ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ގޮތަށް ދިރާގުގެ މި އަހަރުގެ ރޯދަ އޮފާތައް ލޯންޗްކޮށްފިއެވެ.

އެގޮތުން ރޯދަ މަސް ތެރޭގައި ދިރާގުގެ ހުރިހާ ފައިބާ ބްރޯޑްބޭންޑް ރެޒިޑެންޝަލް ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު ޑޭޓާ މި މަހުގެ ނިޔަލަށް ލިބިގެން ދާނެއެވެ. މިއީ ދިރާގުން އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ރޯދަ މަސް ތެރޭގައި ދީނީ ޕްރޮގްރާމްތަކާއި، އެންޓަޓެއިންމެންޓް ޕްރޮގްރާމްތަކާއި، ރޯދަ ވީއްލާ ގަޑިއަށް ހާއްސަ ރެސިޕީތައް ބަލާލަން ދިން ހާއްސަ އޮފާއެކެވެ.

މީގެ އިތުރުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފާރތަކެއް މި ރޯދަ މަސް ތެރޭގައި ދިރާގުން ތައާރަފް ކޮށްފައި ވެއެވެ. އެގޮތުން ދިރާގު އެޕް މެދުވެރިކޮށް 100% އިތުރު ޑާޓާ ކަސްޓަމަރުންނަށް ހަދިޔާގެ ގޮތުގައި ލިބިގެން ދިއުމާއި، ސަޅި ޕްރިޕެއިޑް ކަސްޓަމަރުން ކޮންމެ މަންތްލީ ޕްލޭނެއް ނެގި ކަމުގައިވިޔަސް، ކޮންމެ ހަފްތާ ބަންދެއްގައި ހިލޭ ދެ ޖީބީ ޑޭޓާ ލިބުމާއި، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމިއްލަ ވޮއިސް ޕްލަސް އިން 50% ޑިސްކައުންޓް ލިބުން ހިމެނެއެވެ.

އަދި ރޯދަ މަހަކީ ޓީވީ ބަލާ މީހުން އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަކުރެވޭ މަހަކަށްވުމުން، ދިރާގު ޓީވީން ވަނީ މިހާރުގެ ކަސްޓަމަރުންނަށް އިތުރު ޗާޖަކާއި ނުލާ އިތުރު ޗެނަލްތައް ހިލޭ ބެލޭނެ ގޮތް ވަނީ މިހާރުގެ ޕެކޭޖްގެ ތެރެއިން ހަމަޖައްސައިދީފައެވެ. އަދި ހުރިހާ ކަސްޓަމަރުންގެ ތެރެއިން "ގޯލްޑް ޕެކް" ގައިވާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ރޯދަ ވީއްލުމުގެ ޕެކޭޖެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.

ދިރާގުން މި އަހަރުވެސް ވަނީ ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިކް

    ބަރާބަރަށް މަހުފީ (ލައިނުފީ) ދައްކާ ޕޯސްޓު ޕެއިޑް ކަސްޓަމަރުންގެ މަތީން ހަނދާން ނުވާތީ ހިތާމަކުރަން.. މިއިންއެއްވެސް ޕްރޮމޯޝަނަކުން ނޫނީ އެއްވެސް އޮފައަކުން ޕޯސްޓްޕެއިޑަ ކަސްޓަމަރުންނަށް ހަމަ އެއްކަމެއްވެސް ނުވަނީއޭ..

  2. ޙަަަހަ

    ތިކަން އެނގިއްޖެ ، މިއަދު އަދި މަހުގެ 1 ވަނަ ދުވަސް މިހާރުވެސް ލޯޑިންގައި