މާލޭގައި ލުނބޯ ކިލޯއެއްގެ އަގު -/600 ރުފިޔާ އަށް އަރައިފިއެވެ.

މިއަދު މާރުކޭޓް ބައެއް ގޮޅިތަކުންނާއި އަދި ބާޒާރުމަތީ ގިނަ ފިހާރަތަކުން ވެސް ލުނބޯ ކިލޯއެއް ވިއްކަމުން ގެންދަނީ -/600 ރުފިޔާ އަށެވެ.

ރެކޯޑް މިންވަރަކަށް ލުނބޯ ކިލޯއެއްގެ އަގު އުފުލިގެން ދިޔައީ ފާއިތުވި މަހެއްހާ ދުވަހު ލުނބޯގެ އަގު އުފުލެމުން އައުމަށް ފަހުއެވެ. މީގެ ހަފްތާއެއް ކުރިން ލުނބޯ ކިލޯއެއް ލިބުނީ -/75 ރުފިޔާ އަށެވެ. އޭގެ ފަހުން -/100 ރުފިޔާ އަށް ވެސް ލުނބޯ ކިލޯއެއް އެރިއެވެ.

ރަމަޟާން މަސް ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށް ލުނބޯގެ އަގު ރެކޯޑް މިންވަރަކަށް އުފުލެމުން އަންނަނީ ލުނބޯ އިމްޕޯޓް ކުރާ ފަރާތްތަކުން ސްޓޮކް ހިފަހައްޓާތީ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ނަމަވެސް ބައެއް އެހެން ވިޔަފާރިވެރިން ބުނާ ގޮތުގައި ލުނބޯގެ އަގު އުފުލިފައި ވަނީ ރާއްޖެ އަށް އެންމެ ގިނައިން ލުނބޯ ގެންނަ ގައުމު ކަމަށްވާ މިސްރުގެ ބާޒާރުގައި ވެސް ލުނބޯގެ އަގު އުފުލެމުން އަންނާތީ އާއި ފްރައިޓްގެ އަގުތައް ވެސް ބޮޑުވެ، ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ އަދަދު އިތުރުވުމުންނެވެ.

ރާއްޖެ އަށް ތިން ވަނަ އަށް އެންމެ ގިނައިން ލުނބޯ އެތެރެ ކުރާ އިންޑިއާގެ ބާޒާރުގައި ވެސް މިހާރު ލުނބޯގެ އަގު އުފުލެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ ރަމަޟާން މަހު ވަރަށް ގިނަ ބާވަތްތަކުގެ މުދަލުގެ އަގު އުފުލޭނެ ކަމަށް ބެލެވެއެވެ. މިހާރު ވެސް އާއްމުކޮށް ބޭނުން ކުރާ ބައެއް ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި މުދަލުގެ އަގު މިހާރު އެންމެ ބޮޑަށް އުފުލެމުން އަންނަ އެއްސަބަބަކީ މުދާ ގެންނަން ކުރަން ޖެހޭ ހޭދަތައް ބޮޑުވުމުންނެވެ.

ނަމަވެސް ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ރަމަޟާން މަހު އެންމެ އާއްމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަލީ

    ތަކެތީގެ އަގު ނޫފުލޭނެ ގޮތަށް ކަންކަން ވަނީ އިންތިޒާމު ކުރެވިފައި: ނައިބު ރައީސް
    2 ހަފްތާ ކުރިން ( މާޗް 16, 2022 )
    22
    މިގޮތައް ހެޔޮ ކޮންޓްރޯލް ނުކުރިޔަސް! ބޭކާރު އަނގަ ހަމައެކަނި ތެޅެނީ...

    7
    1
  2. Anonymous

    ލިނބޯ ކިލޯއެއް އެއް މިލިއަނަށް އެރިޔަސް ސަރުކާރުން ހިރުވާތަން ކަހާވެސް ނުލާނެ. އެކަމަކު ޓެކްސީ ދަތުރުތަކުގެ އަގު އެންމެ ރުފިޔާއެއް ބޮޑުކޮށްލިޔަސް ވަގުތުން އިންޒާރު ދޭނެ.

