ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ނިންމައިފިއެވެ.

އެސްޓީއޯ އިން މިރޭ ބުނީ މާދަމާ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލުނބޯ ކިލޯއެއް ވިއްކާނީ 45ރ. އަށް ކަމަށެވެ. އަދި މީހަކަށް ލިބޭނީ އެއް ކިލޯގެ މަގުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެއިތުރުން އެސްޓީއޯގެ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ ރޭޓުން ލުނބޯ ވިއްކާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.

https://twitter.com/stoplc/status/1511060428448694273?s=20&t=MZUXF-N-kLlwIGLKNYS5yQ

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާންމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ބާޒާރުގައި މިހާރު ލުނބޯ ވިއްކަނީ ކިލޯއެއް 100 އާއި 125 އާ ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި ލުނބޯގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ އިރު ވިއެޓްނާމުން ލުނބޯ ގެނައުމުން ވެސް ލުނބޯގެ އަގުހެޔޮވާ ގޮތެއް ނުވިއެވެ. ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބުނީ ވިއެޓްނާމުން ލުނބޯ މިފަހަރު ގެނައީ ވަރަށް މަދުން ކަމަށެވެ.

ވިއެޓްނާމް ލުނބޯގެ އިތުރުން މި ވަގުތު ދެން އެންމެ ގިނައިން ވިއްކަމުން ދަނީ އިންޑިއާ ލަންކާއިން ގެނެސްގެން ވިއްކަމުންދާ ލުނބޯއެވެ. ނަމަވެސް އެއީ އެއާ ފްރައިޓްކޮށް ގެންނަ ލުނބޯކަމަށް ވާތީ އަގުތައް ބޮޑު ވަނީއެވެ. ބާޒާރުގައި ބަންގްލަދޭޝް އިން ގެނައި ލުނބޯތަކެއް ވެސް ވިއްކަން އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑގގ

    ވިއެޓްނާމުން މަދޭ ކިޔާފައި ހަމަ ބޮޑު އަގުގަ ވިއްކަން ވެގެން. އެސްޓީއޯ ރަނގަޅު 30 ރުފިޔާ އަށް ހަދާ

  2. މިފަދަ ކުންފުންޏެއްގެ މުހިންމުކަން

    އަލްޙަމްދުލިﷲ! ސަރުކާރުގެ ވިޔަފާރި ކުންފުންޏެއް ހުންނަންޖެހޭ ސަބަބަކީ މިއީ އެވެ. ވިޔަފާރިވެރިން ރައްޔިތުންގެ މަޖުބޫރީ ޙާލަތުގެ ފައިދާ ނަގަން ދިމާކުރާ ވަގުތު ސަރުކާރު ކުންފުނި ރައްޔިތުންގެ ޙައްޤުގައި ތެދުވާނެ އެވެ. ޝުކުރިއްޔާ ޢަމްރް!

    14
  3. ދެރައީ

    ވިޔަފާރިވެރިން އަދި މަސްވެރިންް ފަހަކަށްއައިސް ކޮންމެ އަހަރަކު ރޯދަމަހު،މަހާއި އެހެނިހެން ތަކެތީގެ އަގުބޮޑުކޮށް ވިޔަފާރި ކުރުމަކީ އާދައެއް . އަގުބޮޑުކޮށް ވިޔަފާރި ތައް ކުރުމުގެ ބޭނުމުގަ މުދާ ރައްކާކޮށް ގުދަންކޮށްގެން މަދުން ބާޒާރަށް ތަކެތިނެރެގެން ވިޔަފާރި ކުރަނީ . މީހަގީގަތަކީ. ސަރުކާރުން ވިޔަފާރި ތައް ކޮންޓްރޯލް ކޮށްފިނަމަ ވިޔަފާރިވެރިން ވަކިން ބޮޑައް ރައްޔިތުން ފެލާލެއް އިތުރުކުރޭ. އެހެންވީމަ ސަރުކާރައް ވެސް ވިޔަފާރި ކޮންޓރޯކުރަން ފަސްޖެހެވޭ .

  4. ފިހާރަ

    އަދިވެސް ފިހާރަ ތަކުގަ އަގުބޮޑުކޮށް ވިއްކަން ބަހައްޓާގެން ކުނިކޮއްލާ ލުނބޯ ކޮޅު

  5. ގަން

    ސާބަސް ކްލާސް މޭޓް އަމްރު

  6. ބޫމް

    ތިއެތިކޮޅުވެސް ވިޔަފާރިވެރިންގެ ލޮލަށް ނިދިނައިސްގެން ގަނެގެން ގެންގޮސް ބޮޑުއަގުގަ ވިއްކާލާނެ އެސްޓީއޯއިން ވިއްކާނީ ކިއުހަދުވައިގެން އެއެތިކޮޅުގަންނަން ބޮންދު އެޖެންޓުން މުނާޖާ ގޮވާއިރަށް ކިއުއަށް އަރަންފޮނުވާނެ.

  7. Anonymous

    ވަކި ބަޔަކު މޮނަޕްލައިޒްކޮށްގެން ކުރާކަމެއްތީ. އިންޑިޔާ ވިޔަފާރިވެރިން ލިނބޯ އަގު ތިރި ނުކުރުމުގެ ފަހަތުގައި ތިބީ. މުޅި ބާޒާރުވަނީ އެމީހުންގެ އަތްދަށުގައި
    ކުރިން ނާޞިރު ދައުރުގައި އިންޑިޔާގެ ވޯރާ ވިޔަފާރިވެރިން ފަދައިން ވެ ނިމިއްޖެ.

  8. ޕޮގުބާ

    އެސްޓީއޯ އިން ލިބޯ އަގުހިޔޮކޮން ވިއްކަންފަށަނީ އެއީ ކޮންދުވަހަކުން ވާކަމެއް މިރޯދަމަހު ތިކަންވާނެ

    1
    1
  9. ހަމީދު

    ކީއްވެ 45 ރުފިޔާ. ތީ 20 25 އަށް ލިބުނު އެއްޗެއް. ހުރިހާ ފިހާރައަކަށްވުރެ އެސްޓީއޯގެ ތަކެތި އަގުބޮޑު. ލުނބޯ ވެސް ބޮޑުއަގުގަ ވިއްކަވާ

  10. ލެމަން ކްރައިސިސް

    1 ޖެހި އިރު އެގްރިސެންޓަރ ކިއު އަށް އެރީމަ 20 މިނިޓު ނުވަނީސް އަންގައިފި ހުސްވެއްޖެޔޯ.