ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި މަސް ތެރޭގައި އިތުރު ދެ ފިހަރާއެއް ހުޅުވާނެ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވެ ދިރިއުޅެން ފަށާފައިވާއިރު މިހާތަނަށް ހުޅުވީ އެންމެ ފިހާރައެކެވެ. އެކަމަކު ބޭނުންވާ ގިނަ ތަކެތި އެ ފިހާރައިންވެސް ނުލިބޭތީ ހިޔާގައި ދިރިއުޅޭ މީހުން ޖެހެނީ ވިޔަފާރީކުރަން ފުރަތަމަ ފިޔަވައްސަށް ދާންށެވެ. އެހެންވެ އެކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ ހަތަރު ގްރޮސަރީ ސްޓޯރަކާއި ދެ ސުޕަމާކެޓްގެ އިތުރުން އެއް ރީޓެއިލް ފިހާރަ ހުޅުވަން ބަޔާކާއެކު އެގްރީމެންޓް ކުރެވިފައިވާ ކަމަށެވެ.

އަދި އަށްރީޓެއިލް ފިހަރައާ އެއް ގްރޮސަރީ ސްޓޯރެއް އަޅަން ބަޔަކަށް އެވޯޑް ކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މި މަސް ތެރޭގައި ދެ ސުޕަމާކެޓެއް ހުޅުވިގެންދާނެ ކަމަށެވެ. އެއްް ފިހާރާ ހުޅުވޭނީ މި މަހުގެ މެދުތެރޭ ހިސާބުގައި ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ފްލެޓްތަކުގެ ތިރީގައި ކެފޭ، ސެލޫން ބުކްޝޮޕް އަދި ފާމަސީ ފަދަ ތަންތަން އެޅުމަށް 38 ފަރާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

ފްލެޓްތަކުގެ ތިރީގައި ކެފޭ، ސެލޫން ބުކްޝޮޕް އަދި ފާމަސީ ފަދަ ތަންތަން އެޅުމަށް 38 ފަރާތަކަށް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ. ހަވާލުކުރި ހަ ތަނެއް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް އަދި މިހާތަނަށް އެކަން ވެފައެއް ނުވެއެވެ. މި ތަންތަން ނިންމަން އެ ކޯޕަރޭޝަނުން ދެނީ ތިން މަހުގެ މުއްދަތެކެވެ.

ހިޔާ ސަރަހައްދުގައި ވަސީލަތްތައް ގާއިމްކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޑީސީން ދަނީ ބުނަމުންނެވެ. ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ދެތެރޭގައި އޮންނަ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ލަފާކޮށްފައިވަނީ މިއަންނަ މަހުއެވެ. އެއީ އެންމެ އަވަހަށްވެސް ނިންމޭނެ ތާރީހު ކަމަށް އެޗްޑީސީން ބުނެއެވެ.

ފުލުހުންގެ ހިދުމަތަށް ބަލާއިރު އެސަރަހައްދުގެ އަމަން އަމާން ކަން ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ޕޯސްޓެއް މިހާރު ވަނީ ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާައަހުމަދު

    ސޭޓަށްބާ ތިދެފިހާރަވެސް ދެނީ، ސޭޓް މިހާރު އުޅެނީ ކިއްލިޓަޅަން ފަށަންވެގެން.

  2. ޢަލީ

    އެޗް.ޑީ.ސީގެ ނިންމުންތަކާއި ހުއްދަތައް ލިބޭލެއް ވަރަށް ލަސް. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ނިމިފަހުރި ބައެއް ތަންތަނަށް އެޗް.ޑީ.ސީން ލިބެންޖެހޭ ހުއްދަތައް ނުލިބި ބައެއްކަންކަން ހަމަނުޖެހި ނުހުޅުވި ހުރިކަން ފާހަގަކުރެވެއެވެ. މަގުގެ ތާރުގެ ވާހަކަ ދައްކާއިރު، ފައިނަލް ޓަޗް ނުނިމި އެހެން އޮންނަތާ އެތައް މަހެއްވެއްޖެ. ކޮންމެ ދުވަހަކުވެސް ދެތިން މީހަކު ގޮސް ހޭކިހޭކިފަ ހިނގައިދާނެ. ޕޭމަންޓެއްވެސް ހަދާލެވެނީ 2 ހަފްތާއިން.

  3. اکف

    މިސަރުކާރުން ފިހާރެއް ވެސް ފޭސް 2 ގައި ނަހަދާ މިކަމައް އަލުގަނޑު ބަދަލުހިފާން

  4. ކޮރަލް

    ފައިސާ ކޮޅެއް ދޭއިރަށް ހުއްދަ ދެނީ އެވެ. ހުސް ތަންތަން ބައިވަރު އެބަ ހުއްޓެވެ.