އައްޑޫސިޓީގައި ދާދި ފަހުން ހުޅުވި "ލިބޭ-02" ފިހާރައިން ތާޒާ ތަރުކާރީ އާއި މޭވާ ލިބޭނެ ކަމަށް "ލިބޭ" އިން ބުނެފިއެވެ.

"ލިބޭ" އިން ބުނީ، މިއަދުން ފެށިގެން ދެން ކޮންމެ ދުވަހަކު ވެސް ތާޒާ ތަރުކާރީ އާއި މޭވާ އެފިހާރައިން ލިބޭނެ ކަމަށެވެ. އަދި ތާޒާ ތަރުކާރީ އާއި މޭވާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައަށް ޒިޔާރަތް ކޮށްގެން ގަނެވޭނެ ކަމަށް ލިބޭ އިން ބުންޏެވެ. އަދި ފިހާރައަށް ގުޅުއްވައިގެން އޯޑަރު ދިނުމުން ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ލިބޭއިން ވިއްކާ ބައެއް ތަރުކާރީގެ ބާވަތްތައް

"ލިބޭ" ފިހާރައިން ވިއްކާ ބައެއް ތަރުކާރީ އާއި މޭވާ ތަކުގެ ތެރޭގައި ބެލް ޕެޕަރ، ކެޕްސިކަމް، ރޯ ކަދުރު، ބީންސް، ފޭރު، ކިއުކަމްބަރ، އަނބު، އަންނާރު، ލުނބޯ، ގްރޭޕްސް، ޑްރެގަން ފްރުޓް، ކޯލިފްލާވާ، ބީޓްރޫޓް އަދި ކެބެޖް ހިމެނެއެވެ.

"ލިބޭ" އިން ވިއްކާ ތަރުކާރީ އާއި މޭވާގެ ބައެއް ތަފްސީލް "ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް އިން ފެނިގެންދާނެއެވެ.

ލިބޭއިން ވިއްކާ ބައެއް ތަރުކާރީގެ ބާވަތްތައް

ތާޒާ ތަރުކާރީ އާއި މޭވާގެ އިތުރުން ވެސް އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވެސް އެފިހާރައިން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ފިހާރައިން ވަނީ ބުނެފައެވެ.

"ލިބޭ-02" ފިހާރަ ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް ކައިރީގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.