    11
  3. މޯޑް

    ރާއްޖެއަށް އެންމެ ގިނައިން ލުނބޯ އެތެރެ ކުރަނީ ވިއެޓްނާމް އިން

  4. beyya

    sto ކޮބަަހެ؟

  5. ނެޓު

    ޓްރިވެންޑަމު ބާޒާރުތަކުން 27 ރުޕީސްއަށް ލިނބޯ ކިލޯއެއް ލިބޭ

  6. ނަޝީދު

    ކޮބާ ހީވޭ ކަމެއްހެން ކޮބާ ސަރުކާރު ކަލޭމެންނައް ބައި އަޅާތީ ދޯ ކޮންޓްރޯލްކުރަން ނުކެރެނީ ކޮބާތަ ނަހޫ ޓެކްސީގެ އަގު ކޮނޓްރޯލް ކުރަން ބައްޅަފޯރސް ނެރޭނެ މިކަން ކޮންޓްރޯލް ކުރަން ފައްޔާޒައް ކެރޭނެތަ..

  7. ނުވޭސް

    ބުހުތާނު ދޮގެއް

  8. Anonymous

    ކޮބާތޯ އޯގާތެރި ސަރުކާރު
    ކުރިމަތީގައި މިއޮތީ ރަމަޟާން ރޯދަމަސް
    އިންޑިޔާގެ އެއްއަތް އުދުހޭ ދޫނީގެ ދެފިޔަ
    ނިކަން ރޯދައަށް ލުނބޯ ކޮޅެއް ހަދިޔާ ކޮށްބަލަ އިންޑިޔާ

    • ހހޖ

      ދިވެހިންނަށް މިރުސްހާ މުހިންމު އެއްޗެއް ލުނބޯ އެއީ 1000 އެރިޔަސް ގަންނާނެތާ 😣

  9. ޙަަަހަ

    ވިޔަފާރިވެރިންގެ ނުބާކަން ، މިމާތް މައްސަރާ ވިޔަފާރިވެރިން ކުރިމަތިލަނީ ޤާރޫނު ފަދައިންތޯ

    7
    1
  10. Anonymous

    ހަގީގަތާ ޚިލާފު ވާހަކަ ދައްކަނީ ކީއްވެ އަޅެ މި މީހުންނަށް ހަމަ ނުވިސްނެނީބާއޭ ހިތަންއަރާ.

    2
    2
  11. މޮޔަސޮރު

    1000ރ އަށް އެރިޔަސް ކެއުމުގެ މުހިންމު ބައިވެރިއެއް ލުނބޯއަކީ. ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ގަންނަންވެސް ގަންނާނެ. އަގުތައް ކިތަންމެ ވަރަކަށް އުފުލުނަސް ތިޔަކަން ބަލާނެ ބަޔަކު މި ސަރުކާރަކު ނެތް. ނުވެސް ބަލާނެ ބަލާކަށް ބޭނުމެއްނުވެސް ވާނެ. އެސްޓީއޯއިން ރޯދައަށް ތަކެތީގެ އަގު ހެޔޮކަމަށް ބުނާއިރު ފިޔާ ކިލޯއެއް މިހާރު ހުރީ 20ރ އަށް ބާޒާރުގައި ލިބެން އެބަހުރި 14ރ ރުފިޔާއަށް. ފިޔާ އެކަންޏެއް ނޫން ފޭރު ކިލޯއެއް 95ރ އަށް ހަމަ އަގުހެޔޮ އެސްޓީއޯގައި، ލަންޗެން މީޓް ދަޅެއް ކުރިން 95ރ އެސްޓީއޯއިން ލިބުނުއިރު މިހާރު ހުރީ 125ރ އަށް. ދެން ވިސްނާލާ ކަންތައް ހުރި ހިސާބު. އަގުބޮޑުވެގެން ނުކަންޏާ ނުކާންވީ ކަންޏާ ކާންވީ. ރައްޔިތު މީހާ ދެ އެރެގުނެޓް ފެނުޖެހިފަ.

  12. އެމީހަކާ އެމީހެއް

    ރޯދަ މަހާ ދިމާކޮށް ކޮންމެ ފަހަރަކުވެސް ފްރައިޓް ބޮޑުވާނެ. ދަނޑުވެރިކަން ހަރާބުވާނެ. މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިގެން ނޫނީ ކޮންމެވެސް އެހެން ގޮތެއް ވެގެންވެސް ތަކެތީގެ އަގު އުފުލޭނެ. މިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް. ވިޔަފާރިވެރިންނަކީ ރަމަޟާން މަހުގެ ފައިދާ ހެޔޮގޮތުގައި ނަގަން ދަންނަ ބައެއް.

