ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކުރުމުގެ ގޮތުން ޗެކަކުން އެންމެ ގިނަވެގެން 50،000 ރުފިޔާ ނެގޭ ގޮތަށް ހަދަމް ރާއްޖޭގެ މަރުކަޒީ ބޭންކް(އެމްއެމްއޭ)އިން ނިންމައިފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ އެ އޮތޯރިޓީން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެކަމަށްޓަކައި އެމްއެމްއޭއިން ބޭންކުތަކާއި ގުޅިގެން މިދިޔަ އަހަރު ވަނީ އެކްޝަން ޕްލޭނެއް އެކުލަވާލައިފަ އެވެ. އެ އެކްޝަން ޕްލޭންގެ ދަށުން އެމްއެމްއޭއިން ބޭނުންވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ޕޭމަންޓް މުއާމަލާތްތައް ކުރުމަށް ޗެކު ބޭނުންކުރުން ވީހާވެސް މަދުކުރާށެވެ.

އެހެންވެ އެމްއެމްއޭއިން އަމާޒު ހިފައިފައި ހުރީ އެ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބޭންކުތަކާއި ގުޅިގެން މި އަހަރުގެ ޖޫން މަހު ފަށައި އެކި މަރުހަލާތައް ބަހާލައިގެން އެކްޝަން ޕްލޭން އެއްކޮށް ތަންފީޒު ކުރާށެވެ.

އެ ޕްލޭންގެ ދަށުން އެމްއެމްއޭއިން ނިންމާފައި ވަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓާއިން ފެށިގެން ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000، އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ކަނޑަ އަޅާށެވެ.

މީގެ އިތުރުން އެމްއެމްއޭއިން މިހާރު ދެމުންގެންދާ ޗެކް ކްލިއަރިންގެ ހިދުމަތްތައް ދޭ ދުވަސްތައް ވެސް މަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން އަންނަ އަހަރު ޗެކް ކްލިއަރިންގެ ހިދުމަތް ހަފްތާއަކު ދެ ދުވަހު އަދި 2024 ވަނަ އެ ހިދުމަތް އެންމެ ދުވަހަކު ދޭ ގޮތަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޥރ

    ކިހާބޮޑު އުނދަގުލެއް

    3
    1
  2. ހގގތ

    ފެލަން އަަައެއްޗެއްހަދާލަނީ

  3. އަހުމަދު ނީޒް

    މަސައްކަތަށް މަކަރު ހަދަން ގަންނަ ގަޑެއް. ބޭންކުން ޑޮލަރު ގަނޑެއް ނުވިއްކޭ އިރު ވިޔަފާރި ތަކަށް ދަތި ކުރުން ނޫން ކަމެއް ނުކުރޭ. މި އުޅެނީ ލަންކާ ގެ ހާލަތަށް ދާންހެން ހީވަނީ. މަލާރި ކޮޅު މާދަން ނަގާނަން

  4. މަނިކް

    ސާބަސް

  5. ޝަފާޒް

    ތިޔަ ވުރެ މާރަނގަޅުވާނެ ފައިސާނެތި ބައުންސުވާ ޗެކު ދޫކުރާ ފަރާތްތަކުގެ އެކައުންޓު ފުރީޒްކޮށް ޖޫރިމަނާކޮށް ދައުވާކުރިއްޔާ. އަދި އެފަދަ ޗެކް ދޫކުރާ ފަރާތްތައް ހާމަކުރާ ވެބްސައިޓެއް ހެދިއްޔާ ރޭޓިން ދޭގޮތައް ދުބާއީގަ އަމަލު ކުރާހެން. މިހާރު ތިޔަ ޖަހަނީ ކުޑަކުދިން ޖަހާ ވައްތަރު ސަކަރާތް. ކަމުވޮށިގެންވަ މީހުން ތި އެމްއެމްއޭގެ ޒިންމާދާރު ވަޒީފާތަކުގައިޔާއި މެނޭޖްމަންޓުގައި މިވަގުތު ނެތް ކަމުގެ ބޮޑު ހެއްކެއް.

  6. އަޙުމަދު.

    ޗެކުބޭނުން ކުރުން މަދުކުރުމުގެ ގޮތުން މަަރުކަޒީ ބޭންކުން ހަމަޖެސސިދާނެ ޗެކަކުން ނެގޭ އެންމެ ބޮޑުއަދަދަކީ 1 ރުފިޔާ ކަމަށްވެސް. ޢެކަމަކު އޮޅުވާލައިގެން މަކަރާހީލަތުން މީހުން އެކައުންޓް ތަކަށްވަދެ އެކައުންޓްގަ ހުންނަފައިސާ ކޮޅު ޓްރާންފަރ ކުރާ އެކައުންޓް ގެވެރިފަރާތް އިންސާފުގެ ކުރިމަށްޗަށް ގެނެވޭތަނެއް ނާދެ. މިކަން ޕޮލިހަށްކަށް ވެސް ނުކުރެވެ.

  7. ލާރިކާ

    ކީއްކުރަންތަ ރައްޔިތުންނަށް ދަތިކުރަމުން ފިއްތަމުން ބާރުކުރަމުން ގޮއްޖަހަން ތިއުޅެނީ! އެއްފަހަރުން ދަމާ ކާށިއަރުވާލަބަލަ! ހެދިއެއްޗެއް ހެދިގެން އަހަރެމެން ތިބޭނަމޭ.