ތަރުހީބު ނުލިބުމުން ސްރީލަންކާގެ ކޮލަމްބޯގެ ރަތުމަލާނާއަށް އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަންއިން ލަންކާއަށް ކުރާ ދަތުރުތަކަށް ތަރުހީބު ކުޑަ ކަމަށެވެ. އެހެންކަމުން ލަންކާގެ ރަތުމަލާނާއަށް ކުރާ ދަތުރުތައް ރޯދައަށް މެދުކަނޑާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރޯދަ އަށްފަހު އަލުން ދަތުރުތައް ކުރިއަށްގެންދާނެ ކަމަށާއި ރޯދަ މަހަށް ދަތުރުތައް މެދުކަނޑާލީ އެ މަހު ދަތުރުކުރާ މީހުންގެ އަދަދު މަދުވާ ކަމަށް ލަފާ ކުރެވޭތީ ކަމަށް ބުނެފައި ވެއެވެ.

ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މޯލްޑިވިއަންއިން ލަންކާއަށް ދަތުރުތައް ފެށީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ތަރުހީބު އޮތް ވަރު ބެލުމަށް މޯލްޑިވިއަންއިން ރާއްޖެ އާއި ލަންކާއާ ދެމެދު ދަތުރުކުރަން ކަނޑައެޅީ ހަތަރު ދުވަހުއެވެ. އެއީ މި މަހުގެ 27، 29، 31 އަދި އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހަރެން

    ލަންކާ އަށް ހޮލިޑޭސް ނުލިބެނިސް ދާނެ މީހުން ވެސް މަދުވާނެކަން ވިސްނެންވާނެ ދޯ ފްލައިޓް ތައް ފެށިއިރު ވެސް. ސްކޫލްތަކާއި ކޮލެޖްތައް ބަންދުވާން ކައިރިވެފަ އޮތީމަ މަވެސް ބަންދާ ދިމާކޮށް ޓިކެޓް ހޯދަން ގުޅީމަ ބުނީ ރޯދަ މަހު ފްލައިޓް ނޯންނާނެ އޭ. ޢަސްލު ޑިމާންޑް ނެތީކީ ނޫން ކަންނޭންގެ

  2. ދޯ

    އައްޑޫ ދަތުރު ވެސް ކާމިޔާބު ވީ....ދޯ