  13. ދީދީބެ

    އަގުތައް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ.... ނޯ ވޮރީސް

  14. ހުސޭނުބޭ

    ރޯދަމަހުގެ އެންމެ ރަގަޅު ހެޔޮކަމެއްކަމަށް ވިޔަފާރިވެރިން ދެކެނީ ރައްޔިތުން ފެލާލުން.

    9
    1
  15. ޜ

    ނައިބު ރައީސް ވިދާޅު ނޫންތޯ ހުންނާނީ އަގުބޮޑު ނުވާ ގޮތް ހަދާފައޭ....މީ ނޫންތޯ ހަމަ އަގު

    7
    2
  16. ރަބަރޭ

    އެއީ ހަމައެކަނި ރަމަޟާން މަސް އަންނާތީ ލިބޯ އަގުބޮޑު ކުރީތަ ތިޔަކެވެނީ ހަރާމް ލާރި ގާއިމު ބޭރު ދުނިޔޭގައި ލިބޯ ކިލޯ އަގުބޮޑު ވެގެން އެވާހަކަ ނޫސްތަކުގައި ޖަހާފަކާއެއް ނެތް، ތިޔަގޮތަށް ރައްޔިތު ނިކަމެތި މީހާ ފެލައިގެން ހަރާމް ލާރި ކާލާ މިރަމަޟާން މަސް ފުރަތަމަ ފަނަރަ ގައި، މިރަމަޟާން މަހުގައި އަގުބޮޑު ކޮށް ވިއްކަށް ވެގެން ކާބޯތަކެތި ފޮރުވައިގެން ތިބޭ ލާރިގަނޑު ހިފައިގެން ނަރަކާގެ ވަތު ބަތާނައިގައި އޮވޭ

    5
    1
  17. އަހުމަދު

    ކޭހެއްތަ؟ ނުވަތަ ކިލޯ އެއްތަ؟

  18. ވަގުން

    ފެޓްރޯލް އަދި ޑީސެލް އަގުބޮޑުކޮށްފި، ޓެކްސީ އަގު ބޮޑުކޮށްފި، ބާޒާރު މަތި އަގު އަތްނުފޯރާ ފަށުގައި. އެމްޑީޕީ އެތެރޭގެ ކޯޅުމުގައި ވެރިކަމާހެދި. ޕީޕީއެމް އިންޑިއާ އައުޓު ނުވެގެން. ވަގުތު ނޫހުން ކައިޒީން އުފަންދުވަސް ޕްރޮމޯޓްކުރުމުގައި އަވަދި ނެތި. ރައްޔިތުން ހަނާވަނީ

    11
    1
  19. ލުނބޯ

    އަޅުގަނޑަށް ތަންކޮޅެއްކުޑަ 01 ލުނބޯ 600 އަށްނަމަ ރަގަޅު

  20. ހަނިފު

    އަހަރެން އިއްޔެ އިންޑިޔާގެ ބާޒާރުން ލުބޯ ކިލޯއެއްގަތީ އިންޑިޔާ ރުޕީސްގެ 20 ރުޕީސް އަށް ދިވެހިރުފިޔާއިން ބަލާނަމަ ގާތްގަޑަކަށް 5ރުފިޔާ މިވަރަށް އަގުބޮޑުކުރީމަ ސަރުކާރުންޖިހޭ އަގު ކޮންޓްރޯލްކުރަން އެހެންވީމަ ސަރުކާރުން މިކަމަށްހައްލެއްހޯދާއިދޭނަކަމަށް އުންމީދުކުރަން

  21. އަލީމް

    ކެހިވެރިފަތިސް

  22. ހައްޕު

    ރަމްޟާން މަހާދިމާކޮށް ސޫދު ކާ ވިޔަފާރިވެރިންވެސް ރޯދަހިފާނެ އޮތަ.

  23. ލުލު

    ވިޔަފާރި ވެރިން ރައްޔިތުން ފެލާމަސް