އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި "ކްރޫގާރ ޗެލެންޖް 2022" ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި އަހަރުގެ ޖުލައިގެ ނިޔަލަށް ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

ކްރޫގާރ ޗެލެންޖް 2022 ގައި ބައިވެރިވުމަށް ހަދާނެ ގޮތަކީ ކްރޫގަރގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު ބޭނުންކޮށް މީސް މީޑިޔާގައި ޕޯސްޓްކޮށްލާނީއެވެ. އަދި މިގޮތަށް މީސް މީޑިއާގައި ޕޯސްޓް ކުރާއިރު، .#STOKrugerChallenge2022 މި ހޭޝްޓެގް ބޭނުން ކުރަން ވާނެއެވެ.

އެގޮތުން މީސް މީޑިޔާ މުބާރާތުގެ ތެރެއިން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި އެެކަކު ހޮވާނެއެވެ. އެގޮތުން އެންމެ ގިނަ ލައިކްސް/ރިއެކްޝަންސް ލިބިފައިވާ ޕޯސްޓެއް ބަލައި، އެ މީހަކަށް ވަރަށް އަގުހުރި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކްރޫގާރ ބްރޭންޑްގެ ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި، މީސް މީޑިޔާ މުބާރާތުގެ އިތުރުން ވަރަށް އަގުހުރި އިނާމު އަދި ޑިސްކައުންޓް ލިބޭނެއެވެ.

މިގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގަރ އައިޓަމްއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން މީގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް ބެނެލީ ޕެނެރިއާ ސައިކަލެއް، އަދި ދެވަނައަށް ހޮވޭފަރާތަކަށް އައިފޯން 13 ޕްރޯ މެކްސް 256ޖީބީ ލިބޭއިރު ތިންވަނައަށް ހޮވޭފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އިން އިމްޕޯރޓް ކޮށް ވިއްކަމުން ދާ ކްރޫގާރ ބުރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ.

ކްރޫގާރ ޕާސްތަނޫސާގެ، ޗޮކުލެޓް، ސުޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާރކް ޗޮކްލެޓް ވެސް ހުރެއެވެ.

ކްރޫގާރ ގެ ޕޮރޮޓެކްޓުތަކަކީ ދިވެހިންގެ މަގޫބުލުކަން ހޯދައިފައިވާ ޕުރޮޓެކްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު