ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ތައާރަފްކޮށް ވިއްކާ ޗޮކޯބްލާސްޓް ބ.އޭދަފުއްޓާއި ކ.މާފުށީގައި ވިއްކަން ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޗޮކޯބްލާސްޓް މިހާރު އޭދަފުށީ ސްޓޯން ފިހާރައިންނާއި މާފުށި ޝައިނީ ޝޮޕް ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

ލިބޭ އިން މިވަގުތު އަންނަނީ ޗޮކޯބަލާސްޓްގެ ހަތަރު ސައިޒެއް (ސްމޯލް، އެކްސްޓްރާ ސްމޯލް އަދި މީޑިއަމް، ލާޖް) ކަޕް ވިއްކަމުންނެވެ.

ޗޮކޯބްލާސްޓް އަކީ ދާދި ފަހުން ރާއްޖެއަށް ތަޢާރަފްކުރި އުފެއްދުމެއް ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުމަށް ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެން ގޮސްފައެވެ.

ލިބޭއިން އަންނަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން ހިސާބުތަކުން ވެސް ޗޮކޯބްލާސްޓްލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށްރަށުން ޗޮކޯބްލާސްޓް ވިއްކަން ބޭނުންވާ މީހުން 9759452 އަށް ގުޅާލުމުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ލިބޭ އިން މައުލޫމާތު ދެއެވެ.