް. ސިޔާސީމީހުން ހަދާ ބޮޑެތި ދޮގުތައްވެސް އިތުރުފުޅަށް ބަދަލުކޮށް ޒީނަތްތެރިކޮށްފައި މިހުންނަނީ ރައްޔިތުންނަށް އޮޅުވާލަން. ގިނަ ސިޔާސީންނަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ހަދާބައެއް.

    35
    6
  3. މުފައްކިރު

    ޔާމީނުގެ ފޮޓޯތަކުގެ ތެރެއިން ވަކި ފޮޓޯތަކެއް ޚަބަރަށް ލަނީ ޔާމީނުގެ ކޮން ސިފައެއް ދައްކަންބާ؟ ވަގުތު ނޫހަށް ކުރާ ސުވާލެއް.

    39
    8
    • މިހާރ

      އެއީ ޒާތީ ހަސަދައެއް އޮންނާތީ.

      25
  4. ޑައެލޯގް

    ޔާމީނަށް އެލިޔުމެއް ނުލިބޭކަމަށް މީރާގެ އިސްފަރާތަކުންވަނީ ބުނެފައެވެ. އެލިޔުންލިބުނީވެސް އެމައްސަލަ އިއްޔެރޭގަ އެމައްސަލަބަލަނިކޮށް އެޓާނީޖެނެރަލް އޮފީހުން މީރާއަށް ގުޅައިގެނެވެ.

    19
    2
  5. ޕިސްޕިސް

    މުފައްކިރޫ . .. . . އެއީ އޭނަ އަބަދުވެސް ހުއްނަގޮތް . . . އ ބޮޑާ ކަމާ ކިބުރު ވެރިކަން . . . އެހެންވީމަ ކޮންމެ ފޮޓޯއެއްލިޔަސް އެވާނީ އެއަށް ހަމަ ، ، ، ޕަކާސް

    6
    18
    • Anonymous

      ޕަކާސް. ހާދަހާވާ މަޖާ އެއްޗެކޭ މަށަށް މިބުނެވުނީ. މަގޭ މޫނު ހާދަ ރީއްޗޭ ދޯ ޕަކާސް ޕަކާސް

      1
      1
  6. ގެމަނަ

    ދެން ކަޅު އިބުރެ ހޮވޭނެ ކަމަށް ހީކޮށްގެން ރެވިތެޔޮލައިގެން ތިބޭ.

    16
    4
    • ގުނބޯ

      ވެރިކަން ކުރަންޖެހެނީ ދޮންމީހުން އެކަނިތަ....ތީ ތިމާމެންގެ ވިސްނުމުގެ ފެންވަރުހުރި ހިސާބު...މީ2023......

  7. ޕިސްޕިސް

    ކޯތުގައި ދޮދު ހެދީމަ އެކަމަށް އަދަބު ލިބެންޖެހޭނެ . . . ދޫ ދީގެން ނުވާނެ . . މީނާޔަށް ހީވާ ކަހަލަ ބޭނުންހާ އެއްޗެއް ހެދޭނޭ

    4
    23
  8. މުހައްމދު

    މީނައަކީ އަބަދުވެސް ދޮގުހަދާ މީހެއް

    6
    18
  9. އަބްދޫ

    ޖުރިމާނާ ވަކި މުއްދަތެއްގަ ދައކަން ހުކުމް ނުކުރެވޭނެ. ޖުރިމާނާ އަކީ ދަރަންޏެއްނޫން ، ޖުރިމާނާ އަކީ އެމިހާ އަށް ކަނޑައެޅޭ ހުކުމް އަދަބު ގެ ބައެއް. ވަކި މުއްދަތެއްގަ ދައްކަން ހުކުމްކުރެވޭނީ ސާބިތު ދަރަންޏާއި އަލަށް ސާބިތު ކުރެވޭ ހިޔާނާތާއި ވައްކަމުގެ ފައިސާ އަށް. އަދަބު ޖުރްމާނާ ދައްކަންޖެހޭނީ ބަންދުން މިނިވަން ވުމުން.

    2
    1
  10. ކޮއްޔާ

    އިންސާފު ލިބޭނެ ދުވަހެއް ފެންނާނެ // ،،،،،،

    12
    1
  11. ޙެހެހ

    ކެނެރީގެ ނަޝީދު އިބޫ ބޮލުގެ ޒިނޭގެ ތުހުމަތު އެޅުވިއިރު ކޮބާ ޤާނޫނު ، ސަތޭކަ އިންސަންތަ މުސްލިމް ޤައުމެއް ކަމަށް ބުނަނީ ، ކޯޓުތައްވެސް އަޅާވެސް ނުލާ

  12. ކޯތުރީ

    ކޮން އިތުރު ފުޅެކޭތަ ތިކިޔަނީ. ﷲ ޙަރާމްކުރެއްވި ކަންކަމަކަށް މާތް ބަހަކުން ކިޔާކަށް ނުޖެހޭނެ. ދޮގުހެދިއްޔޭ ބުނަންވީ. އެހެންވިއްޔާ ޒިނޭކުރީމަ ޒިނޭފުޅުކުރިއްޔޭ ކިޔާފަ. ވައްކަންކުރީމަ ވައްކަންފުޅު ކުރެއްވިއްޔޭ ކިޔަންވީނު.

    1
    2
  13. އިޚްލާޞް

    މީހާ ހުންނަ ސިފަޔަށް އެކަކުވެސް މަލާމާތް ނުކުރޭ. ﷲ އިންސާނާ ހެއްދެވީ އެންމެ ފުރިހަމައަށް... އަނިޔާވެރިންގެ ވާހަކަ ދެއްކިދާނެ އެމީހަކު އެ އަނިޔާވެރިވީ ކަމަކާ ބެހޭގޮތުން.

  14. މުޙައްމަދުދީދީ

    ޔާމީން ހެއްދެވީ އިތުރުފުޅެއްކަން ކޯޓުގެ ޙުކުމުން ލިޔުންތެރިޔާއަށް ހާމަވީ ކިހިނެއްތޯ! އަޑުއެހުންތައް ނިންމާލިފަހުން އޭޖީގެ ވަކީލުގެ ފޯނަށް އެއްޗެކޯ ބުނާ އެއްޗަށް ތިބުނާ ޙުކުމްގައި ރިޢާޔަތް ކުރީ. އެހެން އެއްވެސް އެވިޑެންސެއް ނުދެއްކޭ. ގާޒީ ޝަކީލުގެ ޙުކުމުގައި ސަބަބުވެރި އިންސާނާއޭ ކީގޮތަށް ހަމަ ސުޢޫދުވެސް ފަތިވަރެއްދެމީ.
    ވަރަށް ރަނގަޅަށް އެނގޭތީ މިބުނަނީ ރައީސް ޔާމީންއަށް މީރާއަކުން އަދި އެބުނާ ލިޔުމެއް ނުފޮނުވާ.

  15. އަމީ

    މީރާ އަށް އެ ލިޔުން ދެއްކެންވާނެ. އެބަ އޮތޭ ސުއޫދު ބުނީމަ ނިމުނީ ކަމަށް ވަންޔާ ޝަރިއަތުގެ ބޭނުމެއް ނެތެއްނު ދޯ.